މެންޗެސްޓާ ސިޓީ ބަލިކޮށް އެފްއޭ ޗެރިޓީ ޝީލްޑް އާސެނަލަށް

Aug 16, 2026, 8:57 PM
އާސެނަލުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ.

އާސެނަލުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރުމަށް ފަހު އުފާފާޅުކުރަނީ.

ކާޑިފް، ވޭލްސް (އޮގަސްޓް 16) - މިދިޔަ ސީޒަނުގެ އެފްއޭ ކަޕްގެ ޗެމްޕިއަން، މެންޗެސްޓާ ސިޓީ 3-0 އިން ބަލިކޮށް، އިނގިރޭސި ޕްރިިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލުން، އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ މެޗުން މޮޅުވެ، ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފި އެވެ. 

މިއީ، އާސެނަލުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި 18 ވަނަ ފަހަރެވެ. އެންމެ ގިނައިން ޝީލްޑް އުފުލާލީ، 21 ފަހަރު ކާމިޔާބުކުރި މެންޗެސްޓާ ޔުނައިޓެޑް އެވެ. 

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ، އެ ކްލަބްގައި ކުޅުންތެރިއެއް އަދި ކޯޗެއްގެ ގޮތުގައި ކުރިމަތިލި ހުރިހާ ޗެރިޓީ ޝީލްޑް މެޗަކުން މި ވަނީ މޮޅުވެފަ އެވެ. އެ ގޮތުން، 2014 އާއި 2015 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި ޗެރިޓީ ޝީލްޑް އުުފުލާލި އާޓެޓާ ވަނީ 2019 ވަނަ އަހަރު އެ ޓީމުގެ ކޯޗުކަމާ ހަވާލުވެ، 2020 އާއި 2023 ވަނަ އަހަރު މި މެޗުން މޮޅުވެފަ އެވެ. އަނެއްކޮޅުން، 10 އަހަރަށް ފަހު، ސިޓީގެ ކޯޗުކަން ދޫކޮށްލި ޕެޕް ގާޑިއޯލާ އަށް ފަހު، އެ ޓީމާ ހަވާލުވި، އެންޒޯ މަރެސްކާ މި ވަނީ ކުރިމަތިލި ފުރަތަމަ ރަސްމީ މެޗުން ސިޓީއާ އެކު ބަލިވެފަ އެވެ. 

Advertisement

ވެމްބްލީ ސްޓޭޑިއަމް ލިބެން ނެތުމުން، މި ފަހަރުގެ ޝީލްޑް މެޗު ކުޅުނީ، ކާޑިފްގެ ޕްރިންސިޕަލިޓީ ސްޓޭޑިއަމްގަ އެވެ. މި މެޗު ފަށައިގެން، 23 ސިކުންތު ތެރޭގައި އާސެނަލުން ލީޑުނެގި އެވެ. މި ލަނޑު ޖެހީ ޒުވާން ތަރި، މައިލްސް ލެވިސް-ސްލެލީ ދިން ބޯޅައަކުން ރިކާޑޯ ކަލަފިއޯރީ އެވެ. މިއީ، ޝީލްޑް މެޗެއްގައި މިހާތަނަށް ފެނުނު އެންމެ އަވަސް ގޯލެވެ. މީގެ ކުރިން އެންމެ އަވަސް ގޯލެއްގެ ގޮތުގައި އޮތީ، 1968 ވަނަ އަހަރުގެ ޝީލްޑް މެޗުގައި ސިޓީގެ ބޮބީ އޯވެން، އެ ފަަހަރުގެ ޝީލްޑް މެޗުގައި ވެސްޓް ބްރޮމް ކޮޅަށް ޖެހި ގޯލެކެވެ. 

އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މިރޭ އާސެނަލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަނީ: އާސެނަލްގެ ކަލަފިއޯރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.
އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މިރޭ އާސެނަލާއި މެންޗެސްޓާ ސިޓީ ބައްދަލުކުރަނީ: އާސެނަލްގެ ކަލަފިއޯރީ ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

އާސެނަލުން ލީޑުނެގުމުން ސިޓީން ކުރިއަށް ޖެހިގެން ލަނޑެއް ޖެހޭތޯ މަސައްކަތްކުރި އެވެ. އެކަމަކު، އާސެނަލްގެ ގޯލު ބަލަހައްޓަމުން ދިޔަ ޑޭވިޑް ރާޔާ ވަނީ މޮޅު ކުޅުމެއް ދައްކައިފަ އެވެ. އެ ގޮތުން، ސިޓީގެ އާލިން ބްރައުޓް ހާލަންޑާއި ފިލް ފޯޑެން ފޮނުވާލި ޝޮޓްތައް ވަނީ މަަތަކޮށްފަ އެވެ. 

މެޗުގައި އާސެނަލުން ދެ ވަނަ ލަނޑު ޖެހީ މެޗުގެ 28 ވަނަ މިނިޓްގަ އެވެ. މިއީ، އޭރިއާތެރެއަށް ހުރަސްވި ބޯޅައަކުން، ކްރިސްޓޯސް ޒޯލިސް ބޮލުން ޖައްސާލި ބޯޅައަކަށް އަރައި، ކައި ހަވާޓްޒް ބޮލުން ޖެހި ގޯލެކެވެ. ހަވާޓްޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ސިޓީގެ ކީޕަރު، ޖިއަންލުއީޖީ ޑޮނަރުންމާ އަތުގައި ޖެހިފަ އެެވެ. ދެ ގޯލުގެ ލީޑެއްގައި ފުރަތަމަ ހާފު ނިންމާލި އާސެނަލުން ދެ ވަނަ ހާފު ފެށިގެން މާ ލަސްތަކެއް ނުވެ ތިން ވަަނަ ލަނޑު ޖެހި އެވެ. މި ލަނޑުގައި ވެސް ތަފާތު ދެއްކީ ދެ ވަނަ ލަނޑު ޖަހަން ފުރުސަތު ހޯދައިދިން ޒޯލިސް އެވެ. ކްލަބް ބްރޫޖަށް 50 މިިލިއަން ޑޮަލަރު ދީފައި އާސެނަލުން ގެނައި ޒޯލިސް ދިން ބޯޅައެއް ކޮންޓްރޯލްކޮށް، ދެ ވަނަ ހާފުގެ ތިން ވަނަ މިނިޓްގައި، މެޗުގައި އާސެނަލްގެ ތިން ވަނަ ލަނޑު ޖެހީ، ޓީމުގެ ކެޕްޓަން، މާޓިން އޮޑެގާޑް އެވެ. 

އާސެނަލުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި މެޗުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހި ހަވާޓްޒް އާއި ތިން ވަނަ ލަނޑު ޖެހި އޮޑެގާޑް އުފާފާޅުކުރަނީ.
އާސެނަލުން ޗެރިޓީ ޝީލްޑް ކާމިޔާބުކުރި މެޗުގައި އެ ޓީމުގެ ދެ ވަނަ ލަނޑު ޖެހި ހަވާޓްޒް އާއި ތިން ވަނަ ލަނޑު ޖެހި އޮޑެގާޑް އުފާފާޅުކުރަނީ.

ސިޓީން ގިނަ ބަދަލުތަކެއް ގެނެސްގެން ލަނޑެއް ޖެހޭތޯ މަސައްކަތްތަކެއް ދެ ވަނަ ހާފުގައި ވެސް ކުރި އެވެ. އެ ގޮތުން، ބަދަލަކަށް އެރި ރަޔާން ޗާކީ އޭރިއާބޭރުން ޖެހި ޝޮޓެއް ވެސް އާސެނަލް ކީޕަރު ރާޔާ ވަނީ ހުއްޓުވައިފަ އެެވެ. 

އިތުރު ގޯލެއް ޖެހޭތޯ އާސެނަލުން އެޓޭކަށް ގިނަ ބޯޅަތަކެއް ހިފައިގެންދިޔައިރު، ބަދަލަކަށް ކުޅެން އެރި ބުކާޔޯ ސަކާ އަށް ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. 

ޕްރިމިއާ ލީގުގެ އާ ސީޒަން އަންނަ ހަފްތާގައި ފަށާއިރު، ފުރަތަމަ މެޗުގައި ކުޅޭނީ އާސެނަލުންނެވެ. އެ ގޮތުން، އަންނަ ހުކުރު ދުވަހުގެރޭ އަމިއްލަ ދަނޑުގައި އާސެނަލުން ނުކުންނާނީ ކަވެންޓްރީ ސިޓީއާ ދެކޮޅަށެވެ. ފްރޭންކް ލަމްޕާޑް ކޯޗުކޮށްދޭ ކަވެންޓްރީން ވަނީ މި ފަހަރުގެ ޓްރާންސްފާގައި ޓީމު ވަރުގަދަ ކުރުމަށް ގިނަ މަަސައްކަތްތަކެއް ކޮށްފަ އެވެ. ކަވެންޓްރީން ޕްރިމިއާ ލީގަށް މި އެނބުރި އައީ 25 އަހަރު ފަހުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox