ފަސްޓު ލޭޑީގެ ނުފޫޒުން ވަކި މީހަކަށާއި އޭނާގެ އާއިލާއަށް އެކި ގޮތްގޮތުން ދަތިކުރާކަމުގެ ތުހުމަތު

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީގެ ތިންވަނަ ދައުރު, އޭޕްރީލް 27، 2026 ގައި އިފްތިތާހުކޮށްދެއްވުން

ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުހައްމަދު، މޯލްޑިވްސް ވިމެން އިން ޕޮލިސިން ކޮމިޓީގެ ތިންވަނަ ދައުރު, އޭޕްރީލް 27، 2026 ގައި އިފްތިތާހުކޮށްދެއްވުން

ރައީސް މުހައްމަދު މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ ނުފޫޒުން ވަކި މީހަކަށާއި އޭނާގެ އާއިލާއަށް އެކި ގޮތްގޮތުން ދަތި ކުރަމުންދާކަމުގެ ތުހުމަތުތަކެއް އަމާޒުވެއްޖެ އެވެ. 

ސާޖިދާއަށް އެ ތުހުމަތުތައް އަމާޒު ކުރީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިން މަސައްކަތް ކުރި ޒުވާން އަންހެން މުވައްޒަފެކެވެ. އެ ޒުވާނާ ސޯޝަލްމީޑިއާގައި ލިޔުނު ޕޯސްޓެއްގައި ބުނެފައި ވަނީ އޭނާގެ އާއިލާއަށް އެކި ގޮތްގޮތުން ނުފޫޒު ބޭނުންކޮށްގެން ސާޖިދާ "އަނިޔާ" ދެމުންދާ ކަމަށެވެ.

"އަޅުގަނޑު ވަރަށް އިހުލާސްތެރިކަމާއެކު ދަންނަވަން ތިބޭފުޅާ އަޅުގަނޑުގެ އާއިލާއަށް ތިކުރާ އަނިޔާ ހުއްޓާލުމަށް. ލިބިގެންވާ ނުފޫޒާއި ބާރުގެ ދަށުން އަޅުގަނޑުގެ އާއިލާ ކޮންމެ މީހަކު ވަޒީފާއަކަށްލިޔަސް ބޭރުކޮށްލަނީ ކަމަނާގެ ނުފޫޒުގެ ދަށުން،" ސާޖިދާ ޓެގުކޮށް ކޮށްފައިވާ އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

އޭނާގެ އާއިލާގެ ކޮންމެ މީހަކު ވަޒީފާއަކަށް ކުރިމަތިލި ނަމަވެސް، އޮންނަނީ ބްލެކް ލިސްޓުކޮށްފައި ކަމަށް ވެސް އެ ޕޯސްޓުގައި ބުނެފައިވެ އެވެ. އަދި، އެކަން ކޮށްފައި އޮންނަނީ ސީދާ ސާޖިދާގެ ނުފޫޒުންކަމަށް މައުލޫމާތު ލިބޭ ކަމަށް އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

"ހޮސްޕިޓަލްއަކަށްލިޔަސް، ކަރެކްޝަންއަށްލިޔަސް އަދި، އެހެންތާކަށް ލިޔަސް މި ބުނަނީ ބްލެކްލިސްޓު ކޮށްފަޔޯ ހުރީ ކަމަނާގެ [ސާޖިދާގެ] ނުފޫޒުގެ ދަށުން، އަޅުގަނޑު ވެސް މުސްލިމެއްގެ ހައިސިއްޔަތުން ތި މުސްލިމު އުޚްތާއަށް މިކަހަލަ ލާއިންސާނީ ކަންކަން ނުކުރުމަށް ދަންނަވަން،" އެ ޕޯސްޓުގައި ލިޔެފައިވެ އެވެ.

"މި ނިކަމެތި އާއިލާއަށް އާއިލާއަށް ތިކުރާ އަނިޔާ ހުއްޓާލާ."

ރައީސް އޮފީހުގައި ކުރިން މަސައްކަތްކުރި އެ މުވައްޒަފުގެ އާއިލާއަށް އެކި ގޮތްގޮތުން ދަތިކުރަމުންދާ ކަމަށް އޭނާ ބުނެފައިވާއިރު، ޖިނާއީ ކުށެއްގެ ތަހުގީގަށް ކަމަށްބުނެ އޭނާގެ ޕާސްޕޯޓު ވެސް ފުލުހުން ވަނީ ކޯޓު އަމުރެއްގެ ދަށުން ހިފަހައްޓައިފަ އެވެ.

އަދަދުއަށް އެނގިފައިވާ ގޮތުގައި އޭނާގެ ޕާސްޕޯޓު އަދި ޓްރެވެލް ޑޮކިއުމެންޓުތައް ފުލުހުން ހިފަހައްޓާފައި ވަނީ އޯގަސްޓު 27، އިން ފެށިގެން ނޮވެމްބަރު 26، ގެ ނިޔަލަށެވެ.

މި ނޫހުގެ ނޫސްވެރިން ގުޅުމުން އަދި މެސެޖު ކުރުމުން ވެސް ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފް ޖަވާބު ނުދެއްވާތީ މި ހަބަރަށް ވެސް ސަރުކާރުގެ ކޮމެންޓެއް ލިބިފައެއް ނުވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox