ވިނީޝިއުސްގެ ހުރިހާ ޝަރުތެއް ގަބޫލުކުރަން ރެއާލް ދެކޮޅު

Aug 6, 2026, 11:27 AM
ރެއާލް މެޑްރިޑްގެ ޕްރީ ސީޒަން ޓްރެއިނިންގެ ތެރެއިން ވިނީޝިއުސް.

ރެއާލް މެޑްރިޑްގެ ޕްރީ ސީޒަން ޓްރެއިނިންގެ ތެރެއިން ވިނީޝިއުސް.

މެޑްރިޑް (އޮގަސްޓް 6) - ބްރެޒިލްގެ ފޯވާޑް، ވިނީޝިއުސް ޖޫނިއާ (ވިނީ)ގެ ހުރިހާ ޝަރުތެއް ގަބޫލުކޮށްގެން އޭނާގެ އެއްބަސްވުން އާ ކުރަން ރެއާލް މެޑްރިޑުން ދެކޮޅު ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އުމުރުން 26 އަހަރުގެ ވިނީ، ރެއާލާ އެކު ހަދާފައި އޮތް ކޮންޓްރެކްޓް އޮތީ އަންނަ އަހަރުގެ ޖޫން މަހުގެ ނިޔަލަށެވެ. އެ އެއްބަސްވުން އާ ކުރަން ރެއާލުން ވަނީ ސީރިއަސްކޮށް މަޝްވަރާތައް ފަށައިފަ އެވެ. އެއީ، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، އާސެނަލުން ވެސް ވިނީ އަށް ފާރަލަމުން އަންނާތީ އެވެ. 

އިނގިރޭސި ދެ މީިޑިއާއެއް ކަމަށްވާ، ދި އެތުލެޓިކް އާއި ދި ޓެލެގްރާފް އިން ރިޕޯޓްކުރާ ގޮުތުގައި ވިނީ ގެންނަން މިހާރު އެންމެ ބުރަކޮށް މަސައްކަތްކުރަނީ އާސެނަލުންނެވެ. އެ ގޮތުން، އާސެނަލުން، ވިނީގެ ސޮއި ހޯދަން، ބޮޑު މުސާރައެއް ދޭން ވަނީ ތައްޔާރުވެފަ އެވެ. ވިނީ، މި ވަގުތު ހުރި ކޮންޓްރެކްޓުން، ހަފްތާ އަކު ބޯނަހާ އެކު، 450،000 ޑޮލަރާ ގާތްކުރާ އަދަދެއްގެ މުސާރައެއް ރެއާލުން ލިބެ އެވެ.

Advertisement

ރިޕޯޓްތައް ބުނާގޮތުގައި، އާސެނަލުން ވަނީ އެ އަށް ވުރެން އިތުރު މުސާރައެއް ދޭން ތައްޔާރުވެފަ އެވެ. ސްޕެއިނުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ރެއާލުން ވިނީ އެންމެ ކުޑަ އަގެއްގައި ދޫކޮށްލަން އެއްބަސްވި ކަމުގައި ވިޔަސް ޓްރާންސްފާ ފީ 100 މިލިއަން ޑޮލަރަށް ވުރެން އިތުރުވާނެ އެވެ. 

ރެއާލުން 2017 ވަނަ އަހަރު ވިނީޝިއުސް ގަތީ ފްލަމެންގޯ އަށް 50 މިލިއަން ޑޮލަރު ދައްކައިފަ އެވެ.

މިދިޔަ އަހަރު ވިނީ އަށް ރެއާލުން ހުށަހެޅި ކޮންޓްރެކްޓެއްގައި އޮތީ އަހަރަކަށް 20 މިލިއަން ޑޮލަރެވެ. އެކަމަކު، ފަސް އަހަރަށް އޮތް އެ އެއްބަސްވުމާ މެދު ވިނީ ހިތްހަމަނުޖެހޭތީ މަޝްވަރާތައް ކުރިއަށް ނުދެ އެވެ. ރިޕޯޓްތައް ބުނާގޮތުން، ވިނީގެ އެންމެ ބޮޑު ހިތްހަމަނުޖެހުމެއް އޮތީ އިމޭޖް ރައިޓްސް ވިއްކައިގެން ލިބޭ ޕަސެންޓް އިތުުރުކުރަން ރެއާލުން ދެކޮޅު ހެދުމާއި ސީޒަނަކަށް ޖެހޭ މުސާރަ ބޮޑުކުރަން ރެއާލުން މާ ބޮޑު މަސައްކަތެއް ނުކުރާތީ އެވެ. 

ރެއާލުން މި ފަހަރު ވިނީ އަށް ހުށަހެޅި ކޮންޓްރެކްޓްގައި، އަހަރަކަށް 26 މިލިއަން ޑޮލަރަށް މުސާރަ ބޮޑުކުރާއިރު، އިމޭޖް ރައިޓްސް އިން ވިއްކައިގެން ލިބޭ ބައި އޮތީ 30-45 ޕަސެންޓާ ދެމެދުގަ އެވެ. ވިނީގެ ޑިިމާންޑް ހުރީ 50 ޕަސެންޓާ ގާތްކުރާ މިންވަރަކަށް އިމޭޖް ރައިޓްސްގެ ބައި ބޮޑުކުރުމަށް ކަމަށް ރިޕޯޓްތައް ބުނެ އެވެ.

އެކަމަކު، މި ހުރިހާ ޝަރުތަކަށް ރެއާލުން އެއްބަސްވުމުގެ ފުރުސަތު ކުޑަކަމަށް ސްޕެއިނުގެ ފުޓްބޯޅަ ތަޖުރިބާކާރުން އަންނަނީ ބުނަމުންނެވެ.  

މި ފަހަރު ރެއާލާ އެކު، މަޝްވަރާތައް ފެށުމަށް ފަހު، ވިނީ ވަނީ އޭނާގެ އިންސްޓަގްރާމްގެ ހުރިހާ ފޮޓޯ އެއް ފީޑުން ނަގައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox