ސީޒަނުގައި ކުރިއަށްދާން ޗެރިޓީ ޝީލްޑަކީ މުހިންމު ޓްރޮފީ އަކަށްވާނެ: އާޓެޓާ

Aug 16, 2026, 11:20 AM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

ކާޑިފް، ވޭލްސް (އޮަގަސްޓް 16) - ކުރިއަށް އޮތް އިނގިރޭސި ފުޓްބޯޅަ ސީޒަނުގައި ރަނގަޅަށް ކުރިއަށްދާން ބަލާއިރު، އެފްއޭ ޗެރިޓީ ޝީލްޑަކީ ކާމިޔާބު ކުރުން މުހިންމު ޓްރޮފީއެއް ކަމަށް އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ ބުނެފި އެވެ. 

އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން 22 އަހަރަށް ފަހު އާސެނަލުން މިދިޔަ ސީޒަނުގައި ހޯދިއިރު، އޭނާ ވަނީ ދެ ފަހަރެއްގެ މަތިން އާސެނަލަށް ޝީލްޑް ހޯދައިދީފަ އެވެ. އެއީ، 2020 އާއި 2023 ވަނަ އަހަރު އެވެ. މިދިޔަ ސީޒަނުގައި ލިވަޕޫލް ބަލިކޮށް، ޗެރިޓީ ޝީލްޑް ހޯދީ ކްރިސްޓަލް ޕެލަސް އިންނެވެ. 

މި ފަހަރުގެ ޝީލްޑް މެޗުގައި، ލީގު ޗެމްޕިއަން، އާސެނަލުން ކުޅޭނީ މިދިޔަ ސީޒަނުގެ އެފްއޭ ކަޕް ތަށި އުފުލާލި މެންޗެސްޓާ ސިޓީއާ އެވެ. 

Advertisement

"މިއީ، ޓްރޮފީއެއް، އަހަރެމެން ބޭނުންވާ ޓްރޮފީއެއް. މިދިޔަަ ސީޒަނުގައި އަހަރެމެން ޓްރޮފީއެއް ހޯދިން (އިނގިރޭސި ޕްރިމިއާ ލީގު). އަހަންނަށް މިހާރު އެބަފެނޭ މި ޓީމު އިތުރަށް ކާމިޔާބު ހޯދަން ފެންބޮވައިގަނެފައި ހުރި މަންޒަރު، އެއީ ރަނގަޅު ކަމެއް. ކުރިއަށް އޮތް ސީޒަނަށް ރަނގަޅަށް ކުރިމަތިލުމަށްޓަކައި، ޗެރިޓީ ޝީލްޑް އަކީ ހޯދުން މުހިންމު ޓްރޮފީއެއް،" 2014 އާއި 2015 ވަނަ އަހަރު ކުޅުންތެރިއެއްގެ ގޮތުގައި އާސެނަލާ އެކު، ޗެރިޓީ ޝީލްޑް އުފުލާލި އާޓެޓާ ބުންޏެވެ. 

ޗެރިޓީ ޝީލްްޑް މެޗުގައި އާސެނަލާ ދެކޮޅަށް ނުކުންނަ ސިޓީ އަކީ މިދިޔަ ސީޒަނުގައި އާސެނަލާ އެކު ލީގުގެ ރޭހުގައި ވާދަކުރި ޓީމެވެ. ސިޓީ އަށް މިދިޔަ 10 އަހަރު ކޯޗުކޮށްދިން ޕެޕް ގާޑިއޯލާ އެ ޓީމު ދޫކޮށްލާފައިވާއިރު، ކުރިއަށް އޮތް ސީޒަނުގައި ސިޓީގެ ބެންޗުން ފެންނާނީ ޗެލްސީ އަށް ފީފާ ކްލަބް ވޯލްޑް ކަޕް ހޯދައިދިން ކޯޗު އެންޒޯ މަރެސްކާ އެވެ. މަރެސްކާ އަކީ އާޓެޓާ އެކޭ އެއްގޮތަށް ސިޓީގައި، ގާޑިއޯލާގެ އެސިސްޓަންޓް ކޯޗަކަށް މަސައްކަތްކުރި ފަރާތެކެވެ.

ގާޑިއޯލާ އަކީ ފުޓްބޯޅަ ތާރީހުގައި އޭނާ އަށް ފެނުނު އެންމެ މޮޅު ކޯޗު ކަމަށާއި އޭނާ ނެތްތަން ދައްކާނީ ހަމައެކަނި ސިޓީން ނޫން ކަމަށާއި އިނގިރޭސި ފުޓްބޯޅަ އިން ވެސް އެ އުނިކަން ފެންނާނެ ކަމަށް އާޓެޓާ ވަނީ ބުނެފަ އެވެ. ސިޓީން ގާޑިއޯލާ ދިއުމުން އެ މަގާމަށް މަރެސްކާ ގެންނަން ސިޓީން ނިންމި ނިންމުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް އާޓެޓާ ގަބޫލުކުރެ އެވެ. އެއީ، މަރެސްކާ އަކީ ސިޓީގެ ފިލޯސަފީ އާއި ފުޓްބޯޅައިގައި މިހާރު އޮތް ޕްރެޝަރުގައި މަސައްކަތް ކުރެވޭނެ ކޯޗަކަށްވާތީ އެވެ.  

"ސިޓީގައި ކާމިޔާބު ހޯދޭނެ ގާބިލުކަން މަރެސްކާގެ ހުރިކަން އެނގޭތީ، އެ ކްލަބުން އޭނާ އެ ގެންދިޔައީ. އަހަންނަށް ގަބޫލުކުރެވެނީ އެހެން،" އާޓެޓާ ބުންޏެވެ. 

ޗެރިޓީ ޝީލްޑް މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މަރެސްކާ ބުނީ، ސިޓީ އަށް މި ވަގުތު އޮތް ޗެލެންޖަކީ، އާސެނަލް މިދިޔަ ސީޒަނުގައި ކުރިއަށްދިޔަ ލެވަލާ އެއް ހަމަ ކުރުން ނޫނީ އޮތް ފަރަގު ކުޑަކުރަން މަސައްކަތް ކުރުން ކަމަށެވެ. 

އާސެނަލާއި ސިޓީ ކުޅޭ މެޗު ފަށާނީ މިރޭ، 19:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox