އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއަޅައިގެން ރައީސް އޮފީސް ޖޫރިމަނާކޮށްފި

ރައީސް އޮފީސް: އެ އޮފީހުން އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅި މައްސަލައިގައި 2،000ރ. އިން ޖޫރިމަނާކުރަން ވަނީ ނިންމާފައި - ފޮޓޯ: އަދަދު

ރައީސް އޮފީސް: އެ އޮފީހުން އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅި މައްސަލައިގައި 2،000ރ. އިން ޖޫރިމަނާކުރަން ވަނީ ނިންމާފައި - ފޮޓޯ: އަދަދު

އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއަޅައިގެން ރައީސް އޮފީސް 2،000ރ. އިން މިއަދު ޖޫރިމަނާކޮށްފި އެވެ.

 އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު ވިދާޅުވީ ރައީސް އޮފީސް ޖޫރިމަނާކުރަން ނިންމީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން އެ އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް ފޯރުކޮށްދޭން ދޭ މުއްދަތުތަކުގައި ޖަވާބު ފޯރުކޮށްނުދޭތީ ކަމަށެވެ. 

"އަޅުގަނޑު މި ގަސްދުކުރަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ވަރަށް ގިނަފަހަރު މިގޮތަށް ޖަވާބުތައް ފޯރުކޮށްދިނުމަށް ފުރުސަތު ދިނުމުންވެސް އޮގޮތަށް އަމަލުކޮށްފައި ނުވާތީވެ، ގާނޫނުގެ 67 ވަނަ މާއްދާ ނ ގެ (2) ގެ ދަށުން އެއީ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބުތަކަށް ހުރަސްއެޅުން ކަމަށް ބެލެވި ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ޖޫރިމަނާކުރުމަށް،" އާހިދު ވިދާޅުވި އެވެ. 

އާހިދު ވިދާޅުވީ ރައީސް އޮފީހުން މައުލޫމާތު ފޯރުކޮށްނުދީގެން ބާއްވާ ފުރަތަމަ އަޑުއެހުންތަކުގައި މައުލޫމާތު ފޯރުކޮށްދޭން އަންގާ މުއްދަތުތަކުގައި އެ މައުލޫމާތު ފޯރުކޮށްނުދިނުމަކީ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅޭފަދަ އަމަލެއް ކަމަށެވެ. 

"އެކުއެކީގައި މިއަދު މި ބޭއްވުނު ފަސް ޝަކުވާގައި އިދާރާއިން އަމަލުކޮށްފައިވާ ގޮތްތަކަށް ބަލާއިރުގައި އިދާރާއިން މައުލޫމާތު ފޯރުކޮށްދިނުމަށް ކަނޑައަޅާފައިވާ މުއްދަތުތަކުގައި ފުރަތަމަ ބައްދަލުވުމުގައި ފޯރުކޮށްދިނުމަށް އެދި ފުރުސަތު ދިނުމަށްފަހު ޖަވާބު ދިނުމަށް އެންގޭ އެންގުމަށް އިދާރާއިން އެއްގޮތަކަށްވެސް އަމަލުކޮށްފައި ނުވާ ނުވުމަކީ ގާނޫނުގައި ކަނޑައަޅާފައިވާ އިންފޮމޭޝަން ކޮމިޝަނަރުގެ ވާޖިބަށް ހުރަސްއެޅުން ކަމުގައި ބެލެވޭފަދަ އަމަލެއް،" އާހިވު ވިދާޅުވި އެވެ. 

ރައީސް އޮފީހުން ހޯދަން އެދޭ މައުލޫމާތުތައް އެ ކޮމިޝަނުން ފޯރުކޮށްދޭން އައިކޮމްއިން ތަކުރާރުކޮށް އެންގުމުންވެސް ފޯރުކޮށްނުދޭކަން ފާހަގަކުރެވެ އެވެ. އޭގެއިތުރުން ފޯރުކޮށްދޭ މައުލޫމާތުތައް ފުރިހަމަ ނުވުމާއި، ނުގުޅޭ ޖަވާބުތައް ދިނުންވެސް ހިމެނެ އެވެ. 

އަދަދު ނޫހުން ރައީސް އޮފީހުން ހޯދަން އެދިފައިވާ މައުލޫމާތުތައް ފޯރުކޮށްނުދީގެން އެ ނޫހުން ޝަކުވާ ހުށަހެޅުމުން އައިކޮމް އިން މިދިޔަ ހަފްތާގައި ނިންމާފައިވަނީ އިތުރަށް ދޭ މުއްދަތުގައި މައުލޫމާތު ފޯރުކޮށްނުދީފިނަމަ ރައީސް އޮފީހުގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް (ޕީޖީ) އަށް ފޮނުވުމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox