ޕްރިމިއާ ލީގުގެ އާ ސީޒަނަށް ގަވާއިދުތަކަށް ބޭނުންތެރި ބަދަލުތަކެއް

Aug 21, 2026, 3:35 PM
އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް މަގާޅައެސް.

އާސެނަލްގެ ޑިފެންޑަރު ގަބްރިއެލް މަގާޅައެސް.

ލަންޑަން (އޮގަސްޓް 21) - އިނގިރޭސި ޕްރިމިއާ ލީގުގެ އާ ސީޒަން މިރޭ ފަށާއިރު، އިންޓަނޭޝަނަލް ފުޓްބޯލް އެސޯސިއޭޝަން ބޯޑް (އައިފެބް) އިން ވަނީ މި ސީޒަނުގައި، އާ ގަވާއިދުތަކަކަށް އަމަލުކުރަން ނިންމާފައިވާކަން އިއުލާނުކޮށްފަ އެވެ. 

އާ ގަވާއިދުތައް ގެންނަ މުހިންމު ކަންކަމަށް ބަލާއިރު، ވީޑިއޯ އެސިސްޓަންޓް ޓެކްނޮލޮޖީ (ވީއޭއާރް) ބޭނުންކުރުމުގައި އަމަލުކުރާނެ އާ ގޮތްތަކަކާއި ވަގުތު ބޭކާރު ކުރުމަށް ކުޅުންތެރިން ކުރާ ކަންކަން ހުއްޓުވާނެ ގޮތާއި އަނިޔާވެެގެން ކުޅުންތެރިންނަށް ފަރުވާދިނުަމަށް ފަހު އަމަލުކުރާނެ ގޮތުގެ އިތުރުން، ޓެކްޓިކަލް ކަންކަމަށް ބޭނުންކުރާ ޓައިމްއައުޓްގެ ކަންކަމަށް ހައްލު ހޯދާނެ ގޮތްތައް ހިމެނެ އެވެ. 

ވީއޭއާރް އަށް މި ފަހަރު އިތުރުވާނެ އެއް ކަަމަކީ ސެމީ އޮޓޮމޭޓެޑް އޮފްސައިޑް ޓެކްނޮލޮޖީ ބޭނުންކުރާނެ އެވެ. އެއީ، އޮފްސައިޑް ނިންމުންތަކަށް މެޗު ހުއްޓިފައި އޮތް މިންވަރު މަދުކުރުމަށެވެ. ފައުލު ދިނުމުގައި ކުޅުންތެރިއެއްގައި ގައިގައި ކޮންޓެކްޓް ވެފައި ހުރި ގޮތް ދެނެގަތުމަށް، ކޮންމެ ކޮންޓެކްްޓަކީ ފައުލެއް ނޫން ކަމަށް ބަަލަން ވީއޭއާރް އާއި ރެފްރީ އަށް ވަނީ އަންގައިފަ އެވެ. ކުޅުންތެރިއަކަށް ދެ ވަނަ ރީނދޫ ކާޑެއް ދައްކާ ހާލަތެއްގައި މި ސީޒަނުގައި ވީއޭއާރް ބެލޭނެ އެވެ. 

Advertisement

އަނިޔާ ވެގެން ބަަދަލުކުރާ ކުޅުންތެރިއަކަށް ދެން ކުޅެން އެރޭނީ އެއް މިނިޓް ވުމުންނެވެ. ކުރިން އޮތީ 30 ސިކުންތުގެ ވަގުތަކަށް ދަނޑުބޭރުގައި މަޑުކުރަން ޖެހޭ ގޮތަށެެވެ. އެއްލުން އެއްލުމާއި ގޯލްކިކް ޖެހުމުގައި ފަސް ސިކުންތަށް ވުރެން ލަސްވެއްޖެނަމަ، އެއް ލުމެއްގައިނަމަ ދޭނީ އަނެއް ޓީމަށް އެއް ލުމެކެވެ. ގޯލްކިކެއްނަމަ އިދިކޮޅު ޓީމަކަށް ކޯނަރެކެވެ. 

ކުޅުންތެރިއެއް ބަދަލުކުރަން މި ފަހަރުގެ ސީޒަނުގައި ލިބޭނީ 10 ސިކުންތުގެ ވަގުތެކެވެ. އެ މުއްދަތުގެ ތެރޭގައި ބަދަލުނުކުރެވިއްޖެނަަމަ، ދެން، އެ ބަދަލު ކުރެވޭނީ އަލުން މެޗު ފަށާފައި އެއް މިނިޓް ހިނގާ ފަހުންނެވެ. 

މި ސީޒަނުގަައި އަންނާނެ ބޮޑު ބަދަލެއްގެ ގޮތުގައި ބެލެވެނީ، ގޯލްކީޕަރު ޓެކްޓިކަލް ޓައިމް އައުޓް އެވެ. ގޯލްކީޕަރަށް އަނިޔާވެގެން މެޗު ހުއްޓާލާފައި އޮންނަ މުއްދަތުގައި، އެ ޓީމެއްގެ ކޯޗެއް އިހުތިޔާރުކުރާ ކުޅުންތެރިއަކު، އަލުން މެޗު ފެށުމަށް ފަހު، އެއް މިނިޓަށް ދަނޑުން ފައިބަންޖެހެ އެެވެ. 

ޕްރޯ ރެފް އިން ބުނިގޮތުގައި، މި ބަދަލު ގެންނަ އެންމެ ބޮޑު ސަބަބަކީ، ގޯލްކީޕަރަށް ލިބޭ އަނިޔާ އަށް ފަރުވާ ހޯދާ ވަގުތަކީ، ޓީމުތަކުގެ ކޯޗުން ކުޅުންތެރިންނަށް ޓެކްޓިކަލް ކަންކަން ކިޔައިދިނުމާއި މެޗު ލަސްކުރުމަށް ބޭނުންކުރާ އުކުޅަކަށްވާތީ އެވެ. 

މި ފަހަރުގެ ސީޒަނަށް އަންނާނެ ކަމަށް ކުރިން ބެލެވުނު އެހެން ނަމަވެސް، ބޭނުންނުކުރާ ބަދަލުތަކެއް ވެސް ވެ އެވެ. އެ ގޮތުން، ވީއޭއާރުން ގޯސްކޮށް ދިން ކޯނަރެއްތޯ މި ސީޒަނުގައި ނުބަލާނެ އެވެ. ފީފާ ވޯލްޑް ކަޕްގައި އޮތްގޮތަށް ލާޒިމްކޮށް، ހައިޑްރޭޝަން ބްރޭކެއް ނޯންނާނެ އެވެ. އޭގެ ބަދަލުގައި، ކުރިން ވެސް އަމަލުކުރަމުން އައި ގޮތަށް މެޗު ކުޅޭ ވަގުތު 30 ޑިގްރީ ސެލްސިއަސް އަށް ވުރެން މަތިވެއްޖެނަމަ، ހައިޑްރޭޝަން ބްރޭކް ދޭނެ އެވެ. 

އިދިކޮޅު ޓީމުގެ ކުޅުންތެރިއަކާ ވާހަކަ ދައްކާއިރު އަނގަމަތީގައި އަތްއެޅި ކަމުގައި ވިޔަސް، ރަތް ކާޑެއް ދައްކަން ނުބަލާނެ އެވެ. އެކަމަކު، ކުޅުންތެރިއަކާ ނަސްލީ ގޮތުން ދިމާކޮށްފިނަަމަ، އެކަން ބެލުމަށްޓަކައި، ތުރީ ސްޓެޕް ޑިސްކްރިމިނޭޝަން ޕްރޮޓޮކޯލް ބޭނުންކުރާނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox