އެމްޓީސީސީގެ ޓެކްސީ އެޕް ހެކްކޮށް، ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި

އެމްޓީސީސީގެ ޓެކްސީ ހިދުމަތުގައި ބޭނުންކުރާ އެސްޔޫވީ ކާރެއް: އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަނެއް އަދިވެސް އާންމު ނުކުރޭ --- ފޮޓޯ: އެމްޓީސީސީ

އެމްޓީސީސީގެ ޓެކްސީ ހިދުމަތުގައި ބޭނުންކުރާ އެސްޔޫވީ ކާރެއް: އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަނެއް އަދިވެސް އާންމު ނުކުރޭ --- ފޮޓޯ: އެމްޓީސީސީ

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ޓެކްސީ ހިދުމަތް ދޭން ބޭނުންކުރާ އެޕްލިކޭޝަން ހެކްކޮށް، ބައިވަރު ކަސްޓަމަރުންގެ ޒާތީ މައުލޫމާތު ލީކުކޮށްލައިފި އެވެ. 

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން ހެކް ކުރި ކަމަށް ލަފާ ކުރެވެނީ ރޭގެ ވަގުތެއްގައި އެވެ. މި އެޕްލިކޭޝަން ހެކް ކުރި މީހާ ނުވަތަ ބަޔަކު ވަނީ ބައެއް ޑްރައިވަރުންގެ ނަން ވެސް ބަދަލުކޮށްފަ އެވެ. 

ޓެކްސީ އެޕްލިކޭޝަން ހެކް ކުރުމަށް ފަހު ސޯޝަލް މީޑިއާގައި ލީކުކޮށްލާފައިވާ މައުލޫމާތުގެ ތެރޭގައި އެޕްލިކޭޝަނުގައި ރަޖިސްޓްރީކޮށްފައިވާ މީހުންގެ ނަންތަކާއި، ފޯނު ނަމްބަރާއީ، އީމެއިލް އެޑްރެސްގެ އިތުރުން ވޮލެޓު އައިޑީ އާއި، ކަސްޓަމަރުން ކޮށްފަ ހުރި މެސެޖުތަކާއި، ކުރި ދަތުރުތައް ހިމެނެ އެވެ. 

މި އެޕްލިކޭޝަން ބޭނުންކުރާ މީހުން ބުނާ ގޮތުގައި ރޭގެ ވަގުތުތަކުގައި ހިދުމަތަށް ބުރޫއެރި ނަމަވެސް މިހާރު އެޕްލިކޭޝަން ބޭނުންކުރެވެ އެވެ. 

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަނަކީ މި ހިދުމަތް ފެށީއްސުރެން މިއަދާ ހަމައަށް ބޮޑު މައްސަލަގަނޑެއްގެ ތެރޭގައި އޮތް ކަމެކެވެ. 

މި މައްސަލަ ފެން މަތިވީ، ވާދަވެރި ބީލަމަކަށް ނުގޮސް، މި އެޕްލިކޭޝަން ތައްޔާރުކުރުމުގެ މަސައްކަތް ސޮފްޓްވެއާ އުފެއްދުމުގެ ތަޖުރިބާ ނެތް ފިކްސްޑް މޯލްޑިވްސް ނަމަކަށް ކިޔާ ވިޔަފާރިއަކާ  13 މިލިއަން ރުފިޔާގެ އަގަކަށް ހަަވާލުކުރިކަން އެނގުނު ހިސާބުންނެވެ. 

"ފިކްސްޑް" ޑީލަކަށް 13 މިލިއަން ދީގެން ހެދި "ފަޅޯ" ޓެކްސީ އެޕް

އެމްޓީސީސީގެ ޓެކްސީ ހިދުމަތަށް ބޭނުންވާ އެޕްލިކޭޝަން ތައްޔާރުކުރުން، އެއްވެސް ތަޖުރިބާއެއް ނެތް އަމިއްލަ ކުންފުންޏަކަށް 13 މިލިއަން ރުފިޔާއަށް ސިއްރު ބިޑެއްގެ ދަށުން ހަވާލުކުރި. މި މުއާމަލާތުގައި ކޮރަޕްޝަނާއި އާއިލީ ގުޅުންތައް އެކުލެވޭ. ސިފަަވަނީ ކޮރަޕްޝަންގެ ނެޓްވޯކެއް.

އެ މައްސަލަ ފެންމަތިވެފައި އޮއްވާ މި އަހަރުގެ އޭޕްރިލް 2، ގައި ޓެކްސީ ހިދުމަތް އިފުތިތާހުކުރި ރޭ ފިކްސްޑް މޯލްޑިވްސްގެ ޓެކްސް އެޕްލިކޭޝަން ބޭނުންކުރަން ފެށި އެވެ. ނަމަވެސް މި ބޭނުންކުރަން ފެށި އިރު ހުރި ބޮޑެތި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން އެ ފަހަރު ވެސް ކަސްޓަމަރުންގެ ގިނަ މައުލޫމާތުތަކެއް ލީކުވި އެވެ. 

އެހާ ހިސާބުން އެޕްލިކޭޝަން ބޭނުންކުރުން ހުއްޓާލައި، ދެ ހަފުތާ ވަންދެން އެމްޓީސީސީގެ ޓެކްސީ ދަތުރުތައް ކުރީ އެއްވެސް އަގެއް ނުނަގާ މުޅިން ހިލޭ އެވެ. ދަތުރުތަކަށް އަގު ނަގަން ފެށީ ހޮޓްލައިން ނަމްބަރަކަށް ގުޅައިގެން ވެބް ޕޯޓަލަކުން ފައިސާ ދައްކާ ގޮތަށެވެ.

އެމްޓީސީސީގެ ޓެކްސީ އެޕްލިކޭޝަން ބޭނުންކޮށްގެން ހިދުމަތް ދެވޭ ވަރުވީ ހިދުމަތް ފެށިތާ ދެ މަސް ދުވަސް ފަހުން، މިދިޔަ ޖޫން 2، ގައި އެވެ. މައުލޫމާތު ލިބޭ ގޮތުގައި މިހާރު ބޭނުންކުރަމުން އަންނަ އެޕްލިކޭޝަނަކީ އެމްޓީސީސީގެ އައިޓީ ޑީޕާޓުމަންޓުން ތައްޔާރުކޮށްފައިވާ އެޕްލިކޭޝަނެކެވެ.

މި މައްސަލައިގައި މިއަދާ ހަމައަށް އައި އިރުވެސް އެމްޓީސީސީން ރަސްމީކޮށް އެއްޗެއް ނުބުނެ އެވެ. ނަމަވެސް މީގެ ކުރިން އަދަދު ނޫހުން ސުވާލުކުރުމުން އެމްޓީސީސީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައުދީ އެއްވެސް ގޯހެއް ހަދާފައި ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. 

ސައުދީ މިހެން ވިދާޅުވި ނަމަވެސް ފިކްސްޑް މޯލްޑިވްސްއާ މަަސައްކަތް ހަވާލުކުރުމުގައި ގިނަ ގޯސްތަކެއް ހިނގާފައިވާ ކަމަށް ބާރުދޭ ގިނަ މައުލޫމާތު ވަނީ ތިލަވެފަ އެވެ. މިހެން ނަމަވެސް މި މައްސަލަ ތަހުގީގުކުރަން ސަރުކާރުގެ ކަމާބެހޭ އިދާރާތަކުގެ މާ ބޮޑު ޝައުގުވެރިކަމެއް ހުރި ކަމަކަށް ވެސް ނުފެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޕާކިސްތާނުގައި ދިރިއުޅޭ ދިވެހިންނާ މުއިއްޒު ބައްދަލުނުކުރެއްވި

ޕާކިސްތާނަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ދައުވަތު ދެއްވުމަށްފަހު، އެންމެ ފަހުވަގުތު އެ ބައްދަލުވުން ކެންސަލްކުރުމުން އެތަނުގައި ތިބި ދިވެހިން ވަނީ ނުރުހުން ފާޅުކޮށްފައި. އެ ބައްދަލުވުން އޮންނާނެ ކަމަށް ބުނުމުން ތައްޔާރުވި ކަމަށް ދިވެހިން ބުނި.

އޮނަރަރީ ޑޮކްޓަރޭޓްގެ ޝަރަފު ގަބޫލެއް ނުކުރާނަން: ޔާމީން

ޕާކިސްތާނުން ރައީސް މުއިއްޒަށް އޮނަރަރީ ޑޮކްޓަރޭޓް އެރުވުމާ ގުޅިގެން، އެފަދަ ޝަރަފެއް އެމަނިކުފާނަށް އެރުވި ނަމަ ގަބޫލުނުކުރައްވާނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވި. ޔާމީން ވިދާޅުވީ ރާއްޖޭގެ ހާލަތު އޮތްގޮތުން މުއިއްޒަށް އެ ޝަރަފު ދޭންޖެހޭ ސަބަބެއް ނުވިސްނޭ ކަމަށާއި، އެކަމުގެ ސަބަބުން އެ ޝަރަފު އެރުވި ފަރާތުގެ އަގުވެސް ވެއްޓޭ ކަމަށް.

ރަސްމާލެ ވިއްކާލަށް ރައްޔިތުންގެ ވޯޓަކަށް ދާންޖެހޭ: ޔާމީން

ރަސްމާލެއިން ބައެއް ވިއްކާލުމަކީ ރައީސުލްޖުމްހޫރިއްޔާއަށް އަމިއްލައަށް ނިންމޭނެ ކަމެއް ނޫން ކަމަށާއި، އެއީ ރައްޔިތުންގެ މުސްތަގުބަލާ ގުޅިފައިވާ ކަމަކަށްވާތީ އެކަމުގައި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދާންޖެހޭނެ ކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވެއްޖެއެވެ. އަދި ރަސްމާލެއިން ދޫކޮށްލާ ބައި އަނބުރާ ނުހޯދޭނެ ކަމަށް ޔާމީން ވިދާޅުވި.

ޕާކިސްތާނަށް ކުރި ދަތުރު ނިންމާލުމަށްފަހު މުއިއްޒު މާލެއަށް

ޕާކިސްތާނުގެ ބޮޑުވަޒީރުގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު އެނބުރި ރާއްޖެ ވަޑައިގެންފިއެވެ. މި ދަތުރުފުޅުގައި ދެ ގައުމުގެ ދެމެދުގައި 20 އެމްއޯޔޫއެއްގައި ސޮއިކޮށް، ކުރިއަށް އޮތް ދެ އަހަރު ތެރޭގައި ވިޔަފާރީގެ މިންވަރު 200 މިލިއަން ޑޮލަރަށް އިތުރުކުރުމަށް ވަނީ އަމާޒު ހިފާފައެވެ.

"އަންހެނުން ގޭގައި ކުރާ މަސައްކަތުގައި އިގުތިސޯދީ އަގު އެބަހުރި"

އަންހެނުން ގޭގައި ކުރާ މަސައްކަތަކީ އިގުތިސޯދީ އަގެއް ހުރި ކަމެއް ކަމަށާއި، އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ދައުލަތުން ނުވަތަ ފިރިމީހާ ފައިސާ ދޭންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި. އޭނާ ވިދާޅުވީ ދަރިން ތަރުބިއްޔަތުކުރުމުގައި އަންހެނުން އަދާކުރާ މުހިންމު ދައުރަށް ބަލައި، ކުރިމަގުގައި ޕެންޝަނެއް ފަދަ އިނާޔަތެއް ދިނުމަކީ މުހިންމު ކަމެއް ކަމަށް.

ހުއްޓުމެއް ނެތި ވާރޭވެހި ހއ. އާއި ހދ.ގެ ރަށްތަކަށް ގެއްލުންތަކެއް

ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ހދ. އަތޮޅުގެ ރަށްތަކުގައި ފެންބޮޑުވެ، ގިނަ އަދަދެއްގެ ގެތަކަށާއި ހިފާގެންގުޅޭ ތަކެއްޗަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފައި. ހާއްސަކޮށް ނޮޅިވަރަމާއި، ކުޅުދުއްފުށި އަދި ނޮޅިވަރަންފަރުގެ ހާލަތު ގޯސްވެފައިވާއިރު، ސިފައިންނާއި ފުލުހުން ގުޅިގެން ފެން ހިންދުމާއި ވެލިބަސްތާ ޖެހުމުގެ މަސައްކަތް ދަނީ ކުރަމުން.

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ފުޅާކުރުމުން ނުރައްކާ ވާނެ: ނަޝީދު

ޕާކިސްތާނާއެކު އަސްކަރީ ގުޅުން ބަދަހިކުރުމަކީ އިންޑިއާގެ ކަންބޮޑުވުން އިތުރުވެ ރާއްޖޭގެ ސަލާމަތަށް ނުރައްކާވާނެ ކަމެއް ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވި. ރައީސް މުއިއްޒު ޕާކިސްތާނަށް ކުރައްވާ ދަތުރުފުޅުގައި އަސްކަރީ ދާއިރާ ހިމެނޭހެން ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރި.

Newsletter

Get the latest news delivered straight to your inbox