ސިޓީ އަށް ކޯޗުކޮށްދިނުމަކީ ފުޓްބޯޅައިގައި އެންމެ ހިތްގައިމު ވަޒީފާ: މަރެސްކާ

Aug 11, 2026, 9:09 AM
މެންޗެސްޓާ ސިޓީގެ ޓްރެއިނިނެއްގެ ތެރެއިން މަރެސްކާ.

މެންޗެސްޓާ ސިޓީގެ ޓްރެއިނިނެއްގެ ތެރެއިން މަރެސްކާ.

މެންޗެސްޓާ (އޮގަސްޓް 11) - މެންޗެސްޓާ ސިޓީ އަށް ކޯޗުކޮށްދިނުމަކީ ފުޓްބޯޅައިގެ އެންމެ ހިތްގައިމު ވަޒީފާ އަދާކުރުން ކަމަށް އިޓަލީގެ ކޯޗު، އެންޒޯ މަރެސްކާ ބުނެފި އެވެ. 

ސިޓީގެ އެސިސްޓަންޓް ކޯޗަކަށް ޕެޕް ގާޑިއޯލާއާ އެކު މަސައްކަތްކުރި، އެންޒޯ، ފުލްޓައިމް ކޯޗެއްގެ ގޮތުގައި ލެސްޓާ ސިޓީ އާއި ޗެލްސީގައި ވަނީ މަސައްކަތްކޮށްފަ އެވެ. ލެސްޓާގައި ހުރެ، އިނގިރޭސި ދެ ވަނަ ޑިވިޝަން، ޗެމްޕިއަންޝިޕް ތަށި ހޯދި މަރެސްކާ ވަނީ ޗެލްސީގައި ހުރެ ޔުއެފާ ކޮންފަރެންސް ލީގާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. 

މިދިޔަ އަހަރުގެ ފަހުކޮޅުގައި، ޗެލްސީގެ ކޯޗުކަމުން ވަކިކުރި މަރެސްކާ، ސިޓީގެ ކޯޗުކަމާ މިދިޔަ ޖޫން މަހު ހަވާލުވީ، ތިން އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. ދިހަ އަހަރު ސިޓީ އަށް ކޯޗުކޮށްދިން ގާޑިއޯލާ އަދާކުރި ޒިންމާ މިހާރު އޮތީ މަރެސްކާ ބޮލުގައި އެޅިފަ އެވެ. 

"މިއީ، ވަރަށް ފުރިހަމަ ވަޒީފާއެއް އަދާކުރަން. ފަހުރެއްގެ ގޮތުގައި އަހަރެން ދެކެނީ ވެސް. އެންމެ މުހިންމު ކަަމަކީ، ސިޓީގެ ފުޓްބޯޅައިގެ އޮޕަރޭޝަނުގައި އުޅޭ، ހަލްދޫން، ހޫގޯ އަދި ފެރާން. އެންމެންނަކީ ވެސް ފުޓްބޯޅައިގެ ނަޒަރިއްޔާ އިން ބަލާއިރު އެއް ބަހުރަވަ އަކުން ވާހަަކަ ދައްކާ މީހުން. މިހާރު މި ކްލަބަކީ، މެޗުތަކުން މޮޅުވެ، ތަށި ހޯދައި ޗެމްޕިއަނުންގެ ގޮތުގައި ކުރިއަށްދާން ޖެހޭ ކްލަބެއް. އެންމެ މުހިންމު ކަމަކީ ސީޒަނަކަށް ވުރެން ސީޒަނެއް ރަނގަޅުކުރަން އެ އޮންނަ އަޒުމު،" މަރެސްކާ ބުންޏެވެ. 

"ސިޓީއާ ގުޅެން އަހަރެން ގަޔާވި އެންމެ ބޮޑު ސަބަަބަކީ މިއީ. ޓީމުގައި އެބައޮތް އެއް ރޫހެއް. ސިޓީގެ ކޮންމެ މީހެއް ވެސް ފުޓްބޯޅައާ މެދު ދެެކެނީ ވަރަށް ސީރިއަސް ނަޒަރަކުން،" 

އޭނާ ބުނީ، ސިޓީގައި މިހާރު އޮތް ސްކޮޑަކީ ކުރިއަށް އޮތް ސީޒަނުގައި ގިނަ ކާމިޔާބީތަކެއް ހޯދޭނެ ފެންވަރު ހުރި ޓީމެއް ކަމަށެވެ. އަދި، ވަކި ޓާގެޓްތަކެއް ކަނޑައަޅައިގެން ނުކުންނަން ބަލާއިރު، ސިޓީގެ މިހާރު ލެވަލަކީ ނުކުންނަ ކޮންމެ މެޗަކުން ވެސް މޮޅުވުން ކަމަށް މަރެސްކާ ވަނީ ބުނެފަ އެވެ. 

އާ ސީޒަނުގައި ސިޓީން ރަސްމީ ފުރަތަމަ މެޗުގައި ނުކުންނާނީ އިނގިރޭސި ފުޓްބޯޅަ ސީޒަން ފަށަން ކުޅޭ ޗެރިޓީ ޝީލްޑް މެޗަށެވެ. މިއީ، ފާއިތުވި ސީޒަންގެ ޕްރިމިއާ ލީގުގެ ޗެމްޕިއަނާއި އެފްއޭ ކަޕް ޗެމްޕިއަން ބައްދަލުކުރާ މެޗެކެވެ. މި ފަހަރުގެ ޝީލްޑް މެޗުގައި ލީގު ޗެމްޕިއަންގެ ގޮތުގައި 22 އަހަރަށް ފަހު އާސެނަލް ނުކުންނައިރު، ސިޓީން މި މެޗުގައި މި ކުޅެނީ، އެފްއޭ ކަޕްގެ ޗެމްޕިއަންގެ ހައިސިއްޔަތުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox