ސަރުކާރު އަޑީގައި އޮވެ ހުށަހަޅާ ޕެޓިޝަނުގައި ސޮއިކުރަން އެސްއޯއީތަކުގެ މުވައްޒަފުންނަށް މަޖުބޫރު

މުއިއްޒު މާފަންނަ މަދަރުސާގައި ވާހަކަ ދައްކަވަނީ: ސަރުކާރުގެ ސުޕަމެޖޯރިޓީ އަމަލުކުރަމުން ގެންދަނީ އެމަނިކުފާނު އަންގާގޮތަށް -- ފޮޓޯ: ރައީސް އޮފީސް

މުއިއްޒު މާފަންނަ މަދަރުސާގައި ވާހަކަ ދައްކަވަނީ: ސަރުކާރުގެ ސުޕަމެޖޯރިޓީ އަމަލުކުރަމުން ގެންދަނީ އެމަނިކުފާނު އަންގާގޮތަށް -- ފޮޓޯ: ރައީސް އޮފީސް

ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ބިލާ އެއްކޮޅަށް ސަރުކާރު އަޑީގައި އޮވެ ހުށަހެޅި ޕެޓިޝަނުގައި ސޮއިކުރަން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ މުވައްޒަފުންނަށް މަޖުބޫރުކޮށްފި އެވެ.

އެއް ކަމެއްގައި އެއް ފިޔަވަޅެއް އަޅަން ގޮވާލައި ކިތަންމެ ގިނަ ޕެޓިޝަނެއް ވެސް ހުށަހެޅޭ ގޮތަށް ރައްޔިތުންގެ މަޖިލީހުގެ ގަވާއިދު ބަދަލުކުރުމަށްފަހު، ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭގޮތަށް ހުށަހެޅި ބަދަލު ފާސްކުރަން ގޮވާލައި ސަރުކާރު އަޑީގައި އޮވެގެން އިއްޔެ ސޮއިކުރަން ފެށި ޕެޓިޝަނުގައި މިހައިތަނަށް 6800 އަށްވުރެ ގިނަ މީހުން ސޮއިކޮށްފައިވެ އެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން، ހައުސިން ޑިވެލޮޕެމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ އިތުރުން، ފެނަކަ ކޯޕަރޭޝަން ވޭސްޓް މެނޭޖުމެންޓް ކޯޕަރޭޝަން (ވެމްކޯ) އަދި، ސްޓެލްކޯގެ މުވައްޒަފުން ވަނީ އެ ޕެޓިޝަންގައި ސޮއިކުރަން މެނޭޖުމެންޓުން މަޖުބޫރުކޮށްފައިވާކަން އަދަދު އަށް ކަށަވަރުކޮށްދީފަ އެވެ.

Advertisement

އެ ކުންފުނިތަކުގެ މުވައްޒަފުންނަށް އަންގާފައި ވަނީ މިރޭ 12:00 ގެ ކުރިން ޕެޓިޝަނުގައި ސޮއިކޮށް އެކަން ވެރިންނަށް އެންގުމަށެވެ.

"ހުރިހާ އެންމެން ސޮއިކުރަން އަންގާފައި އޮތީ، އެމީހުން ބަލާ ކޮންބައެއްތޯ ސޮއިކުރަނީ، ނުކުރަނީ، ސޮއި ނުކުރާ މީހުންނަށް ފިޔަވަޅު އަޅާނެ،" މި ނޫހާ ވާހަކަދެއްކި އެޗްޑީސީގެ މުވައްޒަފަކު ބުންޏެވެ.

މިއީ ކައުންސިލްތަކުން ބަލަހައްޓާ ބިންތައް ސަރުކާރަށް ނެގޭގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު ފާސްކުރަން ގޮވާލައި ސަރުކާރު އަޑީގައި އޮވެ ހުށަހެޅި ދެވަނަ ޕެޓިޝަނެވެ.

އެ ބިލު ފާސްކުރަން ގޮވާލައި ސަރުކާރު އަޑީގައި އޮވެގެން ހުށަހެޅި ފުރަތަމަ ޕެޓިޝަނަށް 855 މީހުންގެ ސޮއި ހަމަވުމާއެކު، އެ ޕެޓިޝަން ހުށަހެޅި ބޭފުޅާއަށް އޮޅިގެން ވަނީ އެ ޕެޓިޝަން ކޮމިޓީއަށް ފޮނުވިފަ އެވެ. އެހެންކަމުން، ޕެޓިޝަންއަކާ ގުޅިގެން މަޖިލިސް ތަޅުމުގައި ބަހުސްކުރަން ލާޒިމުވާ މިންވަރަށް އެ ޕެޓިޝަނަށް ސޮއި ހަމަކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ.

އެހެން އެކަންވުމުން، ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ ފުނަދޫ ދާއިރާގެ މެންބަރު، މުހައްމަދު މަމްދޫހު ވަނީ މަޖިލީހުގެ ގަވާއިދުގެ 257-1 ގެ (ޅ) އުނިކުރަން ހުށަހަޅައިފަ އެވެ. އެ މާއްދާގައި އޮންނަނީ މައްސަލައަކާ ގުޅިގެން މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނެއްގައި އެޅުމަށް ގޮވާލައިފައިވާ ފިޔަވަޅެއް އެޅުމަށް އެދި އިތުރު ޕެޓިޝަނެއް ހުށަނޭޅޭނެ ކަމަށެވެ.

އޭނާ ހުށަހެޅުއްވި ގޮތަށް އިއްޔެ މަޖިލީހުން ވަނީ މަޖިލީހުގެ ގަވާއިދު  ބަދަލުކޮށްފަ އެވެ. އެ މާއްދާ އުވައިލަން މަޖިލީހުން ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެންބަރުންގެ ވޯޓުންނެވެ. އެ ބަދަލު ގެނައުމާ ދެކޮޅަށް ވޯޓުދެއްވީ 10 މެންބަރުންނެވެ.

ރަށްރަށުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލު އޮތް ގޮތަށް ފާސްކުރުމަށް ގޮވާލައި މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ސަރުކާރުން ފެށީ، އެ ބިލާ ދެކޮޅަށް ހުށަހެޅި ޕެޓިޝަނެއްގައި ސޮއި ހަމަކޮށް މަޖިލީހުގެ ތަޅުމާ ހަމައަށް މައްސަލަ ގޮސްފައި ވަނިކޮށެވެ. ސޯޝަލް މީޑިއާ އެކްޓިވިސްޓު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނުގައި އޮތީ އެ ބިލަކީ ލާމަޒުކަޒީ ގާނޫނޫގެ ރޫހާ ހިލާފު ބިލެއް ކަމަށް ބުނެ އެ ބިލު އަނބުރާ ގެންދިޔުމަށް ގޮވާލައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެއްބަސްވުން ބާތިލުކޮށް، ބަދަލެއްވެސް ނުދޭނަން: ޔާމީން

ރަސްމާލެއިން ބިން ދޫކުރުމަށް ޔޫއޭއީގެ އީގަލް ހިލްސްއާއެކު ވެފައިވާ އެއްބަސްވުމަކީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި، ދެން އުފެދޭ ވެރިކަމެއްގައި އެ އެއްބަސްވުން ބާތިލުކޮށް އެއްވެސް ބަދަލެއް ނުދޭނެ ކަމަށް ރައީސް ޔާމީން ވިދާޅުވި. އަދި މި މުއާމަލާތުގައި ބައިވެރިވި ފަރާތްތަކުގެ މައްޗަށް ޖިނާއީ ތަހުގީގު ހިންގައި އަދަބު ދޭނެ ކަމަށް.

މެނިފެސްޓޯގައި ނެތް ކަމެއް ކުރަންޏާ ޖެހޭނީ ވޯޓަށް އަހަން: އަލީ

ރިޔާސީ މެނިފެސްޓޯގައި ނެތް ކަމެއް ކަމަށްވާ ބޭރު މީހުންނަށް ރާއްޖެއިން ބިން ދިނުން ފަދަ ކަންކަން ކުރަންވާނީ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން ކަމަށް ގާނޫނީ ވަކީލު އަލީ ހުސައިން ވިދާޅުވި. ގައުމީ ބޮޑެތި މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ހޯދުމަކީ ރައީސުލްޖުމްހޫރިއްޔާގެ މައްޗަށް އޮތް ގާނޫނީ ވާޖިބެއްކަން އޭނާ ފާހަގަކުރެއްވި.

ވެރިކަމުގެ ދަހިވެތިކަމުގެ ކުރިޔަށް ގައުމީ ސަލާމަތް ނެރޭ: މުއިއްޒު

ވެރިކަމުގެ ދަހިވެތިކަމާއި ޒާތީ ހަސަދައިގެ ކުރިއަށް ގައުމީ ސަލާމަތާއި ފަރުދުންގެ އުފާވެރިކަން އިސްކުރުމަށް ހުރަވީ ދުވަހުގެ މެސެޖުގައި ރައީސް މުއިއްޒު ގޮވާލައްވައިފިއެވެ. މީގެ އިތުރުން ދަރަނީގެ އަޅުވެތިކަމުން ސަލާމަތްވެ، ގައުމުގެ މިނިވަންކަމާއި ސިޔާދަތު ދެމެހެއްޓުމަށްޓަކައި ސިޔާސީ ޖަޒުބާތުތަކުގެ ބަދަލުގައި ގައުމީ އިހުލާސްތެރިކަން އިސްކުރުމަށް އެމަނިކުފާނު ބާރުއެޅުއްވިއެވެ.

ރަސްމާލެ އެއްވުމުގައި ހަމަނުޖެހުމެއް ނުހިނގާނެ ކަމަށް އަންގައިފި

ރަސްމާލެއިން އީގަލް ހިލްސްއަށް ބިން ދިނުމާ ދެކޮޅަށް އެއްވުމަކީ އެއްވެސް ހަމަނުޖެހުމެއް ނުހިނގާނެ ސުލްހަވެރި ހަރަކާތެއް ކަމުގެ ޔަގީންކަން އިންތިޒާމުކުރާ ފަރާތުން ފުލުހުންނަށް ދީފި. "ދިވެހިންގެ ބިން ދިވެހިންނަށް" ހަރަކާތުން ބުނީ، ކުރިން ރޭވިގޮތަށް މިރޭ 8:30 ގައި މި ހަރަކާތް އޮންނާނެ ކަމަށާއި ކުދިބޮޑު އެންމެނަށް ދައުވަތުއަރުވާ ކަމަށް.

ރަސްމާލެ އެއްވުން ގާނޫނީ އިމުގެ ތެރޭގައި ބާއްވަން އަންގައިފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މިރޭ އާޓިފިޝަލް ބީޗުގައި ބާއްވާ އެއްވުން ގާނޫނީ އިމުގެ ތެރެއިން ކުރިއަށް ގެންދިއުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. ފުލުހުން ބުނެފައިވަނީ މި އެއްވުމާ ގުޅޭ މައުލޫމާތު އިންތިޒާމުކުރާ ފަރާތުން ހިއްސާކޮށްފައި ނުވާތީ، އާންމު ދަތުރުފަތުރަށް ބުރޫނާރާނެހެން ކަންކަން ބެހެއްޓުމަށް އަންގާ ކަމަށް.

"ގައުމީ ހަރަކާތް ހުއްޓާލާނީ ރަސްމާލެ ޕްރޮޖެކްޓު ހުއްޓާލުމުން"

ރަސްމާލެ މަޝްރޫއުގެ ދަށުން ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށް، ގައިރު މުސްލިމުންނަށް ވަޒަންވެރިވެވޭ ގޮތަށް ގާނޫނު އިސްލާހުކުރާތީ އެކަމާ ދެކޮޅަށް ފަށާފައިވާ "ގައުމީ ހަރަކާތް" ހުއްޓާލާނީ އެ މަޝްރޫއު ހުއްޓާލުމުން ނުވަތަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ދިއުމުން ކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެއެވެ. އަދި މިއީ ސިޔާސީ ހަރަކާތެއް ނޫން ކަމަށާއި، ސަރުކާރުން ރައްޔިތުންގެ އަޑު ނާހައިފި ނަމަ އިހުތިޖާޖުތައް ހުއްޓާނުލައި ކުރިއަށް ގެންދާނެ ކަމުގެ އިންޒާރު އޭނާ ވަނީ ދެއްވާފައެވެ.

ބެނާތައް ކަނޑަމުން ދިޔަ ދެ މީހަކު ހައްޔަރުކޮށްފި

ރަސްމާލެ މަޝްރޫއާ ދެކޮޅަށް މާލޭގައި ދަމާފައި ހުރި ބެނާތަކެއް ކަނޑަމުންދިޔަ ދެ މީހަކު އާންމުންގެ އެހީތެރިކަމާއެކު ފުލުހުން ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ ގުޅިގެން ސިޔާސީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުންދާއިރު، ރަސްމާލެ ވިއްކާލުމާ ދެކޮޅަށް އަޑުއުފުލުމަށް މިރޭ އާޓިފިޝަލް ބީޗުގައި އެއްވުމެއް ބޭއްވުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox