ފަސް ރައީސުން ބޭނުންކުރެއްވި ތާރީހީ މޭޒުކޮޅެއް އާސަރުނުކޮށް ނީލަމުގައި ވިއްކާލައިފި

Aug 23, 2026, 9:42 AM
ރައީސް އޮފީހުން ނީލަމުގައި ވިއްކާލި ބައެއް ފަރުނީޗަރު. މީގެ ތެރޭގައި ކުރީގެ ފަސް ރައީސުން ބޭނުން ކުރެއްވި މޭޒެއް ވެސް ހިމެނޭ

ރައީސް އޮފީހުން ނީލަމުގައި ވިއްކާލި ބައެއް ފަރުނީޗަރު. މީގެ ތެރޭގައި ކުރީގެ ފަސް ރައީސުން ބޭނުން ކުރެއްވި މޭޒެއް ވެސް ހިމެނޭ

ދިވެހިރާއްޖޭގެ ދައުލަތުގެ އެންމެ މަތީ ވެރިން ބޭނުންކުރެއްވި ތާރީހީ ގޮތުން މުހިންމު ތަކެތި އާސާރީ ތަކެތީގެ ގޮތުގައި ރައްކާތެރިކުރުމުގެ ބަދަލުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކުރިއަށްގެންދިޔަ ނީލަމެއްގައި އެ ތަކެތި ވިއްކާލައިފި އެވެ.

މި ނީލަމުގައި ވިއްކާލި ތަކެތީގެ ތެރޭގައި ރާއްޖޭގެ ކުރީގެ ރައީސުންނާއި ނައިބު ރައީސުން ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅުތަކާއި އެ ނޫންވެސް ބައެއް މުހިންމު ފަރުނީޗަރު ހިމެނެ އެވެ.

މި ނީލަމުގައި ވިއްކާލި ތަކެތީގެ ތެރޭގައި ރާއްޖޭގެ ފަސް ރައީސަކު ބޭނުންކުރެއްވި ރަސްމީ މޭޒުކޮޅެއްގެ އިތުރުން، ނައިބު ރައީސުން ބޭނުންކުރެއްވި މޭޒުކޮޅަކާއި، ކުރީގެ ބައެއް ރައީސުން ބޭނުންކުރެއްވި ކޮފީ ޓޭބަލްއެއް އަދި އަގުބޮޑު ގޮނޑިތަކެއް ހިމެނެ އެވެ. މީގެއިތުރުން ރައީސުންގެ މޭޒުކޮޅުގައި ބޭނުންކުރި ބައެއް ފޯނުތަކާއި ކަބަޑުގެ އިތުރުން ދައުލަތުގެ ބައެއް އެހެން މުދާވެސް ވަނީ ނީލަންކިޔާފަ އެވެ.

ނީލަމުން މޭޒުކޮޅުތަކާއި ބައެއް ގޮނޑިތައް ގަތް ފަރާތުން ބުނީ، އެ ތަކެތި މީގެ ދެ ހަފުތާއެއްހާ ދުވަސްކުރިން ނީލަންކީއިރު ރައީސް އޮފީހުން ދިން މައުލޫމާތުގައި އެއީ ފަސް ރައީސަކު ބޭނުންކުރެއްވި މޭޒުކޮޅެއް ކަމަށް ބުނެފައިވާ ކަމަށެވެ. އަދި ނައިބު ރައީސުންގެ މޭޒުކޮޅަކީ ކުރީގެ ނައިބު ރައީސް މުހައްމަދު ވަހީދު ހަސަން މަނިކާއި ވަހީދުންދީން ބޭނުންކުރެއްވި މޭޒުކޮޅެއް ކަމަށް ވެސް ރައީސް އޮފީހުން މައުލޫމާތު ދީފައިވާ ކަމަށް އޭނާ ބުންޏެވެ.

ރައީސް އޮފީހުން ނީލަމުގައި ވިއްކާލި ބައެއް ފަރުނީޗަރު. މީގެ ތެރޭގައި ކުރީގެ ފަސް ރައީސުން ބޭނުން ކުރެއްވި މި ވެސް ހިމެނޭ
ރައީސް އޮފީހުން ނީލަމުގައި ވިއްކާލި ބައެއް ފަރުނީޗަރު. މީގެ ތެރޭގައި ކުރީގެ ފަސް ރައީސުން ބޭނުން ކުރެއްވި މި ވެސް ހިމެނޭ

އިތުބާރު ހުރި މަސްދަރުތަކުން ކަށަވަރުކޮށްދިން ގޮތުގައި، ރައީސުން ބޭނުންކުރެއްވި މޭޒުކޮޅަކީ ރައީސް އޮފީހުގެ އާ އިމާރާތް ބޭނުންކުރަން ފެށުމަށްޓަކައި، ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ރަސްމީ މޭޒުކޮޅެއްގެ ގޮތުގައި ބޭނުންކުރައްވަން ފެއްޓެވި މޭޒުކޮޅެކެވެ. އެއަށް ފަހު، މުހައްމަދު ނަޝީދު،  މުހައްމަދު ވަހީދު ހަސަން މަނިކު، އަބްދުﷲ ޔާމީން، އިބްރާހިމް މުހައްމަދު ސޯލިހު، މި މޭޒުކޮޅު ރަސްމީ ބޭނުންތަކަށް ބޭނުން ކުރެއްވި ކަމަށް މައުލޫމާތު ދެއްވި ދެ މަސްދަރަކުން ވިދާޅުވި އެވެ. 

"މިއީ ވަރަށް ތާރީހި އަދި ދައުލަތުގެ މަތީ ފަންތީގެ ނިންމުންތައް ނިންމެވުމުގައި ބޭނުންކުރެއްވި މުހިންމު މުދަލެއް،" މައުލޫމާތު ދިން އެއް ބޭފުޅަކު ވިދާޅުވި އެވެ. 

މި އަގުބޮޑު ތާރީހީ މޭޒުކޮޅު ނީލަމުގައި ގަތީ 12500 ރުފިޔާއަށް ކަމަށް އެ ގަތް މީހަ ބުންޏެވެ. 

އެނާ ކިޔައިދިން ގޮތުގައި މިއީ އިސްކުރެއް ވެސް ނުޖެހޭ ގޮތަށް ރާވާލާފައިވާ، އަގުބޮޑު ލަކުޑިން ތައްޔާރުކޮށް، ކަސްޓަމައިޒްކޮށްފައިވާ މޭޒުކޮޅެކެވެ. 

"ރައިސް އޮފިހުން ބުނި ގޮތުގައި މިއީ ޕޮލެންޑުން އެތެރެކުރި ހާއްސަ މޭޒުކޮޅެއް،" ނީލަމުން ގަތް މީހާ ބުންޏެވެ. 

މި މޭޒުކޮޅު ބެލިއިރު، މޭޒުގެ ވަތްގަނޑުތައް ހުރީ ދޫނުވެ، ވަރަށް ބަރާބަރަށް މަސައްކަތްކުރާ ހާލަތުގަ އެވެ. ތަޅުގަނޑުތައް ވެސް އެބަ ހުއްތެވެ. ނީލަމުގައި މި މޭޒުކޮޅު ވިއްކާލުމުގެ ކުރިން މޭޒުގައި ހަރުކޮށްފައި ހުރި ދައުލަތުގެ ނިޝާން ނައްޓާލާފައިވެ އެވެ. 

ނީލަމުން މޭޒު ގަތް މީހާ އިތުރަށް ބުނީ، މިފަދަ ތާރީހީ މޭޒުކޮޅެއް އޭނާގެ އަތުގައި ހުރި ވާހަކަ ގައުމީ ދާރުލްއާސާރަށް އެންގި ކަމަށެވެ. ނަމަވެސް ދާރުލްއާސާރުން ބުނީ އެ މޭޒުކޮޅު އާސާރުގައި ބަހައްޓަން ބޭނުންނަމަ، ދާރުލްއާސާރަށް އެ މޭޒުކޮޅު ހަދިޔާކުރަން ޖެހޭނެ ކަމަށެވެ.

ދައުލަތުގެ އެންމެ މަތީ ވެރިން ބޭނުންކުރެއްވި މިފަދަ ތާރީހީ ތަކެތި އާންމު ނީލަމެއްގައި ވިއްކާލުމަކީ، ރާއްޖޭގެ ސިޔާސީ ތާރީހާ ގުޅުންހުރި މުހިންމު އާސާރުތަކެއް ގެއްލިގެންދާނެ ކަމެކެވެ. 

ރައީސުން ބޭނުންކުރެއްވި މޭޒުކޮޅު ނީލަމުގައި ވިއްކާލުމާ ގުޅޭ ގޮތުން ރައީސް އޮފީހުގެ ބަހެއް އަދި ނުލިބެ އެވެ.

ނީކަމުގައި ވިއްކާލި އިތުރު ބައެއް ތަކެތީގެ ފޮޓޯ

ނައިބު ރައީސުން ބޭނުން ކުރެއްވި މޭޒުކޮޅެއް
ބައެއް ރައިސުން ބޭނުންކުރެއްވި މޭޒުކޮޅެއް
ކަޅު ލަކުޑީގެ ދެ ގޮނޑި
ނައިބު ރައީސުން ބޭނުން ކުރެއްވި މޭޒުކޮޅެއް

ކޮމެންޓް

ފަހުގެ ޚަބަރު

މާލޭ ބަނދަރު ތިލަފުއްޓަށް ބަދަލު ކުރުމުގެ މަސައްކަތް ފަށައިފި

މާލޭ ވިޔަފާރި ބަނދަރުން ދެމުންއައި ކަނޑުމަގުން ކޮންޓޭނަރު ކްލިއާކުރުމުގެ ޚިދުމަތް، ތިލަފުށީގައި އަލަށް ހެދި ކީވޯލް ސަރަހައްދަށް މިހާރު ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ހުޅުމާލެ ޓާމިނަލްގެ އޮޕަރޭޝަންތަކަށް ލުއިލިބޭނެ ކަމަށް އެމްޕީއެލްއިން ބުނާއިރު، ކާބޯތަކެއްޗާއި ބޭހުގެ ބާވަތްތައް އަދިވެސް މާލެ އާއި ހުޅުމާލެއިން ކްލިއާ ކުރެވޭނެއެވެ.

ހުރިހާ ދީންތައް ހިމާޔަތް ކުރަން ހުށަހެޅި ބިލު މަޖިލީހުން ނަގައިފި

ގާނޫނުލް އުގޫބާތަށް ގެންނަ އިސްލާހުތަކަކުން ހުރިހާ ދީންތަކެއް ހިމާޔަތް ކުރަން މަޖިލީހަށް ބިލެއް ހުށަހެޅީ ސަރުކާރުގެ ފަރާތުން މާފަންނު ދެކުނު ދާއިރާގެ މެންބަރު އަބްދުﷲ ރިފާއު އެވެ. އެ ބިލު ތައްޔާރު ކުރެއްވީ ބަންޑާރަނައިބު އަހުމަދު އުޝާމް އެވެ.

ކޮމާޝާލް އެގްރީމެންޓް ރައްޔިތުންނަށް އެނގޭކަށް ނުޖެހޭ: ފަޒީލް

ރަސްމާލެ މަޝްރޫއު ހިންގުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެފައިވާ އެއްބަސްވުމުގެ ތަފްސީލު ރައްޔިތުންނަށް އެނގެން ނުޖެހޭ ކަމަށާއި، އެއީ ދޭދޭ ފަރުދުންގެ މެދުގައި ވެފައިވާ އެއްބަސްވުމެއް ފަދަ ކަމެއް ކަމަށް މެންބަރު ފަޒީލް ވިދާޅުވެއްޖެއެވެ.

ރަސްމާލޭގެ ލީސް އާވާ ކޮންމެ ފަހަރަކު 99 އަހަރު ލިބޭ

ރައީސް އެހެން ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީގެ މަޖިލިސް މެންބަރުންނާއި ކެބިނެޓު މެންބަރުންނާއެކު މިއަދު މެންދުރު މުލީއާގޭގައި ބޭއްވި ބައްދަލުވުމެއްގަ އެވެ. ރައީސް އެހެން ވިދާޅުވިކަން އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ވަނީ އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

ރަސްމާލެ ވިއްކާ އެއްބަސްވުމުގަ ނޮވެމްބަރު 17 ގެ ކުރިން ސޮއިކުރަނީ

ރަސްމާލޭގެ 500 ހެކްޓަރު އީގަލް ހިލްސްއަށް ވިއްކާލުމުގެ ދާއިމީ އެއްބަސްވުމުގައި ނޮވެމްބަރު 17، ގެ ކުރިން ސޮއި ކުރާނެ ކަމަށް މުއިއްޒު، މެންބަރުންނަށް އެންގެވި ކަމަށް އެ ބައްދަލުވުމުގައި ބައިވެރިވި މަސްދަރަކުން ބުންޏެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

ދީނާ އެއް އަހަރާއި ހަތް މަހަށް ޖަލަށް ލާން ހުކުމްކޮށްފި

ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށް ސާބިތުވެ އޭނާގެ މައްޗަށް މި ހުކުމް އައީ ފެނަކައަށް 8 ލައްކައަށް ވުރެ ގިނަ ރުފިޔާގެ ގެއްލުން ލިބުނު މައްސަލައެއްގައެވެ. މީގެ އިތުރުން ކޮރަޕްޝަނުގެ އިތުރު ދެ މައްސަލައެއްގެ ދައުވާ ވެސް ދައުލަތުން އޭނާގެ މައްޗަށް އުފުލާފައިވެއެވެ.

Newsletter

Get the latest news delivered straight to your inbox