ޓެކްސީ އެޕްލިކޭޝަނުން ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ލީކުކޮށްލި ކަމަށް ބުނާ މުވައްޒަފުގެ މައްސަލަ ފުލުހަށް

އެމްޓީސީސީގެ ޓެކްސީ ހިދުމަތުގައި ބޭނުންކުރާ އެސްޔޫވީ ކާރެއް: އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަންގެ ބޮޑެތި މައްސަލަތަކެއް ވަނީ މީގެ ކުރިން ވެސް ފެންމަތިވެފައި --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ޓެކްސީ ހިދުމަތުގައި ބޭނުންކުރާ އެސްޔޫވީ ކާރެއް: އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަންގެ ބޮޑެތި މައްސަލަތަކެއް ވަނީ މީގެ ކުރިން ވެސް ފެންމަތިވެފައި --- ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޓެކްސީ ހިދުމަތް ދޭން ބޭނުންކުރާ އެޕްލިކޭޝަން ބޭނުންކުރި ކަސްޓަމަރުންގެ ޒާތީ މައުލޫމާތުތައް ލީކުކޮށްލި ކަމަށް ބުނާ މުވައްޒަފުގެ މައްސަލަ ފުލުހަށް ހުށަހަޅައިފި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ފުލުހަށް ހުށަހެޅި ތަހުގީގު ކުރަމުންދާ ކަމަށެވެ. އިތުރު ތަފުސީލެއް ނުދެއްވަ އެވެ.

"މި މައްސަލަ ފުލުހުންނަށް ހުށަހެޅި، ދަނީ ތަހުގީގު ކުރަމުންނެވެ،" ފުލުހުން ފޮނުވި މެސެޖުގައި ބުންޏެވެ.

ޓެކްސީ އެޕްލިކޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ނަންތަކާއި، ފޯނު ނަމްބަރާއީ، އީމެއިލް އެޑްރެސްގެ އިތުރުން ވޮލެޓު އައިޑީ އާއި، ކަސްޓަމަރުން ކޮށްފަ ހުރި މެސެޖުތަކާއި، ކުރި ދަތުރުތައް ހިމެނޭހެން ގިނަ އަދަދެއްގެ މައުލޫމާތު އިއްޔެރޭ ވަނީ ސޯޝަލްމީޑިއާއަށް ލީކުކޮށްލައިފަ އެވެ.

އެކަމާ ގުޅިގެން އެމްޓީސީސީން ނެރުނު ބަޔާނުގައި ބުނީ، އެއީ އެޕް ހެކުކޮށްގެން ލީކުކޮށްފައިވާ މައުލޫމާތު ނޫން ކަމަށާއި އެއީ އެ ކުންފުނީގެ މުވައްޒަފަކު ކުރި ކަމެއް ކަމަށެވެ.

"މި މުވައްޒަފު އެކަން ކޮށްފައިވަނީ އެއްވެސް ހުއްދައަކާ ނުލައި އަމިއްލަ ޒާތީ އަދި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ނިޔަތުގައިކަން ފާހަގަކުރަން،" އެމްޓީސީސީން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ. 

އެތެރޭގެ ތަހުގީގެއް ހިންގުމަށްފަހު އެ މުވައްޒަފު މިހާރު ވަޒީފާގެ ޒިންމާތަކުން އެކަހެރިކޮށްފައިވާ ކަމަށް އެމްޓީސީސީން ބުނެފައިވެ އެވެ. އެ މުވައްޒަފާ މެދު ހަރުކަށި ފިޔަވަޅު އަޅާނެ ކަމަށް އެމްޓީސީސީން ބުނެފައިވާއިރު އެއީ ކޮން މުވައްޒަފެއްކަމެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ. 

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަނަކީ މި ހިދުމަތް ފެށީއްސުރެން މިއަދާ ހަމައަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ކަމެކެވެ. 

މި މައްސަލަ ފެން މަތިވީ، ވާދަވެރި ބީލަމަކަށް ނުގޮސް، މި އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތް ސޮފްޓްވެއާ އުފެއްދުމުގެ ތަޖުރިބާ ނެތް ފިކްސްޑް މޯލްޑިވްސް ނަމަކަށް ކިޔާ ވިޔަފާރިއަކާ  13 މިލިއަން ރުފިޔާގެ އަގަކަށް ހަަވާލުކުރިކަން އެނގުނު ހިސާބުންނެވެ. 

އެ މައްސަލަ ފެންމަތިވެފައި އޮއްވާ މި އަހަރުގެ އޭޕްރިލް 2، ގައި ޓެކްސީ ހިދުމަތް އިފުތިތާހުކުރި ރޭ ފިކްސްޑް މޯލްޑިވްސްގެ ޓެކްސީ އެޕްލިކޭޝަން ބޭނުންކުރަން ފެށި އެވެ. ނަމަވެސް މި ބޭނުންކުރަން ފެށި އިރު ހުރި ބޮޑެތި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން އެ ފަހަރު ވެސް ކަސްޓަމަރުންގެ ގިނަ މައުލޫމާތުތަކެއް ލީކުވި އެވެ. 

އެހާ ހިސާބުން އެޕްލިކޭޝަން ބޭނުންކުރުން ހުއްޓާލައި، ދެ ހަފުތާ ވަންދެން އެމްޓީސީސީގެ ޓެކްސީ ދަތުރުތައް ކުރީ އެއްވެސް އަގެއް ނުނަގާ މުޅިން ހިލޭ އެވެ. ދަތުރުތަކަށް އަގު ނަގަން ފެށީ ހޮޓްލައިން ނަމްބަރަކަށް ގުޅައިގެން ވެބް ޕޯޓަލަކުން ފައިސާ ދައްކާ ގޮތަށެވެ.

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން ބޭނުންކޮށްގެން ހިދުމަތް ދެވޭ ވަރުވީ ހިދުމަތް ފެށިތާ ދެ މަސް ދުވަސް ފަހުން، މިދިޔަ ޖޫން 2، ގައި އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އެޕްލިކޭޝަނަކީ އެމްޓީސީސީގެ އައިޓީ ޑީޕާޓުމަންޓުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މި މައްސަލައިގައި މިއަދާ ހަމައަށް އައި އިރުވެސް އެމްޓީސީސީން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. ނަމަވެސް މީގެ ކުރިން އަދަދު ނޫހުން ސުވާލުކުރުމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ސައުދީ މިހެން ވިދާޅުވި ނަމަވެސް ފިކްސްޑް މޯލްޑިވްސްއާ މަަސައްކަތް ހަވާލުކުރުމުގައި ގިނަ ގޯސްތަކެއް ހިނގާފައިވާ ކަމަށް ބާރުދޭ ގިނަ މައުލޫމާތު ވަނީ ތިލަވެފަ އެވެ. މިހެން ނަމަވެސް މި މައްސަލަ ތަހުގީގުކުރަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މާ ބޮޑު ޝައުގުވެރިކަމެއް ހުރި ކަމަކަށް ވެސް ނުފެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox