ހުސްވި ހަފުތާގައި އެންމެ ބޮޑު ހަރަދެއް ހިނގީ ސަބްސިޑީތަކަށް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަޖެޓު ފޮތް ވިދާޅުވެލައްވަނީ: މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަބްސިޑީއަށް އެންމެ ގިނައިން ހަރަދުކުރި އަހަރަށްވުން ގާތް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ބަޖެޓު ފޮތް ވިދާޅުވެލައްވަނީ: މިއީ ރާއްޖޭގެ ތާރީހުގައި ވެސް ސަބްސިޑީއަށް އެންމެ ގިނައިން ހަރަދުކުރި އަހަރަށްވުން ގާތް --- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ހުސްވި ހަފުތާގައި ސަރުކާރުން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ސަބްސިޑީތައް ދިނުމަށް ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ފިނޭންސް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ ވީކްލީ ފިސްކަލް ޑިވެލޮޕްމެންޓްސް ރިޕޯޓުގައި ދައްކާގޮތުން، މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ސަރުކާރުން ވަނީ ސަބްސިޑީތަކަށް 3.4 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ސަބްސިޑީތަކަށް ސަރުކާރުން ކުރި ހަރަދަށްވުރެ 78 ޕަސެންޓު އިތުރު އަދަދެކެވެ.

މި މަހުގެ 6، އާ ހަމައަށް ސަބްސިޑީތަކަށް ކުރި ހަރަދު ހުރީ 3.2 ބިލިއަން ރުފިޔާގަ އެވެ. 

Advertisement

މި އަދަދުތަކަށް ބަލާއިރު، މި އަހަރު ނިމޭއިރު ސަބްސިޑީތަކަށް ކުރާ ހަރަދު، މިދިޔަ އަހަރު ކުރި ޖުމުލަ ހަރަދަށްވުރެ އިތުރުވާނެ ކަމަށް ބެލެވެ އެވެ. މިދިޔަ އަހަރު ސަބްސިޑީތަކަށް ހަރަދުކޮށްފައި ވަނީ 4.4 ބިލިއަން ރުފިޔާ އެވެ. މިދިޔަ އަހަރަކީ ރާއްޖޭގެ ތާރީހުގައި އެންމެ ގިނައިން ސަބްސިޑީއަށް ހަރަދުކުރި އަހަރެވެ.

ސަބްސިޑީތަކަށް ކުރި ހަރަދު 

  • 2021 - 1.1 ބިލިއަން ރުފިޔާ
  • 2022 - 3.6 ބިލިއަން ރުފިޔާ
  • 2023 - 3.6 ބިލިއަން ރުފިޔާ
  • 2024 - 3.9 ބިލިއަން ރުފިޔާ
  • 2025 - 4.4 ބިލިއަން ރުފިޔާ
  • 2026 (އޯގަސްޓު 13، އާ ހަމައަށް) - 3.4 ބިލިއަން ރުފިޔާ

މި އަހަރުގެ ބަޖެޓުގައި ސަބްސިޑީއަށް ހަރަދުކުރުމަށް ކަނޑައެޅީ 2.9 ބިލިއަން ރުފިޔާ އެވެ. 

ސަބްސިޑީ ހަރަދު ވިދިވިދިގެން ފަސް ވަނަ އަހަރު ތިން ބިލިއަން ރުފިޔާއިން މައްޗަށް

މިއަހަރަށް ކަނޑައެޅި ބަޖެޓަށް ވުރެ އިތުރަށް ސަބްސިޑީއަށް ހަރަދުވެފައިވާއިރު، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ސަބްސިޑީ ދިނުމުގެ ސިޔާސަތު ތަންފީޒުކުރުން ވަނީ ހުއްޓާލާފަ. ސަބްސިޑީގެ ގޮތުގައި ހަރަދުކުރާ ހުރިހާ ފައިސާއެއް ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށް.

ސަބްސިޑީ ބަޖެޓު ހުސްވެގެން އިތުރަށް ހަރަދުކުރަން ޖެހިފައިވާއިރު، މިއީ ފާއިތުވި އަހަރުތަކުގެ ގިނަ ބަޖެޓުތަކުން ފެނުނު ކަމެކެވެ. ފިނޭންސުގެ ރެކޯޑުތަކުން ދައްކާ ގޮތުގައި 2022 ގައި ސަބްސިޑީތަކަށް ކުރާ ހަރަދު ތިން ބިލިއަން ރުފިޔާއަށް އުފުލުނު ފަހުން، ކޮންމެ އަހަރެއްގައި އެ އަދަދު އަންނަނީ އިތުރުވަމުންނެވެ. 

ސަބްސިިޑީތަކަށް މިހާ ބޮޑު ހަރަދެއް ކުރަން ޖެހިފައިވާއިރު، އެންމެނަށް ލިބޭ ގޮތަށް ސަބްސިޑީ ދިނުން ހުއްޓާލަން ބައިނަލްއަގުވާމީ މާލީ އިދާރާތަކުން ލަފާ ދެމުން އަންނަތާ ދަހަރުތަކެއް ވެއްޖެ އެވެ. މި ސަރުކާރު ހިމެނޭހެން ތިން ސަރުކާރެއްގައި ވަނީ މި ސިޔާސަތު ބަދަލުކުރަން މަސައްކަތްކޮށްފަ އެވެ. ނަމަވެސް އެއްވެސް ސަރުކާރަކަށް ބުނި ގޮތަށް އެ ސިޔާސަތު ތަންފީޒެއް ނުކުރެވެ އެވެ. 

އެންމެ ފަހުން މި ސަރުކާރުން ވަނީ މާހިރުންގެ ލަފަޔާ ހިލާފަށް، ބޭނުންޖެހިފައިވާ މީހުންނަށް އެކަނި ސަބްސިޑީ ދިނުމުގެ ސިޔާސަތު ދޫކޮށްލާފަ އެވެ. މިއީ މިދިޔަ އަހަރުގެ މެދުތެރެއިން ފެށިގެން ތަންފީޒުކުރާނެ ކަމަށް ސަރުކާރުން ބުނި ސިޔާސަތެކެެވެ. ބުނި ގޮތަށް ސަބްސިޑީ ސިޔާސަތު ބަދަލުނުކޮށް، ސަރުކާރުން ވަނީ ކަރަންޓު އުފެއްދުމުގެ އެފިޝަންސީ މަތިކޮށްގެން ސަބްސިޑީ ހަރަދުތައް ކުޑަކުރަން ނިންމާފަ އެވެ.

ބަޖެޓު 2026: ސަބްސިޑީ ޓާގެޓު ކުރުމުގެ ވިސްނުމެއް ނެތް

ސަބްސިޑީ ޓާގެޓުކުރުމަކީ ސަރުކާރުން މިދިޔަ އަހަރު އިއުލާން ކުރި ހޯމްގްރޯން ފިސްކަލް ރިފޯމް އެޖެންޑާގައި ހިމެނޭ ހަރަދު ކުޑަކުރުމުގެ ފިޔަވަޅެއް. ނަމަވެސް އެއްވެސް ސަބަބެއް ބުނުމެއް ނެތި އެ ސިޔާސަތު ތަންފީޒުނުކުރަން ސަރުކާރުން ވަނީ ނިންމާފައި.

ސަބްސިޑީގެ ގޮތުގައި ބަޖެޓުން ހަރަދު ކުރާ ހުރިހާ ފައިސާއެއް ދަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެ ގޮތުން ތެލާއި ކާޑު ސަބްސިޑީ ދަނީ އެއްކޮށް އެސްޓީއޯއަށެވެ. ކަރަންޓާއި ނަރުދަމާގެ ސަބްސިޑީ ލިބެނީ ފެނަކަ އާއި ސްޓެލްކޯ އާއި އެމްޑަބްލިޔުއެސްސީއަށެވެ.  ދަތުރުފަތުރުގެ ސަބްސިޑީ ލިބެނީ އެމްޓީސީސީއަށެވެ. ކުނި މެނޭޖުކުރުމުގެ ސަބްސިޑީ ލިބެނީ ވެމްކޯއަށެވެ. އަދި، މަސްވެރިކަމުގެ ސަބްްސިޑީ ލިބެނީ މިފްކޯއަށެވެ. 

އޭގެ އިތުރުން ސަރުކާރުން ވަނީ ސޯޝަލް ހައުސިން ޕްރޮޖެކްޓުތަކުން ތަރައްގީކޮށްފައިވާ ފްލެޓުތަކުގެ އަގު ހެޔޮކުރަން ހައުސިން ސަބްސިޑީގެ ގޮތުގައި ވެސް ފައިސާ ހަރަދުކޮށްފަ އެވެ. 

ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އަހަރުގެ މިހައިތަނަށް ހިލޭ އެހީ އާއި އާމްދަނީގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ ޖުމުލަ 27 ބިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 21 ބިލިއަން ރުފިޔާއަކީ ޓެހުކުގެ ގޮތުގައި ލިބުނު އާމްދަނީ އެވެ.

މި އަހަރުގެ މިހައިތަނަށް ސަރުކާރު ހިންގުމުގެ ހަރަދަށް 24 ބިލިއަން ރުފިޔާ ދައުލަތުން ހަރަދުކޮށްފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ މި މުއްތުގައި ހަރަދުކުރި އަދަދަށްވުރެ 20 ޕަސެންޓު އިތުރު އަދަދެކެވެ.

 މި އަދަދުތަކާއެކު މި އަހަރުގެ މިހާތަނަށް ދައުލަތުގެ ބަޖެޓު ވަނީ 950 މިލިއަން ރުފިޔާއިން ޑެފިސިޓްވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އުމްރާވެރިންގެ ފްލައިޓް އެންމެ ފަހުވަގުތު ކެންސަލްކޮށްފި

މެދުއިރުމަތީގެ މަސްރަހު ގޯސްވުމާ ގުޅިގެން، ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި އުމްރާއަށް ދާ 250 މީހުންނާއެކު ފުރަން އޮތް މޯލްޑިވިއަންގެ ފްލައިޓް ކުއްލި ގޮތަކަށް ވަނީ ފަސްކޮށްފައެވެ. އައިލެންޑް އޭވިއޭޝަނުން މި ނިންމުން ނިންމީ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމުގެ ގޮތުން ކަމަށާއި، މި ދަތުރު ދެން އޮންނާނެ ތާރީޚެއް ފަހުން އިއުލާންކުރާނެ ކަމަށް އެ ކުންފުނިން ބުނެއެވެ.

ޝަރުތު ހަމަވާ އެންމެނަށް ރަސްމާލޭން ގޯތި ލިބޭނެ: މުއިއްޒު

ރަސްމާލެ މަޝްރޫއުގެ ދަށުން ޝަރުތު ހަމަވާ އެންމެންނަށް ގޯތި ލިބޭނެކަމަށް މުއިއްޒު އިއުލާންކުރައްވައިފި. ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސްކީމްގެ ދަށުން ގޯއްޗަށް އެދި 22،500 އަށް ވުރެ ގިނަ ފޯމު ވަނީ ހުށަހަޅައިފައިވޭ.

2027 ގެ ބަޖެޓުގެ އަމާޒަކީ މަޝްރޫއުތަކުގެ 70 ޕަސެންޓު ނިންމުން

އަންނަ އަހަރުގެ ބަޖެޓުގެ އެންމެ ބޮޑު އަމާޒަކީ މިހާރު ހަވާލުކޮށްފައިވާ މަޝްރޫއުތަކުގެ 70 އިންސައްތަ ނިންމާލުން ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ. މީގެ އިތުރުން، އިގްތިސާދީ ގޮންޖެހުންތަކާއެކުވެސް ރާއްޖެ ޑިފޯލްޓްވުމުން ސަލާމަތްކުރެވިފައިވާ ކަމަށާއި، އާ މަޝްރޫއުތަކަށްވުރެ ބޮޑަށް އިސްކަންދޭނީ ފަށާފައިވާ މަސައްކަތްތައް ނިންމުމަށް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަސްމާލެ އެއްބަސްވުން މަޖިލީހުގެ ކޮމިޓީއަކަށް ފޮނުވަނީ

ރަސްމާލެ މަޝްރޫއުގެ ފުރިހަމަ އެއްބަސްވުން އެއްބަސްވުން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީއަކަށް ފޮނުއްވާނެ ކަމަށް މުއިއްޒު ވިދާޅުވެއްޖެ. މުއިއްޒު ވިދާޅިވީ މި މަޝްރޫއުގެ ކަންކަން ކުރިއަށްދާނީ ދެފުށް ފެންނަ ގޮތަށް ކަމަށާއި، އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަނީ ކަންކަން އޮޅުވާލައި މަޝްރޫއު ހުއްޓުވުމަށް ކަމަށް.

"މޯލްޑިވްސް ގްރޫޕް އޮފް ހޮސްޕިޓަލްސް" އުފައްދަނީ

މި ބަދަލުގެ ސަބަބުން ސިއްހީ ދާއިރާގެ އިސްރާފު ކުޑަވެ، ވަސީލަތްތައް ހަމަހަމައަށް ބޭނުންކުރެވި، ރާއްޖޭގެ ކޮންމެ ސަރަހައްދަކުންވެސް ފެންވަރު ރަނގަޅު ފަރުވާ ލިބޭނެ މަގު ފަހިވެގެންދާނެ ކަމަށް މުއިއްޒު ވިދާޅުވި. އަންނަ އަހަރުގެ ބަޖެޓާއެކު ފަށާ މި މަސައްކަތް ކުރިއަށް އޮތް ހަތަރު މަސްދުވަހުގެ ތެރޭގައި ނިންމުމަށް ސަރުކާރުން ވަނީ އަމާޒު ހިފާފަ.

"ޕަޕެޓު" ސިޔާސަތު ވަޅުލައިފި ކަމަށް މުއިއްޒު ވިދާޅުވެއްޖެ

ކުރީ ސަރުކާރުން ވަކި ގައުމެއްގެ "ޕަޕެޓަކަށް" ވެފައި އޮތް އޮތުން ނިމުމަކަށް ގެނެސްފައިވާ ކަމަށް ވިދާޅުވެ، މުއިއްޒު ވަނީ ޕާކިސްތާނާއެކު ހެދި އަސްކަރީ އެއްބަސްވުންތައް ދިފާއުކުރައްވާ. ރާއްޖޭގެ ސަލާމަތާއި ގާބިލުކަން އިތުރުކުރުމަށް ކޮންމެ ގައުމަކާއެކު ވެސް މަސައްކަތް ކުރިޔަސް، ބައިނަލްއަގުވާމީ މައިދާނުގައި ޒިންމާދާރު ގައުމަކަށް ވާނެ ކަމަށް ވިދާޅުވި.

ސްޕޮންސާ ކޮށްފައިވާ ހަބަރު އެނގޭނޭހެން ރިޕޯޓުކުރަން ގޮވާލައިފި

ސްޕޮންސާ ކޮށްގެން ގެނެސްދޭ ޕްރޮމޯޝަނަލް ކޮންޓެންޓާއި މިނިވަން ނޫސްވެރިކަމުގެ ޚަބަރުތައް ވަކިވާނެހެން ލޭބަލްކުރުމަށް އެމްޖޭއޭއިން ނޫސް އިދާރާތަކަށް ގޮވާލައިފިއެވެ. އެ ޖަމިއްޔާއިން މިކަމަށް އިލްތިމާސްކުރީ ޔޫއޭއީގެ ކުންފުންޏެއްގެ ސްޕޮންސަރުގައި ޚަބަރު ފަތުރާ ނޫސްވެރިންނަށް އިންޒާރުދޭ މައްސަލައެއް ފެންމަތިވުމާ ގުޅިގެން، ނޫސްވެރިންގެ ރައްކާތެރިކަން ކަށަވަރުކުރުމަށެވެ. އަދި ނޫސްވެރިންނަށް އިންޒާރުދޭ މައްސަލަ ތަހުގީގުކޮށްދިނުމަށް އެދި އެމްޖޭއޭއިން ވަނީ ފުލުހަށް ހުށަހަޅާފައެވެ.

Newsletter

Get the latest news delivered straight to your inbox