ސަރުކާރުން ބުނީ ނީލަމުގައި ވިއްކާލީ ރައީސްއަކު ބޭނުން ނުކުރާ، ކަތުރުފަނި އަޅާފައިވާ މޭޒެއް ކަމަށް

ރައީސް އޮފީހުން ނީލަމުގައި ވިއްކާލި ބައެއް ފަރުނީޗަރު. މީގެ ތެރޭގައި ކުރީގެ ފަސް ރައީސުން ބޭނުން ކުރެއްވި މޭޒެއް ވެސް ހިމެނޭ

ރައީސް އޮފީހުން ނީލަމުގައި ވިއްކާލި ބައެއް ފަރުނީޗަރު. މީގެ ތެރޭގައި ކުރީގެ ފަސް ރައީސުން ބޭނުން ކުރެއްވި މޭޒެއް ވެސް ހިމެނޭ

ރައީސް އޮފީހުން ނީލަމުގައި ވިއްކާލާފައިވަނީ ކަތުރުފަނި އެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވި މޭޒެއް ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު) މިއަދު ވިދާޅުވެއްޖެ އެވެ. 

މުންދު ނެރުއްވި ނޫސްބަޔާނެއްގައި ވިދާޅުވީ ނީލަމުގައި ވިއްކާލާފައިވާ ކަމަށް ބުނެ މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މެޒަކީ ރާއްޖޭގެ އެއްވެސް ރައީސަކު އެއްވެސް ދުވަސްވަރެއްގައި ބޭނުންފުޅުކުރައްވާފައިވާ ރަސްމީ މޭޒެއް ނޫން ކަމަށެވެ. 

"މީޑިއާގައި ދައުރުވަމުންދާ ފޮޓޯގައިވާ މޭޒުކޮޅު މި އޮފީހުން ނީލަމަށްލާފައިވާނީ، ކަތުރުފަނިއެޅުމުގެ ސަބަބުން ބޭނުން ނުކުރެވޭވަރަށް ހަލާކުވެ، ބަލަހައްޓަން ދަތިވުމުގެ ސަބަބުން، ދައުލަތުގެ މިފަދަ މުދާ ނީލަމަށްލުމަށް އޮންނަ އުސޫލުތަކާއި އިޖްރާއަތުތަކާ އެއްގޮތްވާގޮތުގެ މަތިން،" އޭނާ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

ނަމަވެސް ނީލަމުން މޭޒުކޮޅުތަކާއި ބައެއް ގޮނޑިތައް ގަތް ފަރާތުން އަދަދު އަށް ބުނީ، އެ ތަކެތި މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ނީލަންކީއިރު ރައީސް އޮފީހުން ދިން މައުލޫމާތުގައި އެއީ ފަސް ރައީސަކު ބޭނުންކުރެއްވި މޭޒުކޮޅެއް ކަމަށް ބުނެފައިވާ ކަމަށެވެ.

ނީލަމުގައި ވިއްކާލި ތަކެތީގެ ތެރޭގައި ރާއްޖޭގެ ފަސް ރައީސަކު ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ އިތުރުން، ނައިބު ރައީސުން ބޭނުންކުރެއްވި މޭޒުކޮޅަކާއި، ކުރީގެ ބައެއް ރައީސުން ބޭނުންކުރެއްވި ކޮފީ ޓޭބަލްއެއް އަދި އަގުބޮޑު ގޮނޑިތަކެއް ހިމެނެ އެވެ. މީގެއިތުރުން ރައީސުންގެ މޭޒުކޮޅުގައި ބޭނުންކުރި ބައެއް ފޯނުތަކާއި ކަބަޑުގެ އިތުރުން ދައުލަތުގެ ބައެއް އެހެން މުދާވެސް ވަނީ ނީލަންކިޔާފަ އެވެ.

ފަސް ރައީސުން ބޭނުންކުރެއްވި ތާރީހީ މޭޒުކޮޅެއް އާސަރުނުކޮށް ނީލަމުގައި ވިއްކާލައިފި

"މިއީ ވަރަށް ތާރީހި އަދި ދައުލަތުގެ މަތީ ފަންތީގެ ނިންމުންތައް ނިންމެވުމުގައި ބޭނުންކުރެއްވި މުހިންމު މުދަލެއް،" މައުލޫމާތު ދިން އެއް ބޭފުޅަކު ވިދާޅުވި އެވެ.

ނައިބު ރައީސުންގެ މޭޒުކޮޅަކީ ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ވަހީދުންދީން ބޭނުންކުރެއްވި މޭޒުކޮޅެއް ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

މި އަގުބޮޑު ތާރީހީ މޭޒުކޮޅު ނީލަމުގައި ގަތީ 12500ރ. އަށް ކަމަށް އެ ގަތް މީހަ ބުންޏެވެ. އޭނާ ބުނީ ރައީސް އޮފީހުން ބުނާ ގޮތުގައި އެ މޭޒުކޮޅަކީ ޕޮލެންޑުން އެތެރެކުރި މޭޒުކޮޅެކެވެ. 

އެނާ ކިޔައިދިން ގޮތުގައި މިއީ އިސްކުރެއް ވެސް ނުޖެހޭ ގޮތަށް ރާވާލާފައިވާ، އަގުބޮޑު ލަކުޑިން ތައްޔާރުކޮށް، ކަސްޓަމައިޒްކޮށްފައިވާ މޭޒުކޮޅެކެވެ. 

ދައުލަތުގެ އެންމެ މަތީ ވެރިން ބޭނުންކުރެއްވި މިފަދަ ތާރީހީ ތަކެތި އާންމު ނީލަމެއްގައި ވިއްކާލުމަކީ، ރާއްޖޭގެ ސިޔާސީ ތާރީހާ ގުޅުންހުރި މުހިންމު އާސާރުތަކެއް ގެއްލިގެންދާނެ ކަމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox