20 ޕަސަންޓް މާރުކުރަން މަޖުބޫރުކޮށްފިނަމަ ޓޫރިޒަމް ދާއިރާއަށް ލޮޅުންއަރާނެ: ނަޝީދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: 20 ޕަސަންޓް މާރުކުރަން މަޖުބޫރުކޮށްފިނަމަ ޓޫރިޒަމް ދާއިރާއަށް ލޮޅުންއަރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ކުރީގެ ރައީސް މުހައްމަދު ނަޝީދު: 20 ޕަސަންޓް މާރުކުރަން މަޖުބޫރުކޮށްފިނަމަ ޓޫރިޒަމް ދާއިރާއަށް ލޮޅުންއަރާނެ ކަމަށް ވިދާޅުވި -- ފޮޓޯ: އަދަދު

ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް ބޮލަކަށް 500 ޑޮލަރު މާރުކުރަން އޮތް އިހުތިޔާރު އުވާލައި، ޖުމްލަ އާމްދަނީގެ 20 ޕަސެންޓު މާރުކުރަން މަޖުބޫރުކޮށްފިނަމަ ޓޫރިޒަމް ދާއިރާއަށް ބޮޑު ލޮޅުމެއް އަރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިރޭ ވިދާޅުވެއްޖެ އެވެ. 

އެމްޑީޕީން ބާއްވާ "ދަތިވެއްޖެ" މުޒާހަރާގައި ނަޝީދު ވިދާޅުވީ 20 ޕަސަންޓު މާރުކުރަން މަޖުބޫރުކުރުމާ ގުޅޭގޮތުން ހަގީގީ ހިސާބެއް ޖެހުމުން ޓޫރިމް ދާއިރާއެއް އަންނާނެ ލޮޅުން އަންދާޒާ ކުރެވޭނެ ކަމަށެވެ. 

"20 ޕަސަންޓަކީ ފައިދާއެއް ނޫން. އެއްވެސް ރިސޯޓެއްގެ ފައިދާއަކީ 20 ޕަސަންޓު ކަމުގައި މިހާރު އެއްވެސް މީހަކަށް ނުދެކެވޭނެ. ހަގީގީ މަންޒަރެއް، ހަގީގީ ހިސާބުތަކެއް ޖައްސަވައިފިއްޔާ އެނގޭނެ ޓޫރިޒަމް އިންޑަސްޓްރީއަށް ވަރަށް ބޮޑު ލޮޅުމެއް އަންނާނެ 20 ޕަސަންޓް މާރުކުރަން މަޖުބޫރުކޮށްފިނަމަ،" ނަޝީދު ވިދާޅުވި އެވެ. 

ވިޔަފާރިވެރިން ހޯދާ ފައިސާ އެއްތަނުން އަނެއް ތަނަށް ދިޔުން ހުއްޓުވައިފިނަމަ، ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާ އެކު އެމީހުން އަތުގައި ހުރި ފައިސާ ރާއްޖެއިން ގެންދިޔުން އެއީ އެކަށީގެންވާ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.

މީގެއިތުރުން  ނަޝީދު ވިދާޅުވީ ރިސޯޓުތަކަށް މީހުން އިންވެސްޓްކޮށްފައި ހުރީ ދަރަންޏަށް ފައިސާ ނަގައިގެން ކަމަށްވާއިރު، އެ ފައިސާވެސް ދެއްކޭނެ ގޮތެއް އޮންނަންވާނެ ކަމަށެވެ. 

"20 ޕަސަންޓަކީ އެ ބޭފުޅުންގެ ރިސޯޓްތަކަށް އިންވެސްޓްކުރި މީހުން. އެ މީހުން އެ އިންވެސްޓްކުރި ފައިސާ އިންވެސްޓްކޮށްފައި ހުރީވެސް ދަރަންޏަށް ފައިސާ ނަގައިގެން. އެ ދަރަނި އެމީހުން އަނބުރާ ދައްކަންޖެހޭ،" ނަޝީދު ވިދާޅުވި އެވެ.

"އަދި ހަމަ އެހެންމެ ވިޔަފާރިވެރިއެއް ރާއްޖެއަށް އައިސް އިންވެސްޓް މިކުރަނީ ފައިދާއެއް ހޯދުމަށްޓަކައި. އޭނާގެ ފައިދާ ބޭނުން ގޮތަކަށް ހަރަދުކުރުމުގެ އިހްތިޔާރު އޭނާއަށް އޮންނަންޖެހޭނެ. އެއީ އޭނާގެ ފައިސާ. ސަރުކާރުގެ ފައިސާއެއް ނޫން." 

ސަރުކާރުން ޑޮލަރު ހޯދަން ގެންގުޅޭ ސިޔާސަތުގެ ސަބަބުން ރާއްޖެއިން ޑޮލަރު ދަނީ މަދުވަމުންކަން ފާހަގަކުރައްވާ ނަޝީދު ވިދާޅުވީ ރާއްޖެ މިހާރު މިސްރާބު ޖަހާފައިވަނީ ހައިޕާ އިންފްލޭޝަނާ ދިމާލަށް ކަމަށެވެ. 

އެމްއެމްއޭއިން ބުނި ގޮތުގައި، ބޭރު ފައިސާއާ ބެހޭ ގާނޫނަށް ބަދަލުތައް ގެންނަނީ 500 ޑޮލަރު މާރުކުރެވޭ އިހުތިޔާރު އޮތުމުން މަތީ ފަންތީގެ ރިސޯޓުތަކުން މާރުކުރާ އަދަދާއި އެ ނޫން ރިސޯޓުތަކުން މާރުކުރާ އަދަދުގައި ފަރަގެއް އުޅޭތީ އެވެ.

އޭގެ އިތުރުން، ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުގެގެ ދަށުން ކެޓެގަރީ "ސީ" ގައި ހިމެނޭ ޓޫރިޒަމް ނޫން ވިިޔަފާރިތަކުގެ ތެރެއިން މާރުކުރަން ޝަރުތުހަމަވާ އާމްދަނީގެ މިންގަނޑު ވެސް ދަށްކޮށްފަ އެވެ. މިހާރު ގާނޫނުގައި އޮންނަނީ އަހަރެއްގެ ތެރޭގައި 15 މިލިއަން ޑޮލަރަށް ވުރެ ގިނައިން ލިބޭ ވިޔަފާރިތަކުން 20 ޕަސެންޓު މާރުކުރަން ޖެހޭނެ ކަމަށެވެ. އެމްއެމްއޭއިން މިހާރު ބޭނުންވަނީ މި އަދަދު 25 މިލިއަން ޑޮލަރަށް މަތިކުރާށެވެ.

ހިފެހެއްޓުމެއް ނެތި އުފުލެމުންދާ ޑޮލަރުގެ އަގު ރާއްޖޭގެ ކަޅު ބާޒާރުގައި މިވަގުތު ހުރީ 22.60ރ. އަށެވެ. އެއީ މިއީ މިއަދު ހެނދުނު ހުރި އަގަށްވުރެ 15 ލާރި ބޮޑު އަދަދެކެވެ. ކަޅު ބާޒާރުގައި މިއަދު ހެނދުނު ޑޮލަރުގެ އަގު ހުރީ 22.45ރ. އަށެވެ. މީގެ ކުރިން ދުވަހަކު ވެސް ރާއްޖޭގެ ޑޮލަރުގެ އަގު މިހައި މައްޗަކަށް ނުދެ އެވެ.

 ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުއްޓުމެއްނެތި އިންތިހާއަށް ބޮޑުވަމުންދާއިރު، ޑޮލަރު ލިބުމުގައި ވެސް ދަނީ ދަތިތައް ދިމާވަމުންނެވެ.

ޑޮލަރުގެ އަގަށް އަންނަ ބަދަލުތައް އަދަދު ނޫހުގެ ޑޮލަރު ޓްރެކަރ މެދުވެރިކޮށް ވަގުތުން ބަލާލެވޭނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މިއީ އިގްތިސާދީ ގޮތުން އެންމެ ގެއްލުން ބޮޑު ދައުރު: ފައްޔާޒް

މިހާރު ހިނގަމުންދާ ދައުރަކީ އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ރާއްޖެއަށް އެންމެ ބޮޑު ގެއްލުމެއް ލިބެމުންދާ ދައުރު ކަމަށާއި، ރާއްޖޭގެ އިގްތިސާދު 20 ނުވަތަ 30 އަހަރު ފަހަތަށް ސޮއްސާލާފައިވާ ކަމަށް ފައްޔާޒް ވިދާޅުވެއްޖެ.

"މަސްހުނިކުރާ ރާއްޖެއަކީ ކާބަފައިން ހިމާޔަތްކުރި ގައުމެއް ނޫން"

ކޯޕަރޭޓް އުސޫލުން ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވެވޭ ގޮތަށް ހިންގާ މަޝްރޫއުތަކުގެ ސަބަބުން ގައުމުގެ ދީނާއި ސަގާފަތާއި އަމިއްލަވަންތަކަމަށް ބޮޑު ނުރައްކަލެއް އޮތް ކަމަށް އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ.

ފަސް ތަރީގެ މެންހެޓަން ގްރޭންޑް ހޮޓެލް ހުޅުވައިފި

މެންހެޓަން ގްރޭންޑުގައި 158 ކޮޓަރި އާއި ހަތަރު ރެސްޓޯރަންޓާއި 7500 އަކަފޫޓުގެ އިވެންޓު ހޯލެއް ހުންނާނެ އެވެ. އަދި ފަސް ތަރީގެ އެހެން ހޮޓާތަކެކޭ އެއްގޮތަށް ލަގްޒަރީ އެހެނިގެން ހިދުމަތްތަކާއި ސްވިމިން ޕޫލް ފަދަ ތަންތަން ވެސް ހުންނާނެ އެވެ.

ޕީއެސްއައިޕީ މަޝްރޫއުތަކުގެ ތަފުސީލު ހޯދަން ޝާކިރުގެ ސިޓީއެއް

މި ސިޓީގައި މެންބަރު ޝާކިރު ވަނީ 2027 ވަނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓާ ގުޅޭގޮތުން ހުރި ބޮޑެތި ކަންބޮޑުވުންތަކެއް ހިއްސާކުރައްވާފަ އެވެ.

ވާރޭގެ ސަބަބުން ކޮލަމާފުށީގެ ބައެއް މީހުން ހާލުގައި ޖެހިއްޖެ

އިއްޔެ ވެހުނު ވާރޭގައި ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން މުޅި ރަށް އޮތީ ފެނު އަޑީގަ އެވެ. ޝަހާމަތު ވިދާޅުވީ ގާތްގަނޑަކަށް 85 ގެތަކަށް (60 ގެއަށް) ފެން ވަން ކަމަށެވެ. އަދި ބައެއް ގެތަކުގައި ދެ ފޫޓާ ހަމައަށް ފެން ހުރި ކަމަށް ވެސް އޭނާ ބުންޏެވެ.

އަލައްބާރަކީ އަނެއްހެން ވަރަށް ރަނގަޅު ބޭފުޅެއް: އުޝާމް

އުޝާމް ވިދާޅުވީ، ފަލަސްތީނު ރައްޔިތުންނަށް އެހީތެރިވުމުގެ ގޮތުން އެ ގައުމުގައި 5000 ގެ އެޅުމުގެ މަސައްކަތެއް ވެސް އީގަލް ހިލްސްއިން ފެށިކަމަށް އަލައްބާރު ބުނި ކަމަށެވެ. އިޒްރޭލާއެކު ގުޅުން ބާއްވަނީ ހަމައެކަނި އެ ބޭނުމުގައި ކަމަށް އޭނާ ބުނިކަމަށް އެ ބައްދަލުވުމުގައި އުޝާމް ވިދާޅުވި އެވެ.

މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ގޮވާލައިފި

ތަކެތީގެ އަގާއި ޓެކްސް ބޮޑުވުމާއި، ގައުމުގެ މުދާ ރަހުނުކޮށް ލޯނު ނަގަމުންދާ ކަމަށް ބުނެ ރައީސް މުއިއްޒުގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މެންބަރު މުހައްމަދު އައްބާސް ވަނީ ގޮވާލައްވާފައި. އޭނާ ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން ރައްޔިތުންނަށް ދިރިއުޅެން ދަތިވެފައިވާ ކަމަށް.

Newsletter

Get the latest news delivered straight to your inbox