ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތާމެދު ހުރި ކަންބޮޑުވުންތަކާ ގުޅޭ ސުވާލުތަކާއެކު އިހުސާންއަށް ސިޓީއެއް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): މިނިސްޓަރު އިހުސާންއަށް ފޮނުވި ސިޓީގައި އޭނާ ވަނީ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރާމެދު ހުރި ގިނަ ކަންބޮޑުވުންތަކާ ބެހޭ މައުލޫމާތު ސާފުކުރަން އެދިފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): މިނިސްޓަރު އިހުސާންއަށް ފޮނުވި ސިޓީގައި އޭނާ ވަނީ ހިންމަފުށީ ރިހެބިލިޓޭޝަން ސެންޓަރާމެދު ހުރި ގިނަ ކަންބޮޑުވުންތަކާ ބެހޭ މައުލޫމާތު ސާފުކުރަން އެދިފައި -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ކ. ހިންމަފުށީގައި ހިންގާ ޑްރަގް ޓްރީޓްމެންޓް އެންޑް ރިހެބިލިޓޭޝަން ސެންޓަރުގެ ހާލަތާމެދު ހުރި ކަންބޮޑުވުންތަކާ ގުޅޭ ސިޓީއެއް ހޯމް މިނިސްޓަރު، އަލީ އިހުސާންއަށް ފޮނުވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު، މުހައްމަދު އިބްރާހިމް ލިޔުމުން ޖަވާބު ހޯއްދެވުމަށް އެދިވަޑައިގެން ފޮނުއްވި ސިޓީގައި ވަނީ އެ ސެންޓަރުގެ ހާލަތާމެދު އެ ތަނުން ފަރުވާ ހޯދާ މީހުންނާއި އެ މީހުންގެ އާއިލާތަކުގެ އިތުރުން ކަމާބެހޭ ފަރާތްތަކުން ހާމަކޮށްފައިވާ ކަންބޮޑުވުންތަކާ ބެހޭގޮތުން މައުލޫމާތު ސާފުކުރުމަށް އެދިފަ އެވެ.

އެގޮތުން، އެ ސެންޓަރުގެ އިމާރާތުގެ ހާލަތާއި ކާބޯތަކެއްޗާއި އަސާސީ ހިދުމަތްތަކާއި ސެންޓަރު މަރާމާތު ކުރުމާއި އެ ތަނުން ދޭ ފަރުވާގެ ބާވަތުގެ އިތުރުން އެ ސެންޓަރުން ދޭ ފަރުވާގެ ފެންވަރާއި އެ ފަރުވާ ދޭން ތިބޭ މުވައްޒަފުންގެ އިންތިޒާމުތަކާއި ގާބިލުކަމާ ބެހޭ ގޮތުން އެ ސިޓީގައި ސުވާލު ހިމަނާފައިވެ އެވެ.

ފަރުވާއަށް ބޭނުންވެގެން ސެންޓަރަކަށް ދާ ކޮންމެ މީހަކަށް ވެސް ރައްކާތެރި، އިންސާނީ ކަރާމާތް ހިމާޔަތްކުރެވިފައިވާ ސައިންޓިފިކް ހެކިތަކުގެ މައްޗަށް ބިނާވެފައިވާ ފަރުވާއެއް ދިނުމަކީ މަސްތުވާތަކެއްޗާ ބެހޭ ގާނޫނާއި ބައިނަލްއަގުވާމީ އިންސާނީ ހައްގުތަކުގެ މިންގަނޑުތަކުގައި ހައްގެއް ކަމަށް ބަޔާން ކޮށްފައިވާކަން އެ ސިޓީގައި ފާހަގަކޮށްފައިވެ އެވެ.

އެ ކަންކަން އެގޮތުގައި ފުރިހަމަކޮށް ނުދެވޭނަމަ، ފަރުވާގެ ނަތީޖާ ގެއްލި އަލުން އެ ވަބާގެ ތެރެއަށް މީހާ ދިޔުމަށް މަގުފަހިވާ ކަމަށް ވެސް އެ ސިޓީގައި ބަޔާން ކޮށްފައިވެ އެވެ.

އެ ސުވާލުތަކަކީ އާންމު މަސްލަހަތާ ވަރަށް ބޮޑަށް ގުޅިފައިވާ ކަންކަމަށް ވާތީ ވީހައިވެސް އަވަހަކަށް އެ ސުވާލުތަކުގެ ޖަވާބުދެއްވުމަށް އެ ސިޓީގައި އެދިފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox