މުއިއްޒު ދަނީ ރާއްޖެ ބަގާވާތަކަށް ފައްކާކުރައްވަމުން: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: މުއިއްޒު ދަނީ ރާއްޖެ ރޫޅާލަން މަސައްކަތް ކުރައްވަމުން ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: މުއިއްޒު ދަނީ ރާއްޖެ ރޫޅާލަން މަސައްކަތް ކުރައްވަމުން ކަމަށް އެމަނިކުފާނު ވިދާޅުވި -- ފޮޓޯ: އަދަދު

މުހައްމަދު މުއިއްޒު ދަނީ ރާއްޖެ ރޫޅާލުމަށް މަސައްކަތް ކުރައްވައި، ގައުމު ބަގާވާތަކަށް ފައްކާ ކުރައްވަމުން ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ރޭ ވިދާޅުވެއްޖެ އެވެ. 

ތިނަދޫގައި ބޭއްވި "އާބާދީ 60" ޖަލްސާގައި ނަޝީދު ވިދާޅުވީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވޭ ޖަޒީރާ ގައުމުން އަތޮޅުތައް އުވާލައްވައި މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވަނީ ރާއްޖެ ރޫޅާލައި، ބަގާވާތަކަށް ފައްކާ ކުރައްވަމުން ކަމަށެވެ. 

"ރައީސް ޑރ. މުއިއްޒު އަނެއްކާ ތި ފައްކާކުރައްވަނީ ރަނގަޅު ބަގާވާތެއް. ދިވެހިރާއްޖެ ރޫޅާލުމަށް ތިބޭފުޅާ ތި މަސައްކަތް ކުރައްވަނީ. ފުރަތަމަ އުވާލެއްވީ އަތޮޅުތައް. މި ދިވެހިރާއްޖެއަކީ އަތޮޅުތަކެއްގެ މައްޗަށް އެކުލެވިގެންވާ ޖަޒީރާ ގައުމެއް. މިތަނުގައި އަތޮޅު އުވާލައިފި. ހުވަދުއަތޮޅެއް ނެތް. މިއީ ދުނިޔޭގައި އޮތް އެންމެ ބޮޑު އަތޮޅު،" ނަޝީދު ވިދާޅުވި އެވެ. 

ނަޝީދު ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ބަދަލު ގެނެސް ތިނަދޫ ރައްޔިތުން އަތުން ބިންތައް އަތުލައްވާއިރު ރަށުގެ ތާރީހަށް މުއިއްޒު ވިސްނާވަޑައިގަންނަވަން ޖެހޭ ކަމަށާއި އެ ރަށްރަށުގެ ރައްޔިތުން ނުކުމެ ވެރިކަން ބަދަލުކުރައްވަނީ ރައްޔިތުންނަށް ޖައްސާ ހާލުން ކަމަށެވެ. 

"ޑރ. ރައީސް މުއިއްޒު ވަރަށް ރަނގަޅަށް  އަޑުއައްސަވާތި ދެނެގަންނަވާތި ތިޔަ ބިންތައް ތިނަދޫ ރައްޔިތުން އަތުން، ހުވަދޫ ރައްޔިތުން އަތުން ތިބޭފުޅާ އަތުލައްވާއިރުގައި މި ރަށްރަށުގެ ތާރީހަށް ވިސްނަވާތި. މި ރަށްރަށް ތެދުވަނީ ކީއްވެގެންތޯ، އިހުތިޖާޖަށް ނުކުމެ ވެރިކަންތައް ބަދަލުކުރަނީ އެބޭފުޅުންނަށް، އެ ރައްޔިތުންނަށް ކޮން ހާލެއް ޖެހުނީމަތޯ. ހުވަދޫ މައްސަލަ ގުޅިފައި އޮތީ ލާމަރުކަޒީ ނިޒާމު ނެތުމާއި، މާލެއިން ކަންކަން ހިންގުމަށް މާލޭގައި ތިބި ވެރިން މާ ބޮޑަށް އިސްވެގަތުން. 

ގާނޫނަށް ބަދަލު ގެނެސްގެން ވަޒީރުންގެ މަޖިލީހަށް ރަށްރަށުގެ ބިންތައް ރަށުގެ އިހުތިސާސުން ވަކިކުރެވޭ ގޮތަށް ބަދަލުކޮށްފިނަމަ ރައްޔިތުން މަޑުން ނުތިބޭނެކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ އެކަމާ ދެކޮޅަށް ރައްޔިތުން ތެދުވާނެ ކަމަށެވެ. 

ބިލު އޮތް ގޮތުން ރައްޔިތުންގެ ބިންތައް ވެސް ނަގައި ބޭނުން ބަޔަކަށް ދެވޭ: ނަޝީދު

ސަރުކާރުގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ އިހުތިސާސުން ބިން ވަކިކުރެވޭ ގޮތަށް ހުށަހެޅި އިސްލާހަކީ ގާނޫނުއަސާސީއާ ހިލާފު، ރައްޔިތުންގެ އަމިއްލަ ބިންތައްވެސް ނެގުމުގެ ފުރުސަތު އޮތް ބިލެއް ކަމަށް ނަޝީދު ވިދާޅުވި. އެމަނިކުފާނު ވަނީ ބިލު މަޖިލީހުން ބޭރުކޮށްލުމަށާއި، ފާސްވި ނަމަވެސް އެ ބިލު ތަސްދީގު ނުކުރެއްވުމަށް އެދިވަޑައިގެންފައި.

"ވަޒީރުންގެ މަޖިލީހަށޭ އެނގިވަޑައިގަންނަވާނީ މި ރަށްރަށުގައި ކުރަންވީ މަސައްކަތް. ނޫން. އެހެނަކުން ދިވެހި ރައްޔިތުން މަޑަކުން ނުތިބޭޭނެ.  ދިވެހި ރައްޔިތުން ޑރ. މުއިއްޒު ތެދުވާނެ. މި ރާއްޖެ ފަހަތަށް ދިޔުމަކަށް އެ ރައްޔިތުން ޖާގައެއް ނުދޭނެ. އަޅުގަނޑުމެންވެސް ތެދުވާނަން،" ނަޝީދު ވިދާޅުވި އެވެ. 

ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ރަށްރަށުގެ އިހުތިސާސުން ވަކިކޮށް ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ހުށަހެޅުއްވީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ މިނިވަން މެންބަރެއް ނަމަވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) އާ އެކީގަ އެވެ.

ބިލުގައި ވަނީ ސަރުކާރުގެ މަޝްރޫއުތައް ހިންގުމަށް ޓަކައި ކައުންސިލެއްގެ އިހުތަސާސްގެ ތެރޭގައި ހިމެނޭ ބިމެއް ނުވަތަ ތަނެއް ވަކިކުރުމަށް ވަޒީރުންގެ މަޖިލީހުން ނިންމުމަށް ފަހު، ކައުންސިލުގެ މިލްކިއްޔާތުން އެ ތަނެއް ވަކިވާނެ ކަމަށެވެ. އަދި، އެ ތަނަކީ ދައުލަތުގެ ފުރިހަމަ ބާރު ހިނގާ ބިމާއި ތަންތަނަށް ވެގެން ދާނެ އެވެ. 

ހަމަ އެހެންމެ، ރަށްރަށުގެ ފިޒިކަލް ޑިވެލޮޕްމަންޓު ޕްލޭން ފާސްކުރުމުގެ ކުރިން ވެސް ސަރުކާރުން ތަރައްގީގެ މަޝްރޫއުއެއް ހިންގަން ބިމެއް ހޯދަން އެދޭ ހާލަތްތަކުގައި އެ ބިން ސަރުކާރާ ހަވާލުކުރަން ޖެހެ އެވެ. 

އެ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، އިދިކޮޅު އެމްޑީޕީން ބުނަމުން ދަނީ އެ އިސްލާހަކީ ގާނޫނުއަސާސީއާ މުޅީން ހިލާފު ބިލެއް ކަމަށެވެ. ނަމަވެސް، ޕީއެންސީގެ މެންބަރުން ގެންދަވަނީ އެ ބިލު ދިފާއުކުރައްވަމުންނެވެ.

އެ ބިލު މަޖިލީހަށް ބަލައިގެންފައިވާއިރު، އެ ބިލާ ދެކޮޅަށް އާންމުންގެ ތެރެއިން ބަޔަކު ވަނީ ޕެޓިޝަނެއްގައި ސޮއިކުރަން ފަށައިފަ އެވެ. މިހާރު ބަދަލުތަކާ ދެކޮޅަށް ސޮއިކުރަމުން އަންނަ ޕެޓިޝަނުގައި ވަނީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދަން ގޮވާލާފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox