އެމްޓީސީސީގެ އާމްދަނީއަށް ކުޑަ ހީނަރުކަމެއް އަޔަސް ފައިދާ މައްޗަށް

އެމްޓީސީސީން ބިން ހިއްކަން ގެންގުޅޭ މަހާ ޖައްރާފު: އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބިން ހިއްކައިގެން --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީން ބިން ހިއްކަން ގެންގުޅޭ މަހާ ޖައްރާފު: އެ ކުންފުންޏަށް އެންމެ ބޮޑު އާމްދަނީއެއް ލިބެނީ ބިން ހިއްކައިގެން --- ފޮޓޯ: އެމްޓީސީސީ

އިންފްރާސްޓްރަކްޗާ މަސައްކަތްތަކާއި ދަތުރުފަތުރުގެ ހިދުމަތްދޭ ޕަބްލިކް ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އަށް މިދިޔަ އަހަރު 85 މިލިއަން ރުފިޔާ ސާފު ފައިދާ ވެފައިވާ ކަމަށް އެ ކުންފުނީގެ އަހަރީ ރިޕޯޓުން ދައްކައިފި އެވެ. 

އެމްޓީސީސީން މިދިޔަ އަހަރު އޭގެ ކުރީ އަހަރަަށް ވުރެ ބޮޑު ފައިދާއެއް ނެރުނުއިރު، އަހަރުންއަހަރަށް ލިބުނު އާމްދަނީ ވަނީ 2.15 ބިލިއަން ރުފިޔާއިން 2.13 ބިލިއަން ރުފިޔާއަށް މަދުވެފަ އެވެ. އާމްދަނީ ދަށްވީ ނަމަވެސް ކުންފުނީގެ އޭގެ ކުރީ އަހަރަށް ވުރެ މިދިޔަ އަހަރު ލިބުނު ފައިދާ 40 މިލިއަން ރުފިޔާ އިތުރެވެ. 

ވަކިވަކި ދާއިރާތަަކަށް ބަލާއިރު، އެންމެ ބޮޑު އާމްދަނީއެއް ލިބުނީ އިމާރާތް ކުރުމާއި ބިން ހިއްކުމުންނެވެ. މި ހަރަކާތްތަކުން 1.7 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. މިއީ ލިބުނު އާމްދަނީގެ 80 ޕަސެންޓެވެ. 

ދެން އެންމެ ބޮޑު އާމްދަނީއެއް ލިބުނީ 244 މިލިއަން ރުފިޔާގެ އާމްދަނީއެއް ވަން އެ ކުންފުނީގެ ޓްރޭޑިން ބައިންނެވެ. އޭގެ އިތުރުން، ބަސްތަކާއި ފެރީތައް ބޭނުންކޮށްގެން ފޯރުކޮށްދޭ ދަތުރުފަތުރުގެ ހިދުމަތުން 150 މިލިއަން ރުފިޔާ އާއި އެހެނިހެން ވިޔަފާރި ހަރަކާތްތަކުން 19 މިލިއަން ރުފިޔާ އެ ކުންފުންޏަށް ލިބުނެވެ.

އެމްޓީސީސީން މިދިޔަ އަހަރު ނިންމާލި ބޮޑެތި ޕްރޮޖެކްޓުތައް

  • މާފަރު އެއާޕޯޓުގެ އޭޕްރަން ބޮޑުކުރުން
  • މުލި އެއާޕޯޓު ތަރައްގީކުރުން
  • އެރީނާ ލެގޫން ބިން ހިއްކުން
  • މެކްސް ރޯޔަލް ރިސޯޓު ތަރައްގީކުރާ އުލާނީ ފަޅު ބިން ހިއްކުން
  • ގުޅި ބިން ހިއްކުން
  • އިހަވަންދޫ ބިން ހިއްކުން

އެމްޓީސީސީއަށް މިދިޔަ އަހަރު ލިބުނު ފައިދާއިން އެ ކުންފުނިން ވަނީ ހިއްސާދާރުންނަށް ފައިދާގެ ގޮތުގައި ކޮންމެ ހިއްސާއަކަށް 3ރ. މަގުން ފައިދާ ބަހަން ނިންމާފަ އެވެ. 

އެހެން އަހަރުތަކެކޭ އެއް ފަދައިން މިދިޔަ އަހަރު ވެސް އެމްޓީސީސީއަށް ދިވެހި ދައުލަތުގެ ބަޖެޓުން ސަބްސިޑީ އާއި އެހީގެ ގޮތުގައި ގިނަ އަދަދަކަށް ފައިސާ ލިބިފައިވެ އެވެ. އޭގެ ތެރޭގައި އެ ކުންފުނީގެ ބިން ހިއްކުމާއި އިމާރާތްކުރުމުގެ ހަރަކާތްތަކަށް ސަރުކާރުން އެހީގެ ގޮތުގައި ފޯރުކޮށްދިން، 141.3 މިލިއަން ރުފިޔާ އާއި ދަތުރުފަތުރުގެ ހިދުމަތުން ލިބޭ ގެއްލުމުގެ ސަބްސިޑީގެ ގޮތުގައި ދިިން 511.7 މިލިއަން ރުފިޔާ ހިމެނެ އެވެ. މިއީ ޖުމްލަ 653.1 މިލިއަން ރުފިޔާ އެވެ. 

ނަމަވެސް މީގެ ތެރެއިން ގިނަ ފައިސާއަކީ އެމްޓީސީސީއަށް ލިބެން ޖެހޭ ފައިސާ (ޓްރޭޑް ރިސީވަބަލްސް) ގެ ގޮތުގައި ރެކޯޑުކުރެވިފައިވާ އަދަދެކެވެ. މިދިޔަ އަހަރު ނިމުނުއިރު އެ އަދަދު ވަނީ 1.3 ބިލިއަން ރުފިޔާއަށް އިތުރުވެފަ އެވެ. 

އެމްޓީސީސީން އެ ކުންފުނީގެ އަހަރީ ރިޕޯޓާއި މާލީ ރިޕޯޓުތައް ނެރެފައި މި ވަނީ އެ ރިޕޯޓުތައް އާންމުކުރަން ޖެހޭ ތާރީހު ފަހަނައަޅައި ދިޔުމާ ގުޅިގެން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން ޖޫރިމަނާ ވެސް ކުރި ފަހުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox