އެމްޓީސީސީއަށް އެތައް ފުރުސަތު ދީގެން ވެސް އަހަރީ ރިޕޯޓު ހުށަނޭޅުމުން ޖޫރިމަނާކޮށްފި

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ: އެމްޓީސީސީއަކީ ގަވާއިދުން ރިޕޯޓުތައް ހުށަހަޅަމުން އައި ކުންފުންޏެއް --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ: އެމްޓީސީސީއަކީ ގަވާއިދުން ރިޕޯޓުތައް ހުށަހަޅަމުން އައި ކުންފުންޏެއް --- ފޮޓޯ: އެމްޓީސީސީ

ޕަބްލިކް ކުންފުނި، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީގެ މިދިޔަ އަހަރުގެ ފަހު ކުއާޓާގެ ރިޕޯޓާއި އަހަރީ ރިޕޯޓު ހުށަހަޅަން ދިން މުއްދަތު އެތައް ފަހަރެއްގެ މަތިން އިތުރުކޮށްދިނުމުން ވެސް ރިޕޯޓު ހުށަނޭޅުމުން ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) އިން އެ ކުންފުނި މިއަދު ޖޫރިމަނާކޮށްފި އެވެ. 

ސީއެމްޑީއޭގެ ގަވާއިދުތައް އޮންނަ ގޮތުން މާލީ އަހަރު ނިމޭތާ ހަތަރު މަސް ދުވަހުގެ ތެރޭގައި އަހަރީ ރިޕޯޓު ހުށަހަޅަން ޕަބްލިކް ކުންފުނިތަކުގެ މައްޗަށް ލާޒިމެވެ. އަދ، ސީއެމްޑީއޭގެ ހުއްދަ ލިބިގެން ނޫނީ ކޮންމެ އަހަރެއްގެ އޭޕްރިލް 30، ގެ ކުރިން އަހަރީ ރިޕޯޓު ހުށަހަޅަން ޖެހެ އެވެ.

ނަމަވެސް އެމްޓީސީސީއަށް ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް ރިޕޯޓުތައް ހުށަނާޅާތީ ސީއެމްޑީއޭއިން ވަނީ އެ ކުންފުނި 30،000ރ. އިން ޖޫރިމަނާކޮށްފަ އެވެ.

އެމްޓީސީސީން މި ރިޕޯޓުތައް އާންމުނުކޮށް އުޅެނީ އެ ކުންފުނީގެ އޮޑިޓު ނުނިމޭތީ ކަމަށް ބުނެ އެވެ.

އެ ގޮތުން އެންމެ ފުރަތަމަ ހުށަހަޅަން ޖެހޭ ތާރީހު ލަސްކޮށްދޭން އެމްޓިސީސީން އެދުނީ އޭޕްރިލް މަހުގެ ކުރީކޮޅެވެ. އެ ފަހަރު ސީއެމްޑީއޭއިން ސުންގަޑި އިތުރުކޮށްދިނީ މި އަހަރުގެ މެއި މަހުގެ މެދާ ހަމައަށެވެ. 

ސީއެމްޑީއޭއިން ދެ ވަނަ ފަހަރަށް މުއްދަތު އިތުރުކޮށްދިނީ މެއި މަހު ހުށަނޭޅޭނެ ކަމަށް ބުނުމުން، ޖުލައި 15، އަށެވެ. އެންމެ ފަހުން އެމްޓީސީސީން ޖޫރިމަނާކުރީ މި ތާރީހަށް ވެސް ނުނިންމޭނޭ ކަމަށް ބުނުމުން އިއްޔެގެ ނިޔަލަށް ސުންގަޑި އިތުރުކޮށްދީފައި ވަނިކޮށެވެ. 

އެމްޓީސީސީގެ މާލީ ރިޕޯޓުތައް ނުނިންމިގެން އުޅޭއިރު، އެ ކުންފުންޏަކީ ރާއްޖޭގެ އެންމެ ދުވަސްވީ ޕަބްލިކް ކުންފުނި އަދި ގަވާއިދުން މި ރިޕޯޓުތައް ޝާއިއުކުރަމުން އައި ކުންފުންޏެކެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސިނެޓެކްސްގެ ވެބްސައިޓް އަލުން ފަރުމާކޮށްފި

ދިވެހި ތިން ޒުވާނުން އުފެއްދި "ސިނެޓެކްސް" ކުންފުނިން ބައިނަލްއަގުވާމީ ބާޒާރަށް އަމާޒުކޮށް އެ ކުންފުނީގެ ވެބްސައިޓް އަލުން ފަރުމާކޮށްފިއެވެ. މި ކުންފުނީގެ މައިގަނޑު މަގުސަދަކީ ދިވެހިބަހާ އެއްގޮތަށް ޑިޖިޓަލް ވަސީލަތްތައް މަދު ބަސްތަކަށް އޭއައި މޮޑެލްތަކާއި ސައިބަރ ސެކިއުރިޓީ ހައްލުތައް ފޯރުކޮށްދިނުމެވެ. އެގޮތުން 'ތާނަ އޭއައި' މެދުވެރިކޮށް ލިބޭ ހިދުމަތްތައް ފުޅާކޮށް، ކުރިއަށް އޮތް "ސްލަޝް 2026" ކޮންފަރެންސްގައި ދުނިޔޭގެ ފެންވަރުގައި މި ޓެކްނޮލޮޖީ ތައާރަފުކުރުމަށް އެ ކުންފުނިން ދަނީ ތައްޔާރުވަމުންނެވެ.

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

Newsletter

Get the latest news delivered straight to your inbox