ޕެޓިޝަން ގަވާއިދަށް ގެނައި އިސްލާހު ޕީއެންސީ އިން ދިފާއުކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އަބްދުއްރަހީމް ވިދާޅުވީ ޕެޓިޝަން ގަވާއިދު އިސްލާހު ކުރީ އެންމެންގެ ފައިދާއަށް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއްގެ ތެރެއިން: އަބްދުއްރަހީމް ވިދާޅުވީ ޕެޓިޝަން ގަވާއިދު އިސްލާހު ކުރީ އެންމެންގެ ފައިދާއަށް ކަމަށް -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރަށްރަށުގެ ކޮންމެ ބިމެއް ވެސް ދައުލަތަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ގެންނަން ހުށަހަޅާފައިވާ އިސްލާހު ބޭރުކޮށްލަން ގޮވާލާ އާންމުން ހުށަހެޅި ޕެޓިޝަނަށް ބޮޑު ތަރުހީބެއް ލިބިފައި އޮއްވާ ޕެޓިޝަން ގަވާއިދަށް ގެނައި އިސްލާހު ވެރިކަން ހިންގާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް އިން ދިފާއުކޮށްފި އެވެ. 

ޕެޓިޝަން ގަވާއިދު އިސްލާހު ކުރީ، އެއް ކަމަކަށް އެއް ފިޔަވަޅެއް އަޅަން ގޮވާލާ ހުށަހެޅޭނީ އެއް ޕެޓިޝަން ކަމަށް ބުނާ މާއްދާ ބާތިލްކޮށް، އެއް ފިޔަވަޅެއް އަޅަން ގޮވާލައި ކިތަންމެ ޕެޓިޝަނެއް ވެސް ހުށަހެޅޭ ގޮތަށެވެ. 

އެގޮތަށް ގަވާއިދު ބަދަލުކުރީ، އާންމުންގެ ޕެޓިޝަނަށް ގޮންޖަހަން ވެގެން ސަރުކާރުން ހުށަހެޅި ޕެޓިޝަން މަޖިލީހުގެ ތަޅުމަށް ނުގެންގޮސް ކޮމިޓީއަށް ގެންދަން އޮޅިގެން ނިންމުމުންނެވެ. ޕީއެންސީ އިން ބޭނުންވަނީ އެ ޕާޓީގެ ޕެޓިޝަނަށް ވެސް ތަޅުމުގައި ބަހުސް ކުރަންށެވެ. 

Advertisement

ޕެޓިޝަން ގަވާއިދަށް ގެނައި އިސްލާހު ޕީއެންސީ އިން ދިފާއު ކުރީ ރައްޔިތުންގެ ޕެޓިޝަނަށް މަޖިލީހުގައި ބަހުސް ކުރި ވަގުތެވެ. އެ ޕެޓިޝަނަށް ބަހުސް ކުރަން މަޖުބޫރުވީ 2100 އަށް ވުރެ ގިނަ ސޮއި ހަމަކުރުމުންނެވެ.

އެ ބަހުސްގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ މެންބަރަކު ވިދާޅުވި އެއްޗަކަށް ރައްދު ދެއްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، ޕެޓިޝަން ގަވާއިދު އިސްލާހު ކުރީ އެންމެންގެ ފައިދާއަށެވެ.

މަޖިލީހުގެ ގަވާއިދަށް ގެނައި ބަދަލުން ފުރުސަތު ލިބެނީ ހަމައެކަނި ޕީއެންސީއަކަށް ނޫން. ހަމަ ހުރިހާ ފަރާތަކަށް އިތުރު ފުރުސަތު ފަހިވެގެންދަނީ. ކުރީގަ އޮތް ގޮތުން އެއް ކަމަކަށް، އެއް ފަރާތަށްވުރެ ގިނަ ފަރާތަށް ހުށަނޭޅޭ ގޮތަށް އޮތް އޮތުން ބަދަލު ކުރީމާ، ހައްތަހާ ވެސް އަޅުގަނޑުމެން މި ބަލަނީ ރައްޔިތުންނަށް ދެވެން އޮތް ފުރުސަތު އިތުރު ކުރެވޭތޯ،" އަބްދުއްރަހީމް ވިދާޅުވި އެވެ. 

އަބްދުއްރަހީމްގެ އިތުރުން، ޕެޓިޝަން ގަވާއިދު އިސްލާހު ކުރަން ހުށަހެޅި ފުނަދޫ ދާއިރާގެ މެންބަރު މުހައްމަދު މަމްދޫހު ވެސް ވަނީ އެ އިސްލާހު ދިފާއުކޮށްފަ އެވެ. 

"މި ދުނިޔޭގައި މި ހިނގާ ތަފާތު ޑިމޮކްރަސީތަކުގެ ތެރޭގައި މި ހިރަ ޕާލަމެންޓަރީތަކަށް އެ ފުރުސަތު ހަގީގަތުގައި އޮވޭ. ކުރިން މި އޮންނަ ގޮތުން ވިއްޔާ އެއް މައުލޫއަކަށް ޕެޓިޝަން ހުށަހެޅީމާ ދެން އަޅުގަނޑުމެންނަށް މި އޮންނަނީ އެއާ ވިދިގެން އެއާ ގުޅުވާ ޕެޓިޝަނެއް ހުށަނޭޅޭނެ ގޮތަށް،" އޭނާ ވިދާޅުވި އެވެ. 

ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައި ވަނީ ތުޅާދޫ ދާއިރާގެ މެންބަރު އަބްދުލްހަންނާނު އަބޫބަކުރެވެ. އޭނާއަކީ އަމިއްލަ ގޮތުން އިންތިހާބުވެފައިވާ މެންބަރެއް ނަމަވެސް މަސައްކަތް ކުރައްވަނީ ސަރުކާރާއެކު އެވެ. 

ހަންނާނު ހުށަހެޅުއްވި ބިލުގައިވާ ގޮތަށް ރައްޔިތުންގެ ބިން ދައުލަތަށް ނެގުމަކީ ލާމަރުކަޒީ ގާނޫނުގެ ދަށުން ސަރުކާރަށް މިހާރު ވެސް ލިބޭ ބާރެކެވެ. އަދި ސަރުކާރުން ޕްރޮޖެކްޓެއް ހިންގާ ނަމަ އެ ޕްރޮޖެކްޓުގެ  އިދާރީ ކަންކަން ހަމަޖެއްސުމާއި ދޭންޖެހޭ ހުއްދަތައް ދިނުމަކީ ކައުންސިލުގެ މައްޗަށް މިހާރު ވެސް ގާނޫނު ލާޒިމް ކުރާ ކަމެކެވެ. 

ލާމަރުކަޒީ ގާނޫނަށް ހަންނާނު މިހާރު ހުށަހަޅުއްވައިގެން އުޅޭ އިސްލާހުގެ ސަބަބުން އަންނާނެ ބަދަލަކީ، މަންޒަރުން ކައުންސިލުތައް ފޮހެވުމެވެ. ކައުންސިލުން ބިން ކަނޑައިދެން ދެން، އިދާރީ ކަންކަން ހަމަޖައްސަން ދެން ސަރުކާރުން މަޑުކުރަންޖެހޭ ކުރުން އެއިރުން ނިމުމަކަށް އަންނާނެ އެވެ. އެއިރުން، ރަށްރަށުގެ ބިންތަކާއި އެ ބިންތަކަށް އޮތް ބާރު ރަށު ރައްޔިތުންގެ ކިބައިން ހަމަ އެކީ ނިގުޅައިގަނެވުނީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox