އެސްއޯއީތަކުން ވަކިވުމުން ލޯނު ދޭ ކުމެވި ފަންޑަކީ އައިއެސްޑީބީގެ އެސްއެމްއީ އިމްޕެކްޓް ފަންޑު

Aug 18, 2026, 5:01 PM
އެސްއެމްއީ ބޭންކުގެ ޑިޖިޓަލް އިސްލާމިކް މައިކްރޯ ފައިނޭންސިންއަށް ސްކީމް: ސަރުކާރު ކުންފުނިތަކުން ވަކިވާ މުވައްޒަފުންނަށް ފައިސާ ދެނީ މި ސްކީމުގެ ތެރެއިން --- ފޮޓޯ: އަދަދު

އެސްއެމްއީ ބޭންކުގެ ޑިޖިޓަލް އިސްލާމިކް މައިކްރޯ ފައިނޭންސިންއަށް ސްކީމް: ސަރުކާރު ކުންފުނިތަކުން ވަކިވާ މުވައްޒަފުންނަށް ފައިސާ ދެނީ މި ސްކީމުގެ ތެރެއިން --- ފޮޓޯ: އަދަދު

ދައުލަތުގެ ކުންފުނިތަކުން (އެސްއޯއީތަކުން) ވަކިވާ މުވައްޒަފުންނަށް ލޯނު ދިނުމުގެ ގޮތުން ފިނޭންސް މިނިސްޓްރީން ގާއިމުކުރި "ކުމެވި ފަންޑު" އަކީ އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު (އައިއެސްޑީބީ) ގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ އެސްއެމްއީ އިމްޕެކްޓު ފަންޑު ކަމަށް ސަރުކާރުން ބުނެފި އެވެ. 

އަދަދު ނޫހުން މި މައުލޫމާތު ސާފުކުރީ، ސަރުކާރުން ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ގޮތުން ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ފައިސާ ދޭން 600 މިލިއަން ރުފިޔާގެ ފަންޑެއް ގާއިމުކޮށްފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވިދާޅުވުމުންނެވެ. 

އެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން ޒަރީރު ވިދާޅުވީ ވަޒީފާއިން ވަކިކުރާ މުވައްޒަފުންނަށް ރިޑަންޑަންސީ ޕެކޭޖުތަކުގެ އިތުރުން، އަމިއްލަ މަސައްކަތެއް ފަށަން ބޭނުންވާ ނަމަ ލޯނު ދޫކުރަން ފަންޑެއް އޮންނާނެ ކަމަށެވެ. 

"ރައިޓް ސައިޒިން ރާވާފައި މިއޮތީ މީހަކު ދޫކޮށްލާ ގޮތަކަށް ނޫން. އެ މީހަކަށް ވެސް ފުރުސަތުތައް ލިބޭނެ ގޮތަށް. މިހާރު މިވަނީ ކުމެވި ފަންޑު އުފެއްދިފައި. އެއީ ކުދި ވިޔަފާރި، އަލަށް ވިޔަފާރި ފަށްޓާ ފަރާތްތަކަށް ފެސިލިޓޭޓް ކޮށްދިނުމަށް އުފެއްދި ފަންޑެއް. 600 މިލިއަން ރުފިޔާގެ ފަންޑެއް އެސްއެމްއީ ޑިޖިޓަލްގައި އުފައްދާފައި،" ޒަރީރު ވިދާޅުވި އެވެ. 

ޒަރީރު މިހެން ވިދާޅުވުމުން އަދަދު އިން މަސައްކަތް ކުރީ އެއީ ބަޖެޓުގެ ތެރެއިން ހަމަޖެއްސި ފައިސާއެއްތޯ ސާފުކުރާށެވެ. މި ސުވާލު ފިނޭންސް މިނިސްޓްރީގައި ކުރުމުން ދިން ޖަވާބުގައި ބުނީ،  މިއީ އައިއެސްޑީބީގެ އެސްއެމްއީ އިމްޕެކްޓް ފަންޑުގެ ގޮތުގައި ހަމަޖެހިފައިވާ 40 މިލިއަން ޑޮލަރު (618 މިލިއަން ރުފިޔާ) ކަމަށެވެ. 

އިސްލާމިކް ފައިނޭންސިން ހަމަތަކުގެ ތެރެއިން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ފައިސާ ދޭން ހާއްސަކޮށްގެން އައިއެސްޑީބީން ދޫކުރި މި ފައިސާއަކީ މޯލްޑިވްސް ސެންޓާ ފޯ އިސްލާމިކް ފައިނޭންސް (އެމްސިފް) އިން އެސްއެމްއީ ޑިޖިޓަލް މެދުވެރިކޮށް ދޫކުރަމުންދާ ލޯނުތަކެކެވެ. މި ލޯނަށް އެދި ހުށަހަޅަން ޖެހެނީ އެސްއެމްއީ ޑިޖިޓަލް އަށެވެ.

ކުންފުނިތަކުން ވަކިކުރާ މުވައްޒަފުން އަމިއްލަ މަސައްކަތް ފެށުމަށް 600 މިލިއަން ރުފިޔާގެ ފަންޑެއް

ސަރުކާރު ކުންފުނިތައް "ރައިޓް ސައިޒް" ކުރުމުގެ ތެރެއިން ވަޒީފާއިން ވަކިކުރާ މުވައްޒަފުން އަމިއްލަ މަސައްކަތް ފެށުމަށް އެހީތެރިވުމަށް 600 މިލިއަން ރުފިޔާގެ "ކުމެވި" ފަންޑު ގާއިމުކޮށްފިއެވެ. ފިނޭންސް މިނިސްޓަރު ވިދާޅުވި ގޮތުގައި، ވަޒީފާއިން ވަކިކުރާ މީހުންނަށް ރިޑަންޑަންސީ ޕެކޭޖުގެ އިތުރުން މި ފަންޑުގެ ދަށުން ކުދި ވިޔަފާރިތައް ފެށުމުގެ ފުރުސަތު ފަހިވެގެންދާނެއެވެ.

މިއީ 16 މެއި، 2023 ގައި، އޭރުގެ ސަރުކާރުން އައިއެސްޑީބީއާ އެކީ ސޮއިކުރި ފަހުމުނާމާއެއްގެ ދަށުން ހަމަޖެހުނު ފަންޑެކެވެ. މިހާރު ވެސް ލޯނު ދޫކުރަމުން އަންނަ މި ފަންޑަކީ، މިއަދުގެ ޖަލްސާގައި ޒަރީރު ވެސް ފާހަގަކުރެއްވި ފަދައިން، އަމިއްލަ މަސައްކަތެއް ބޭނުންވާ އެންމެނަށް ވެސް ހުށަހެޅޭ ގޮތަށް ލޯނު ދޫކުރަމުން އަންނަ ފަންޑެކެވެ.

މިހާތަނަށް މި ފަންޑުން 70 މިލިއަން ރުފިޔާއަށް ވުރެ ބޮޑު އަދަދެއްގެ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށް ވަނީ ދޫކޮށްފަ އެވެ. 

ކުމެވި ފަންޑުގެ ލޯނަށް އެންމެނަށް ހުށަހެޅުނަސް، ފިނޭންސުން ބުނީ، ސަރުކާރު ކުންފުނިތަކުން ވަކިވާ މުވައްޒަފުންގެ ތެރެއިން މި ލޯނަށް އެދި ހުށަހަޅާ މީހުންނަށް ހާއްސަ އިސްކަމެއް ދޭނެ ކަމަށެވެ. އަދި ލޯނު ދޫކުރުމާއެކުއެކީ، އެ މީހުންގެ ވިޔަފާރި ފަށަން ބިޒްންސް ސެންޓާ ކޯޕަރޭޝަން (ބީސީސީ) މެދުވެރިކޮށް ފަންނީ އެހީތެރިކަން ވެސް ލިބިގެން ދާނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ. 

އެސްއޯއީތަކުން ވަކިވާ މުވައްޒަފުންނަށް ފަންޑެއް އޮތް ވާހަކަ ޒަރީރު އިއުލާންކުރެއްވީ އެ މުވައްޒަފުން ވަކިކުރަނީ ގޮތެއް ނުހޯދައިދީ ކަމަށް އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފައިވާ ދަނޑިވަޅެއްގަ އެވެ. ފިނޭންސުން ބުނަނީ މިއީ އެ މީހުންނަށް އިގުތިސޯދުގައި ހަރަކާތްތެރި ގޮތެއްގައި ބައިވެރެވޭނެ މަގެއް ކަމަށެވެ. 

ސަރުކާރުން އަމާޒު ހިފާފައި ވަނީ އަންނަ އޮކްޓޫބަރު މަހުގެ މެދުތެރެއާ ހަމައަށް، ކުންފުނިތަކުން 33 ޕަސެންޓު މުވައްޒަފުން މަދުކުރާށެވެ. މި ނަމްބަރަށް ވާސިލުވުމުގެ ގޮތުން މިއަދާ ހަމައަށް އައިއިރު ސަރުކާރުން ވަނީ މުވައްޒަފުންތަކެއް ވަކިކޮށްފަ އެވެ. މިހެން ނަމަވެސް، ރަސްމީ އަދަދެއް ނުބުނާތީ ވަކިކުރި މުވައްޒަފުންގެ ސީދާ އަދަދެއް ނޭނގެ އެވެ.

މަޖިލީހުގައި ޒަރީރު މިއަދު ވިދާޅުވީ އެސްއޯއިތަކުގައި ތިބީ 41،667 މުވައްޒަފުން ކަމަށެވެ. މި އަދަދުގެ 33 ޕަސެންޓު ވަކިކުރާ ނަމަ 13،000 އަށް ވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ މަޝްރޫއު ކުރިއަށްނުގެންދަން އަދާލަތުން އެދިއްޖެ

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރު މީހުންނަށް ދިގު މުއްދަތަކަށް ދިރިއުޅެވޭނެ ވަކި ސަރަހައްދުތަކެއް އުފެދޭތީ، އެކަމުގެ ސަބަބުން ރާއްޖޭގެ ދީނީ އެއްބައިވަންތަކަމާއި ސަލާމަތަށް ނުރައްކާވެދާނެ ކަމަށް ބުނެ އަދާލަތު ޕާޓީން ކަންބޮޑުވުން ފާޅުކޮށްފިއެވެ. އެ ޕާޓީން ސަރުކާރަށް އިލްތިމާސްކުރީ ބޭރު މީހުން ވަޒަންވެރިވާ ގޮތަށް މަޝްރޫއު ކުރިއަށް ނުގެންގޮސް، އޭގެ ބަދަލުގައި ހޮލިޑޭ ހޯމްސް ފަދަ ވަސީލަތްތައް ތަރައްޤީކުރުމަށެވެ.

ރިސޯޓުތައް އޮޑިޓް ކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވެއްޖެ

ރާއްޖޭގައި ހިންގާ 150 ރިސޯޓުގެ ތެރެއިން އިންކަމް ޓެކްސް ދައްކަނީ އެންމެ 50 ރިސޯޓުން ކަމަށްވާތީ، އެ ތަންތަނުގެ ހިސާބުތައް މީރާއިން އޮޑިޓްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވި. އަދި ބޭންކިން ސިސްޓަމަށް ވަންނަންޖެހޭ ޑޮލަރު އިތުރުކުރުމަށްޓަކައި އަންނަ އަހަރު މޮނިޓަރިން ވަރުގަދަކޮށް، ބައެއް އުސޫލުތައް ހަރުކަށި ކުރާނެ ކަމަށް ގަވަރުނަރު ފާހަގަކުރެއްވި.

ޑޮލަރުގެ އަގު މިއަދު ހުރީ 23.55ރ. އަށް ކަމަށް ސަލީމް ވިދާޅުވެއްޖެ

ރާއްޖޭގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މިހާރު ހުރީ 23.55ރ. އަށް ކަމަށް މަޖިލީހުގެ ނައިބުރައީސް ސަލީމް ވިދާޅުވި. މިއީ އިއްޔެއާ އަޅާބަލާއިރު ބޮޑު އަދަދެއް ނަމަވެސް، މީގެ ކުރިން ޑޮލަރުގެ އަގު 23.70ރ. އަށް އުފުލުނު ކަމަށް އޭނާ ފާހަގަކުރެއްވި.

2027 ގެ ބަޖެޓަކީ ގައުމު ލޫޓުވައިލަން ހުށަހެޅި ސްކޭމެއް: އަމީން

އަންނަ އަހަރަށް ލަފާކޮށް ސަރުކާރުން ހުށަހެޅި ބަޖެޓަކީ ރައްޔިތުންނަށް އޮޅުވާލައި ގައުމު ލޫޓުވާލުމަށް ހިންގާ ބޮޑު "ސްކޭމެއް" ކަމަށް މެންބަރު އަމީން ވަނީ ތުހުމަތު ކުރައްވާފައި. އޭނާ ވިދާޅުވީ ބަޖެޓުގައި މަޝްރޫއުތަކުގެ ތަފްސީލު ނެތުމާއި، ސަރުކާރުން ވެފައިވާ ވައުދުތައް ފުދެމުން ނުދިއުމަކީ ރައްޔިތުންނަށް ވާ ފައިދާއެއް ނެތް ކަމެއްގެ ހެއްކެއް ކަމަށް.

ބޮޑު އަގުގައި ތަކެތި ގަތް މައްސަލަ: މުވައްޒަފުންނަށް ދައުވާކުރަނީ

އައްޑޫ އިކުއަޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި މާކެޓް އަގަށް ވުރެ ބޮޑު އަގުގައި ގަނެ ދައުލަތަށް މާލީ ގެއްލުން ދިން މައްސަލައިގައި، އެ ހޮސްޕިޓަލުގެ ހަތަރު މުވައްޒަފަކަށް ދައުވާކުރަން އޭސީސީން ވަނީ ނިންމާފައި. މީގެ ތެރޭގައި އޭއީއެޗްގެ ޕްރޮކިއުމަންޓް ހެޑާއި ބިޑް ކޮމިޓީގެ ތިން މުވައްޒަފަކު ހިމެނޭ.

ތަރައްގީގެ 22 މަޝްރޫއެއް ހިންގަން އެމްޓީސީސީއާ ހަވާލުކޮށްފި

ރާއްޖޭގެ އެކި ރަށްރަށުގައި މަގުހެދުމާއި، ބަނދަރު ތަރައްގީކުރުމާއި، ގޮނޑުދޮށް ހިމާޔަތްކުރުން ހިމެނޭހެން ތަރައްގީގެ 22 މަޝްރޫއެއް ހިންގުމަށް އެމްޓީސީސީއާ މިއަދު ވަނީ ހަވާލުކޮށްފައި. އޭގެ ތެރޭގައި ފުވައްމުލައް ސިޓީގައި އޮފީސް ކޮމްޕްލެކްސްއެއް އެޅުންވެސް ހިމެނޭއިރު، މީގެ ކުރިން އެ ކުންފުންޏާ ހަވާލުކުރި ގިނަ މަޝްރޫއުތަކެއް ހުއްޓިފައިވާކަން ފާހަގަކުރެވޭ.

"އިންވޮސްއަށް މަކަރުހަދާތީ ދައުލަތަށް ބޮޑެތި ގެއްލުންތަކެއް ލިބޭ"

މުދާ އެތެރެކުރާއިރު އިންވޮއިސްތަކުގެ އަސްލު އަގަށް މަކަރު ހަދައިގެން (އަންޑަ އިންވޮއިސް ކޮށްގެން) ދައުލަތަށް ލިބެންޖެހޭ އާމްދަނީން އަހަރަކު 2.5 ބިލިއަން ރުފިޔާ ގެއްލޭ ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކަސްޓަމްސްއަށް ލިބެންޖެހޭ ޑިއުޓީގެ ގާތްގަނޑަކަށް ދެބައިކުޅަ އެއްބައި މި މަކަރުވެރި އަމަލުތަކުގެ ސަބަބުން ދައުލަތަށް ނުލިބި ގެއްލިގެންދެއެވެ.

Newsletter

Get the latest news delivered straight to your inbox