އެސްއޯއީތަކަށް އެއްވެސް ޕްރޮޖެކްޓެއް ނުހިންގޭ ކަމަށް ބުނެ ޕީއެންސީ މެންބަރުން ޝަކުވާކޮށްފި

ޕީއެންސީއަށް ނިސްބަތްވާ މެންބަރު އިބްރާހިމް ހުސެއިން އާއި އަހުމަދު ނާޒިމް އާއި މުހައްމަދު އަލީ އާއި އަޝްރަފް ރަޝީދު: މި ހަތަރު މެންބަރުންގެ ކަންބޮޑުވުންތައް ފާޅުކުރެއްވީ ދާއިރާގައި ހުރި މަޝްރޫއުތައް ނުހިނގާތީ --- ފޮޓޯ: އަދަދު

ޕީއެންސީއަށް ނިސްބަތްވާ މެންބަރު އިބްރާހިމް ހުސެއިން އާއި އަހުމަދު ނާޒިމް އާއި މުހައްމަދު އަލީ އާއި އަޝްރަފް ރަޝީދު: މި ހަތަރު މެންބަރުންގެ ކަންބޮޑުވުންތައް ފާޅުކުރެއްވީ ދާއިރާގައި ހުރި މަޝްރޫއުތައް ނުހިނގާތީ --- ފޮޓޯ: އަދަދު

ދައުލަތުގެ ކުންފުނި (އެސްއޯއީ) ތަކާ ހަވާލުކޮށްފަ ހުރި ޕްރޮޖެކްޓުތަކުގެ  ކުރިއަށް ނުދާ މައްސަލައިގައި ކުންފުނިތަކުގެ ގާބިލުކަމާ މެދު ސުވާލު އުފައްދާ، އެއްވެސް ރަށެއްގައި އެއްވެސް ޕްރޮޖެކްޓެއްގެ މަސައްކަތެއް ކުރިއަށް ނުދާ ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި ތިއްބަވާ ޕީއެންސީގެ މެންބަރުން މިއަދު ޝަކުވާކޮށްފި އެވެ.

ސަރުކާރު ހިންގާ އަދި މަޖިލީހުގެ ފުރިހަމަ ކޮންޓްރޯލް އޮތް ޕީއެންސީގެ މަޖިލިސް މެންބަރުން މި ޝަކުވާތައް ކުރީ ސްޓޭޓް އޯންޑް އެންޓަޕްރައިސަސް ކޮމިޓީ (އެސްއޯއީ ކޮމިޓީ) ގެ ބައްދަލުވުމެއްގައި އެވެ. އެ ބައްދަލުވުމުގައި މަޝްވަރާ ކުރެވެމުން ދިޔައީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ފެނަކައަށް ފޮނުވި ސިޓީއަށް ޖަވާބު ދިނުން ލަސްވި މައްސަލައިގައި އެވެ.  

މި ސިޓީއަކީ، ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް، އެ ދާއިރާގެ ރަށްތަކުގައި ފެނަކައިން ރަނގަޅަށް ހިދުމަތް ނުދޭ މައްސަލައިގައި މިދިޔަ އަހަރުގެ ޑިސެމްބަރުގައި ފެނަކައަށް ފޮނުއްވެވި ސިޓީއެކެވެ. އެ ސިޓީއަށް ފެނަކައިން ޖަވާބު ލިބުނީ، މިދިޔަ މަހުގެ 14، ގައި އެވެ.

Advertisement

މި މައްސަލައިގައި ހިތްހަމަޖެހިވަޑައިނުގެން ވާހަކަ ދައްކަވަމުން ޕީއެންސީއަށް ނިސްބަތްވެވަޑައިގަންނަވާ  ކިނބިދޫ ދާއިރާގެ އަލީ އަޝްރަގު ވަނީ، މިހާ ގިނަ ދުވަސްވީއިރު ސިޓީއަށް ޖަވާބެއް ނުލިބުނީ ކީއްވެގެންތޯ ސުވާލުއުފައްދަވާފަ އެވެ. އަދި، އޭނާ ވަނީ ލިޔުމުން ޖަވާބު ދިނުމަކީ އުނދަގޫ ކަމެއް ކަމަށް ގަބޫލު ނުކުރާ ކަމަށް ވިދާޅުވެ، އެ ލަސްވީ ސަބަބު ފެނަކައިން ހޯދަން ހުށަހަޅުއްވާފަ އެވެ. 

އަޝްރަގުގެ ހުށަހެޅުއްވުމަށް ތާއީދުކުރައްވަމުން ދެން ވާހަކަ ދެއްކެވި ތޮއްޑޫ ދާއިރާގެ މެންބަރު ހުސެއިން ސަމީރު ވިދާޅުވީ، ރައްޔިތުންނަށް ދޭން ޖެހޭ އަސާސީ ހިދުމަތްތައް ދިނުމުގައި އެސްއޯއީތަކުން ވަރަށް ފަރުވާ ކުޑަ ކަމަށެވެ. މި ކަހަލަ ބައިވަރު މައްސަލަތައް ހުރިއިރު، އެސްއޯއީތައް އިހުމާލުވާ ސަބަބެއް ދެނެގަންނަން ޖެހޭ ކަމަށް އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ މެންބަރު ވިދާޅުވި އެވެ. 

ސަމީރު މިހެން ވިދާޅުވުމުން އެސްއޯއީ ކޮމިޓީގެ މުގައްރިރު، ފޭދޫ ދާއިރާގެ މެންބަރު އިބްރާހިމްދީދީ (އައިބީ) ވަނީ ޕްރޮޖެކްޓުތައް ނުހިނގަނީ ކުރީ ސަރުކާރުން ރަނގަޅަށް ބަޖެޓު ނުކޮށް ޕްރޮޖެކްޓުތައް ހަވާލުކޮށްފަ ހުރުމުން ކަމަށް ވިދާޅުވެފަ އެވެ.

ނަމަވެސް އައިބީގެ ފަހުން ވާހަކަ ދެއްކި ޕީއެންސީގެ މެންބަރުން ވަނީ މި ސަރުކާރު އައި ފަހުން ހަވާލުކުރި ޕްރޮޖެކްޓުތައް ވެސް ނުހިނގާ ކަމަށް ބުނެ ނުރުހުންފާޅުކޮށްފަ އެވެ. އޭގެ ތެރޭގައި ދިއްގަރު ދާއިރާގެ މެންބަރު އަހުމަޒު ނާޒިމް އާއި ގައްދޫ ދާއިރާގެ މެންބަރު މުހައްމަދު އަލީ އާއި ފަރެސްމާތޮޑާ ދާއިރާގެ މެންބަރު އަޝްރަފް ރަޝީދުގެ އިތުރުން ފުވައްމުލަކު ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ހުސެއިން ހިމެނިވަޑައިގަންނަވަ އެވެ. 

އެ ގޮތުން ނާޒިމް ވިދާޅުވީ، ފެނަކައިގެ ގާބިލުކަމެއް ނެތޭ އިންފްރާސްޓްރަކްޗާ މިނިސްޓަރު އަބްދުالله މުއްތޮލިބު ވިދާޅުވެފައިވާއިރު، އެ ކުންފުނީގެ އެ ގާބިލުކަން ހުރިތޯ އެސްއޯއީ ކޮމިޓީން ކަށަވަރުކުރަން ޖެހޭ ކަަމަށެވެ. އަދި، ފެނަކައަށް ޕްރޮޖެކްޓުތައް ނުހިންގޭ ނަމަ އަމިއްލައަށް ޕްރޮޖެކްޓުތައް ދޫކޮށްލައިގެން ވިޔަސް މިކަމަށް ހައްލެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ރަށެއްގައި އެއްވެސް ކަމެއް ނުހިނގާ ކަމަށް ވަންޏާ، ދެން ފެނަކަ އަމިއްލައަށް އެ ދޫކޮށްލަންވީ ނޫންތޯ. ދޫކޮށްލާފަ ފެނަކަ އޭގެން ބަރީއަވާންވީ ނޫންތޯ. އޭރުން އަނެއްކާ ސަރުކާރަށް އެކަން ކުރިއަށް ގެންދެވޭނެތާ އެހެން ގޮތަކަށް ހަދައިގެން ނަމަވެސް،" ނާޒިމް ވިދާޅުވި އެވެ.

ނާޒިމް މިހެން ވިދާޅުވީ، އޭނާ ތަމްސީލުކުރައްވާ ދާއިރާގައި ހިމެނޭ މ. ވޭވަށުގައި ސްކޫލެއް ތަރައްގީކުރާށާއި ޕޮލިސް ޕޯސްޓެއް ތަރައްގީކުރަން ހަވާލުކޮށްފައިވާ ޕްރޮޖެކްޓުތަކުން މިސާލު ނަންގަވަމުންނެވެ.

މުހައްމަދު އަލީ ވެސް މައްސަލައަކަށް ނެންގެވީ އޭނާގެ ދާއިރާގައި ހުއްޓިފައި ހުރި ފެނަކައިގެން ޕްރޮޖެކްޓުތަކެވެ. އޭނާ ވިދާޅުވީ ގިނަ ރަށްތަކުގައި ނިއްމާލަން ބޭނުންވާ މެޓީރިއަލްސް ހުރެ، މަސައްކަތް ނުހިިނގާ، ދުވަސްވާ ސަބަބާ މެދު ރައްޔިތުންގެ ޝަކުވާތައް އަންނަ ކަމަށެވެ. އޭނާ ވަނީ، ފެނަކައަށް ނުވާނަމަ އައުޓްސޯސް ކޮށްގެން ވިޔަސް ޕްރޮޖެކްޓުތައް ނިންމަން ބޭނުންވާ ކަމަށް ވިދާޅުވެފަ އެވެ. 

ޕްރޮޖެކްޓުތަކުގެ މަސައްކަތް ނުހިނގާ މައްސަލައިގެ އިތުރުން މުހައްމަދު އަލީ ވަނީ ފެނަކަ ރިފޯމް ކުރަން ކަމަށް ބުނެ ކުރާ މަސައްކަތްތަކަށް ވެސް ފާޑުވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ މި ސަރުކާރު އައި ފަހުން ތިން ވަނަ މެނޭޖުމަންޓުން ފެނަކައާ ހަވާލުވެ، ތިން ވަނަ ބަޔަކު ވެސް ރިފޯމް ކުރަން އުޅޭއިރު، އެ ރިފޯމް ނިމޭނެ ދުވަހެއް ވެސް އެނގެން ބޭނުންވާ ކަމަށެވެ. 

"ފުރަތަމަ މެނޭޖުމަންޓު އައިސްފަ ރިފޯމް ކުރަން ފެއްޓި ގޮތަށް ދެ ވަނަ މެނޭޖުމަންޓު އައީ. ހަމަ ދެ ވަނަ މެނޭޖުމަންޓުން ވެސް އަނެއްކާ އާ ރިފޯމެއް ފެއްޓީ. މިހާރު ތިން ވަނަ މެނޭޖުމަންޓު އައިސްގެން ވެސް ރިފޯމް ފައްޓައިގެން އެ އުޅެނީ،" މުހައްމަދު އަލީ ވިދާޅުވި އެވެ.

އިބްރާަހިމް ހުސެއިން ވިދާޅުވީ އޭނާ ތަމްސީލުކުރައްވާ ފުވައްމުލަކު ދެކުނު ދާއިރާގެ ރައްޔިތުން ވެސް ތިބީ، ފެނަކައިން ހިދުމަތްތައް ގާއިމުކޮށް ނުދެވޭތީ އެ މީހުންގެ ދިރިއުޅުން ބަދަލުނުކުރެވިފައި ކަމަށެވެ. އޭނާ ވިދާޅުވީ، ކުރީ ސަރުކާރުގައިި ފެށި އިންޖީނުގޭގެ ބަޖެޓު ވެސް ވީތަނެއް ނޭނގޭ ކަމަށާއި، ފެނާއި ނަރުދަމާގެ ހިދުމަތެއް ވެސް ރައްޔިތުންނަކަށް ނުލިބޭ ކަމަށެވެ. 

މިއީ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ވިދާޅުވެ އިބްރާހިމް ހުސެއިން ވަނީ ކުންފުނީގެ މެނޭޖުމަންޓު ހާޒިރުކުރަން ގޮވާލާއްވާފަ އެވެ. އަދި، ދެ އަހަރާ ބައި ވެގެންދާއިރު މަސައްކަތް ނުހިނގާ މައްސަލައިގައި ޖަވާބުދާރީކޮށް، ހައްލުތަކެއް ހޯދަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑަށް އަޅުގަނޑުގެ ދާއިރާގެ ރައްޔިތުން އެތައް ފަހަރަކު ގުޅައިގެން، މިހާރު ގާތްގަނޑަކަށް އަހަރު ދުވަސްވާއިރު ވެސް އަޅުގަނޑު ހުށަހެޅި މައްސަލަތަކެއް، ހަމަ ސީދާ ފެނަކައިން އެއްވެސް ޖަވާބެއް ނުލިބި އައިސް ހުރި ކަން އަޅުގަނޑު ފާހަގަކުރާނަން،" އިބްރާހިމް ހުސެއިން ވިދާޅުވި އެވެ. 

ފެނަކައިގެ މައްސަލައިގައި އަޝްރަފް ރަޝީދު ވިދާޅުވީ، މި ސަރުކާރު އައި ފަހުން ފެނަކައާ ހަވާލުވީ ތިން މެނޭޖުމަންޓުގައި ސުވާލުކޮށްގެން ވެސް އޭނާ ތަމްސީލުކުރައްވާ ގދ. ފަރެސްމާތޮޑާގައި ފެނަކައިގެ އޮފީސް އިމާރާތް ތަރައްގީކުރުމުގެ ޕްރޮޖެކްޓަށް ވާގޮތެއް ނޭނގުނު ކަމަށެވެ. އޭނާ ވިދާޅުވީ މި އިމާރާތަކީ ކުރީ ސަރުކާރުުގައި ފަށާ، އިންތިހާބަށް ކުޑަތަން ވެފައި އޮއްވާ މަސައްކަތް ހުއްޓާލި މަޝްރޫއެއް ކަމަށެވެ.

އަޝްރަަފް ރަޝީދު ވިދާޅުވީ އޭރު އެ ތަނުގައި މުޅި އިމާރާތް ނިންމަން ބޭނުންވާ ވަރަށް ހިލަ އާއި ހިލަ ވެއްޔާއި ސިމެންތި ފަދަ ސާމާނު ހުރިއިރު، މިހާރު އެ ވެސް ނެތް ކަަމަށެވެ.

"އަސްލު ހަގީގަތުގައި ފެނަކައަށް ކުރިއަށް ނުގެންދެވޭ މިންވަރަށް ބައެއް ކަހަލަ ކަންކަން ފެނަކައާ ހަވާލުކުރުމުގެ ސަބަބުން ދިމާވެފައި ހުރި މައްސަލަތައް އެބަހުރި." އޭނާ ވިދާޅުވި އެވެ. 

މި މައްސަލައިގައި މަޝްވަރާކުރުމަށް ފަހު އެސްއޯއީ ކޮމިޓީން ނިންމީ ފެނަކައިގެ މެނޭޖުމަންޓު ހާޒިރުކޮށްގެން ކަންކަން އޮޅުންފިލުވާށެވެ. އަދި، ފެނަކައިގެ އިތުރުން ސަރުކާރުގެ އެހެން ކުންފުނިތައް ވެސް ތާވަލެއްގެ ދަށުން ކޮމިޓީއަށް ހާޒިރުކޮށްގެން ޕްރޮޖެކްޓުތަކާއި ކުންފުނިތަކުން ފޯރުކޮށްދޭ ހިދުމަތްތަކާ ގުޅިގެން ހުރި މައްސަލަތައް ބަލަން ކޮމިޓީން ވަނީ ނިންމާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އަދާލަތުން މުއިއްޒާއެކު ކޯލިޝަން ހަދަން ފާސްކޮށްފި

މި ދައުރުގެ ބާކީ އޮތް މުއްދަތުގައި ސަރުކާރުގައި ބައިވެރިވުމަށާއި، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒަށް ތާއީދުކޮށް ޕީއެންސީއާއެކު ކޯލިޝަން ހެދުމަށް އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ފާސްކޮށްފިއެވެ. މި ނިންމުމާއެކު ސަރުކާރުގެ އިސް މަގާމުތައް އެ ޕާޓީއަށް ދިނުމަށް ހަމަޖެހިފައިވާއިރު، ކޯލިޝަން އެއްބަސްވުމުގައި ސޮއިކުރުމުގެ ބާރު މިހާރު ވަނީ ޕާޓީގެ ރައީސަށް އަރުވާފައެވެ.

ދޮގުހެދުމުން ދުރުވުމަށް މުއިއްޒު އިލްތިމާސްކުރައްވައިފި

ދޮގުހެދުމާއި، ޣީބަބުނުމާއި، ފުރައްސާރަކުރުން ފަދަ ނުބައި ސިފަތަކުން ދުރުހެލިވެ މުޖުތަމައު ތާހިރުކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިލްތިމާސްކުރައްވައިފިއެވެ. "އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު" އިފްތިތާހުކޮށްދެއްވަމުން ރައީސް ވިދާޅުވީ، ރާއްޖެއަށް ބޭނުންވަނީ އުމްރާނީ ތަރައްގީގެ އިތުރުން ދިވެހިންގެ ފިކުރާއި އަހުލާގު ބިނާކުރުމުގެ މާނަވީ ތަރައްގީ ކަމަށެވެ.

އިހުތިރާމް އަދާކުރުމުގެ ގައުމީ މަޝްރޫއު އިފުތިތާހުކޮށްފި

މުޖުތަމައުގައި އެކަކު އަނެކަކަށް އިހުތިރާމްކުރުމުގެ ސިފަ އާލާކުރުމަށް ސަރުކާރުން ފެށި ގައުމީ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ އިފުތިތާހުކޮށްދެއްވައިފިއެވެ. މި މަޝްރޫއުގެ މަގުސަދަކީ އިޖުތިމާއީ އަގުތަކާއި އަދަބުވެރިކަން ދިރުވައި އާލާކުރުން ކަމަށްވީ ނަމަވެސް، މި ރަސްމިއްޔާތަށް މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކުރުމާއި ދުވާ ޓްރެކް ބަންދުކުރުމުން އާންމުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.

ޕީއެންސީ އާއެކު ކޯލިޝަން ހެދުމަށް އަދާލަތުން މަޝްވަރާކުރަނީ

ވެރިކަން ކުރާ ޕީއެންސީން ދީފައިވާ ދައުވަތަކަށް، އެ ޕާޓީއާއެކު ކޯލިޝަން ހެދުމާ ގުޅޭގޮތުން އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުން ދަނީ މަޝްވަރާ ކުރަމުންނެވެ. މިކަމާ މެދު އަދި ވަކި ގޮތެއް ނުނިންމި ނަމަވެސް، އަދާލަތު ޕާޓީގެ މިހާރުގެ ލީޑާޝިޕްގެ ވިސްނުން ހުރީ ސަރުކާރާ ގުޅިގެން ކުރިއަށް ދިއުމަށެވެ.

އިހުތިރާމް ކެމްޕެއިންގައި ބައިވެރިވާން މަޖުބޫރުކުރަނީ

ސަރުކާރުން ފަށާ "އިހުތިރާމް އަދާކުރުމުގެ ގައުމީ ކެމްޕެއިން" ލޯންޗުކުރުމުގެ ރަސްމިއްޔާތަށް ސިވިލް ސާވިސް މުވައްޒަފުންނާއި ކުންފުނިތަކުގެ މުވައްޒަފުން ހާޒިރުވުމަށް މަޖުބޫރުކޮށް، ހާޒިރީ ބެލުމަށް ވަނީ އަންގާފައި. މިރޭ ބާއްވާ މި ހަރަކާތުގައި ބައިވެރިވުމަށް ސިވިލް ސާވިސް ކޮމިޝަނުންނާއި އޮފީސްތަކުގެ ވެރިން މުވައްޒަފުންނަށް ދަނީ އަންގަމުން.

ކޮޕް ސަމިޓަށް ފަހު މުއިއްޒު މާލެ ވަޑައިގެންފި

ސަމިޓުގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަނީ އެކި ގައުމުތަކުގެ އިސްވެރިންނާއި، ބައިނަލްއަގުވާމީ ޖަމްއިއްޔާތަކުގެ ވެރިންގެ އިތުރުން މޫސުމާ ގުޅުންހުރި ދާއިރާތަކުގައި މަސައްކަތްކުރައްވާ އިސް ފަރާތްތަކާ ބައްދަލުކުރައްވައި، ރާއްޖެއަށް މުހިންމު ދާއިރާތަކުން މަޝްވަރާ ކުރައްވާފަ އެވެ.

އުޝާމާއި "ބްރަދާ އަބްދުﷲ"ގެ އިސްތިއުފާ އަށް އިމްރާން ގޮވާލައިފި

ބީލަމަކަށް ނުލައި ރަސްމާލެ ދޫކޮށްލުމުގައި ބޮޑެތި ޚިޔާނާތްތަކެއް ހިންގާފައިވާ ކަމަށް ތުހުމަތުކުރައްވައި، ބަންޑާރަ ނައިބު އަހުމަދު އުޝާމާއި "ބްރަދާ އަބްދުﷲ" އިސްތިއުފާ ދެއްވުމަށް ކުރީގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ގޮވާލައްވައިފިއެވެ. އިމްރާން ތުހުމަތުކުރެއްވި ގޮތުގައި ޔޫއޭއީގެ މަހުޖަނު އަލައްބާރު އަތުން "ބްރަދާ އަބްދުﷲ" އަށް ގިނަ އަދަދެއްގެ ފައިސާ ލިބިފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.

Newsletter

Get the latest news delivered straight to your inbox