އެންމެ އަގުބޮޑު އެފްރިކާ ކުޅުންތެރިޔާގެ ގޮތުގައި ޑިއޮމަންޑޭ ރެއާލަށް ސޮއިކޮށްފި

Aug 7, 2026, 11:19 AM
އާރްބީ ލައިޕްޒިގަށް ކުޅެމުން އައި އައިވަރީ ކޯސްޓުގެ ވިންގް، ޔަން ޑިއޮމަންޑޭ.

އާރްބީ ލައިޕްޒިގަށް ކުޅެމުން އައި އައިވަރީ ކޯސްޓުގެ ވިންގް، ޔަން ޑިއޮމަންޑޭ.

މެޑްރިޑް (އޮގަސްޓް 7) - އެންމެ އަގުބޮޑު އެފްރިކާ ކުޅުންތެރިޔާގެ ގޮތުގައި، އައިވަރީ ކޯސްޓްގެ ވިންގް، ޔަން ޑިއޮމަންޑޭ، ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ސޮއިކޮށްފި އެވެ. 

އުމުރުން 19 އަހަރުގެ ޑިއޮމަންޑޭ ގަންނަން އާރްބީ ލައިޕްޒިގަށް ރެއާލުން ދައްކާ ފީ ޖުމްލަ އެކު، 144 މިލިއަން ޑޮލަރަށް އެރުމުގެ ފުރުސަތު އެބައޮތެވެ. މީގެ ކުރިން، އެންމެ އަގުބޮޑު ފީ އަކަށް ކްލަބް ބަދަލުކުރި އެފްރިކާގެ ކުޅުންތެރިއަކީ، 2019 ވަނަ އަހަރު ފްރާންސްގެ ލިލް ދޫކޮށް، އާސެނަލަށް ބަދަލުވި އައިވަރީ ކޯސްޓުގެ ނިކޮލަސް ޕެޕޭ އެވެ. އާސެނަލުން އެ ފަހަރު 92 މިލިއަން ޑޮލަރު ލިލް އަށް ދެއްކި އެވެ. 

ރެއާލުން މިހާތަނަށް ކުޅުންތެރިއެއްގެ ޓްރާންސްފާ ފީ އަކަށް އެންމެ ބޮޑު ހޭދައެއް ކުރީ، 2023 ވަނަ އަހަރު އިނގިރޭސި މިޑްފީލްޑަރު، ޖޫޑް ބެލިންހަމް ގެނައުމަށެވެ. އެ ފަހަރު ރެއާލުން ދެއްކި ފީ ޖުމްލަ އެކު، 135 މިލިއަން ޑޮލަރަށް އެރި އެވެ. ޑިއޮމަންޑޭ، ރެއާލްގައި ހުރެ ދައްކާ ކުޅުމުގެ ސަބަބުން، އޭނާ ގެންނަން އެއްބަސްވި ހުރިހާ ޕޭމަންޓެއް ދޭން ޖެހިއްޖެނަމަ، ރެއާލްގެ އެންމެ އަގުބޮޑު ޓްރާންސްފާ އަކަށް ޑިއޮމަންޑޭ ވުމުގެ ފުރުސަތު އެބައޮތެވެ. 

Advertisement

މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ޑިއޮމަންޑޭގެ ސޮއި ހޯދުމަށް އެންމެ މަސައްކަތްކުރި ދެ ކްލަބަކީ، ޕީއެސްޖީ އާއި ލިވަޕޫލް އެވެ. އެ ގޮތުން، ލިވަޕޫލުން ވަނީ، ޑިއޮމަންޑޭ ގަންނަން 85 މިލިއަން ޑޮލަރުގެ ބިޑެއް ވެސް ހުށަހަޅައިފަ އެވެ. އެކަމަކު، ލައިޕްޒިގުން ވަނީ ލިވަޕޫލްގެ އެ ބިޑް އަނބުރާ ފޮނުވާލައިފަ އެވެ. އޭގެ ފަހުން، ލިވަޕޫލުން އިތުރު ބިޑެއް ނުކޮށް، ފާރަލަމުން އަންނަނީ ޕީއެސްޖީ އަށް ކުޅޭ ބްރެޑްލީ ބާކޮލާ ހޯދުމަށެވެ. 

ޔޫރަޕްގެ ޗެމްޕިއަން، ޕީއެސްޖީން ޑިއޮމަންޑޭގެ ސޮއި ހޯދުމަށް ގިނަ މަޝްވަރާތަކެއް ކުރި އެވެ. އެކަމަކު، މީގެ ހަތަރު އަހަރު ކުރިން، ޗެލްސީގެ ޓްރަޔަލެއްގައި ބައިވެރިވި ޑިއޮމަންޑޭ ގަންނަން ޕީއެސްޖީން 100 މިލިއަން ޑޮލަރަށް ވުރެން އިތުރަށް ހޭދަކުރަން ބޭނުމެއް ނުވީ އެވެ. 

ހޯސޭ މޮރީނިއޯގެ ކޯޗުކަމުގައި މި ސީޒަނުގައި ވާދަކުރަން ތައްޔާރުވަމުން އަންނަ ރެއާލުން ވަނީ މި ފަހަރުގެ ޓްރާންސްފާގައި، މެންޗެސްޓާ ސިޓީގެ ބެނާޑޯ ސިލްވާ، ލިވަޕޫލްގެ އިބްރާހިމާ ކޮނާޓޭ އަދި އިންޓަ މިލާންގެ ޑެންޒެލް ޑަމްފްރީސް ގެނެސްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox