ކުރީގެ ދެ ރައީސުން ތިނަދޫގެ އައު ޖެޓީ ހުޅުވައިދެއްވައިފި

ކުރީގެ ދެ ރައީސުން، މުހައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތިނަދޫ ސިޓީގެ އައު ޖެޓީ ހުޅުވައިދެއްވަނީ -- ފޮޓޯ: ސްނެޕްޝޮޓް

ކުރީގެ ދެ ރައީސުން، މުހައްމަދު ނަޝީދު އަދި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތިނަދޫ ސިޓީގެ އައު ޖެޓީ ހުޅުވައިދެއްވަނީ -- ފޮޓޯ: ސްނެޕްޝޮޓް

 ކުރީގެ ދެ ރައީސުން ކަމުގައިވާ، މުހައްމަދު ނަޝީދު އާއި އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ތިނަދޫއަށް ކުރައްވާ ދަތުރުގެ ތެރެއިން އެ ސިޓީގެ ކައުންސިލުން ތަރައްގީކުރި އައު ޖެޓީ، މިރޭ ހުޅުއްވައިދެއްވައިފި އެވެ.

ނަޝީދު އާއި ޔާމީން އެ ސިޓީއަށް ވަޑައިގެންނެވީ ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރުމަށް ކުރިއަށް ގެންދާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ.

ތިނަދޫ ސިޓީގެ މޭޔަރު، ސައުދު އަލީ މީގެ ކުރިން ވިދާޅުވެފައި ވަނީ އެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ ދައުވަތު ހުރިހާ ރައީސުންނަށް ވެސް އެރުވި ކަމަށެވެ. އެހެންނަމަވެސް، އެ ދައުވަތު ގަބޫލުކުރެއްވީ ޔާމީން އާއި ނަޝީދު ކަމަށް އޭނާ ވިދާޅުވި އެވެ.

Advertisement

ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވިތާ 60 އަހަރުފުރުން ފާހަގަކުރުމަށް ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިޔުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ރާވައިފަ އެވެ. އެގޮތުން، ޅަނދު ބުރަކާއި، ކުޅިވަރު ހަރަކާތްތަކާއި ތިނަދޫއަށް އެކި ގޮތްގޮތުން ހިދުމަތް ކޮށްދީ ހިދުމަތް ކުރަމުން ގެންދާ މީހުންނަށް ޝަރަފުގެ އިނާމާއި ހިތްވަރުދިނުމުގެ އިނާމު ދިނުމަށް ނިންމާފައިވާ ކަމަށް ސައުދު މީގެ ކުރިން ވިދާޅުވި އެވެ. އޭގެ އިތުރުން، އެކަމުގެ މުނާސަބާގައި ހާއްސަ ޖަލްސާއެއް ބޭއްވުމަށް ވެސް ތައްޔާރުވަމުންދާ ކަމަށް ސައުދު ވިދާޅުވި އެވެ.

ތިނަދުއިން މީހުން ބޭލި ހާދިސާއަކީ 1962 ވަނަ އަހަރު ހިނގައިދިޔަ ސުވަދީބް ބަގާވާތާއި ގުޅިފައިވާ ހާދިސާއެކެވެ. އެ ބަގާވާތުގެ ތެރެއިން، ރާއްޖޭގެ ދައުލަތުން ވަކިވެގަތުމަށް މަސައްކަތްކުރި ކަމަށް ބުނާ ދެކުނުގެ ތިން އަތޮޅުގެ މައި ރަށްކަމުގައިވާ ތިނަދޫ އަށް އޭރުގެ ބޮޑު ވަޒީރު އިބްރާހިމް ނާސިރު ސިފައިންނާއެކު ވަޑައިގެންނެވިކަމަށް ތާރީހީ ލިޔުންތަކުގައިވެ އެވެ.

އޭގެ ފަހުން އެ ރަށުގައި ހަމަނުޖެހުންތަކެއް ހިނގައި ނާސިރު ވަނީ ތިނަދޫ އިން މީހުން ބާލުވާފަ އެވެ. އެ މައްސަލައިގައި ތިނަދޫގެ އާންމުންގެ ތެރެއިން ބައެއް މީހުން މަރުވެ، ލާއިންސާނީ އަމަލުތަކެއް ހިންގާފައިވާ ކަމަށް ބައެއް ފަރާތްތަކުން ބުނެ އެވެ.

ތިނަދޫގައި ދެވަނަ ފަހަރަށް މީހުން އާބާދުވީ އޭގެ ހަތަރު އަހަރުފަހުން 1966 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox