ކައުންސިލްތަކުން ބަލަހައްޓާ ބިިންތައް ސަރުކާރަށް ނެގުމުގެ ކުރިން ރައްޔިތުންގެ ހިޔާލު ހޯދަން ލާޒިމުކުރަން އިސްލާހެއް

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ކައުންސިލެއްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ބިމެއް ނުވަތަ ވަސީލަތެއް މައި ސަރުކާރަށް ނަގާނަމަ، އެ ރަށެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އިތުރުން، ކައުންސިލާ މަޝްވަރާކުރަން އޭނާ ހުށަހެޅުއްވި އިސްލާހުގައި ލާޒިމުކޮށްފައިވޭ -- ފޮޓޯ: މަޖިލިސް

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): ކައުންސިލެއްގެ ބެލުމުގެ ދަށުގައިވާ އެއްވެސް ބިމެއް ނުވަތަ ވަސީލަތެއް މައި ސަރުކާރަށް ނަގާނަމަ، އެ ރަށެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމުގެ އިތުރުން، ކައުންސިލާ މަޝްވަރާކުރަން އޭނާ ހުށަހެޅުއްވި އިސްލާހުގައި ލާޒިމުކޮށްފައިވޭ -- ފޮޓޯ: މަޖިލިސް

ރަށެއްގެ އިހުތިސާސަށް ނުވަތަ ވަސީލަތަކަށް ބަދަލުގެންނަން މައި ސަރުކާރުން ނިންމާނަމަ، އެ ރަށެއްގެ ރައްޔިތުންގެ ހިޔާލު ހޯދަން ލާޒިމުވާ ގޮތަށް ހިމަނައި، ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނަގާ ބިލަށް އިސްލާހެއް ހުށަހަޅައިިފި އެވެ.

ތުޅާދޫ ދާއިރާގެ މެންބަރު، އަބްދުލްހަންނާނު އަބޫބަކުރު މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް އެ އިސްލާހު ހުށަހެޅުއްވީ ގަލޮޅުު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އޭނާ ހުށަހެޅުއްވި އިސްލާހުގައި ހިމަނާފައި ވަނީ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސަށް ނުވަތަ އެ ރަށެއްގެ ކައުންސިލުގެ ވަސީލަތަކަށް މައި ސަރުކާރުން ބޭނުންވެއްޖެ ހާލަތެެއްގައި ބަދަލެއް ގެނެވޭނީ ނުވަތަ އުނިކުރެވޭނީ އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ކައުންސިލާ މަޝްވަރާ ކުރުމަށްފަހު ކަމަށެވެ.

އެފަދަ ހާލަތްތަކުގައި އަމަލުކުރާނެ އުސޫލުތަކާއި މައި މަރުކަޒީ ސަރުކާރާއި ރަށު ކައުންސިލް ނުވަތަ ސިޓީ ކައުންސިލްތަކާ މަޝްވަރާ ކުރުމުގެ މަރުހަލާތައް ބަޔާންކުރާ ގަވާއިދެއް ލޯކަލް ގަވަމެންޓް އޮތޯރިޓީ (އެލްޖީއޭ) އިން އެކުލަވާލައި އާންމުކުރަންވާނެ ކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

ކައުންސިލުތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭ އިސްލާހު ގާނޫނުއަސާސީއާ ހިލާފު: މައުރޫފް

ކައުންސިލްތަކުގެ އިހުތިސާސްގައިވާ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އޭނާ ތުހުމަތު ކުރެއްވި ގޮތުގައި މި ބަދަލަކީ ލާމަރުކަޒީ ނިޒާމު ފުނޑުފުނޑުކޮށް، ކައުންސިލްތަކުގެ ބާރު ކަނޑުވާލުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެކެވެ.

އޭގެ އިތުރުން، ރަށެއް ނުވަތަ ސިޓީއެއްގެ އިހުސާސަށް ބަދަލެއް ގެންނަން ސަރުކާރުން ބޭނުންވާ ހާލަތުގައި، އެކަމެއް ކުރުމުގެ ކުރިން އެ ރަށެއް ނުވަތަ ސިޓީއެއްގެ ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި އާންމު ބައްދަލުވުމެއް ބާއްވަން އެ އިސްލާހުގައި ލާޒިމުކޮށްފައިވެ އެވެ.

އަދި، ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސަށް ނުވަތަ ވަސީލަތަކަށް ބަދަލެއް ގެންނަން ސަރުކާރުން ބޭނުންވެއްޖެ ނަމަ، އެކަން ކުރަންޖެހޭ ސަބަބާއި އެ ނިންމުމުގެ ސަބަބުން އާންމު މަސްލަހަތު ހިމާޔަތްކުރެވޭ ގޮތުގެ ތަފުސީލީ ބަޔާނެއް މަރުކަޒީ ސަރުކާރުން ލިޔުމުން އެކުލަވާލައި އާންމުކުރަން ޖެހޭނެކަމަށް ވެސް އެ އިސްލާހުގައި ބަޔާންކޮށްފައިވެ އެވެ.

ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ރަށްރަށުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް މެންބަރު، ހަންނާނު ހުށަހެޅުއްވި ބިލު މިއަދު ވަނީ މަޖިލީހަށް ބަލައިގެންފަ އެވެ. ހަންނާނުއަކީ މިނިވަން މެންބަރެއް ނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކީގަ އެވެ.

އެ ބިލު މަޖިލީހަށް ބަލައިގަތީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 55 މެންބަރުންގެ ވޯޓުންނެވެ. އެ އިސްލާހު މަޖިލީހަށް ބަލައިގަތުމާ ދެކޮޅަށް އަށް މެންބަރކު ވޯޓުދެއްވި އެވެ.

ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ހުށަހެޅި ބިލު ޕީއެންސީގެ ފުރިހަމަ ތާއީދާއެކު ބަލައިގެންފި

ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހުތިސާސުން ބިންތައް ވަކިކޮށް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހު މަޖިލީހުން މިއަދު ބަލައިގެންފިއެވެ.

ބިލުގައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

ލާމަރުކަޒީ ގާނޫނަށް ދެން ގެންނަ ބަދަލުތައް ހުށަހަޅާފައި ވަނީ ކައުންސިލު މެންބަރުންގެ ސުލޫކީ މިންގަނޑަށެވެ. މި މިންގަނޑަށް އިތުރުކުރާ ކަންކަމުގައި ވަނީ، ސަރުކާރަށް ފުރިހަމައަށް އެއްބާރުލުން ދޭން ކައުންސިލަރުންނަށް މަޖުބޫރުކުރާ ގޮތަށެވެ. 

އޭގެ އިތުރުން، މަގުބޫލު ސަބަބެއް ނެތި ސަރުކާރުގެ މަޝްރޫއުތަކަށް ހުރަސްއެޅޭ ގޮތަށް އަމަލުކޮށްގެން ނުވާނެ ކަމަށް ހިމަނަން ވެސް ވަނީ ހުށަހަޅާފަ އެވެ. އަދި، އެފަދަ މަޝްރޫއުތައް ހުއްޓުވުމަށް ނިންމުންތައް ނިންމައިގެން ނުވާނެ ކަމަށް ވެސް ބަދަލުތަކުގައި ވެ އެވެ. 

 އެ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، އެ ބިލާ ދެކޮޅަށް އާންމުންގެ ތެރެއިން ބަޔަކު އިއްޔެ ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. މިހާރު ބަދަލުތަކާ ދެކޮޅަށް ސޮއިކުރަމުން އަންނަ ޕެޓިޝަނުގައި ވަނީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދަން ގޮވާލާފަ އެވެ.  

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox