ރެއާލްގެ ކޮންޓްރެކްޓް އާ ކުރަން ވިނީޝިއުސް އާސެނަލްގެ ބޭނުންހިފި ކަމަށް ތުހުމަތުކޮށްފި

Aug 7, 2026, 4:07 PM
ލަނޑު ޖެހުމަށް ފަހު ވިނީ އުފާފާޅުކުރަނީ.

ލަނޑު ޖެހުމަށް ފަހު ވިނީ އުފާފާޅުކުރަނީ.

މެޑްރިޑް (އޮގަސްޓް 7) - ރެއާލް މެޑްރިޑާ އެކު އާ އެއްބަސްވުމެއް ހެދުމަށްޓަކައި، ބްރެޒިލްގެ ފޯވާޑް، ވިނީޝިއުސް ޖޫނިއާ (ވިނީ)، އާސެނަލްގެ ބޭނުންހިފި ކަމަށް މީޑިއާތަކުން ތުހުމަތުކޮށްފި އެވެ. 

އުމުރުން 26 އަހަރުގެ ވިނީ، މީގެ ކުރިން ހުރީ އަންނަ އަހަރުގެ ޖޫންގެ ނިޔަަލަށް އޮތް ކޮންޓްރެކްޓެއްގަ އެވެ. މިދިޔަ ސީޒަނުން ފެށިގެން އެ އެއްބަސްވުން އާ ކުރަން ރެއާލުން މަސައްކަތް ކުރަމުން އައިއިރު، މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގެ ފަހުން، މަޝްވަރާތައް ބާއްވައިގެން ވެސް ހައްލަކާ ހަމައަށް އާދެވިފައިނުވެ އެވެ. 

އޭގެ ފަހުން، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، އާސެނަލުން ވިނީ ގެނެވޭތޯ އެ ޑީލްގެ ތެރެއަށް ވަނެވެ. އަދި، އިނގިރޭސި މީޑިއާތައް ރިޕޯޓްކުރާގޮުތުގައި، އާސެނަލުން އޮތީ ރެއާލުން ވިނީ އަށް ދޭ ވަރަށް ވުރެން ބޮޑު މުސާރައެއް ދޭން ވެސް ތައްޔާރަށެވެ. އެކަމަކު، އެންމެ ފަހު ވަގުތު، ވިނީ ވަނީ، ރެއާލާ އެކު، ހަ އަހަރުގެ ކޮންޓްރެކްޓެއްގައި ސޮއިކޮށްފަ އެވެ. 

ޗެލްސީގެ ކުރީގެ މިޑްފީލްޑަރު، ޖޯން އޮބީ މިކޭލް، އޭނާގެ ޕޮޑްކާސްޓް ޝޯގައި ވާހަކަ ދައްކަމުން އެންމެ ފުރަތަމަ ބުނެފައިވަނީ، ވިނީ، ރެއާލްގެ ކޮންޓްރެކްޓްގައި ބޭނުންވާ ކަންކަން ފުރިހަމަ ކުރުމަށްޓަކައި، އާސެނަލުން އޭނާ ހޯދަން ކުރާ މަސައްކަތުގެ ފައިދާ ނަގަމުން އަންނަ ކަމަށެވެ. އަދި، ވިނީގެ ބޭނުމަކީ، އާސެނަލުން އޭނާ އަށް ފާރަލާ ވާހަކަތަކުން މީޑިއާ ރިޕޯޓްތައް ގެނައުމަށް ފަހު، ރެއާލްގެ ކޮންޓްރެކްޓް ކަންކަން ނިންމާލުމެވެ. 

އީއެސްޕީއެން އިން ރިޕޯޓްކުރި ގޮތުގައި، ވިނީ އެންމެ ފުރަތަމަ ވެސް ވިސްނުން ހުރީ ރެއާލާ އެކު ކުރިއަށްދިއުމަށް ކަމަށާއި، އާސެނަލާ އެކު ދެކެވުނު ވާހަކަތަކަކީ، އެ ކްލަބަށް ދިއުމަށްޓަކައި އެއްވެސް އިރެއްގައި ޝައުގުވެރިކަން ހުރެގެން ކުރި ކަމެއް ނޫން ކަމަށެވެ. 

ވިނީޝިއުސްގެ ހުރިހާ ޝަރުތެއް ގަބޫލުކުރަން ރެއާލް ދެކޮޅު

ވިނީޝިއުސްގެ ކޮންޓްރެކްޓް އާކުރުމަށް ރެއާލް މެޑްރިޑުން މަޝްވަރާ ކުރަމުންދާއިރު، މުސާރައާއި އިމޭޖް ރައިޓްސްއާ ގުޅޭގޮތުން އޭނާ ހުށަހެޅި ހުރިހާ ޝަރުތުތަކަކަށް އެއްބަސްވާން ކްލަބުން ވަނީ ދެކޮޅު ހަދާފައި. ވިނީ ހޯދުމަށް އާސެނަލުން ބޮޑު މުސާރައަކާއެކު ޝައުގުވެރިކަން ފާޅުކުރަމުންދާއިރު، ރެއާލުން އޭނާ ދޫކޮށްލާނެ ކަމަށް ބެލެވޭ އަގު ބޮޑުވާނެ.

ރެއާލާ އެކު، 2032 ވަނަ އަހަރުގެ ޖޫންގެ ނިޔަލަށް އޮތް ކޮންޓްރެކްޓްގައި ވިނީ ސޮއިކުރީ، އޭނާ ބޭނުންވާ ބައެއް ކަންކަން ފުރިހަމަ ނުވި ނަމަވެސް، ޖުމްލަ ކޮންޓްރެކްޓާ މެދު ހިތްހަމަ ޖެހޭތީ ކަމަށް ސްޕެއިނުގެ ނޫސްތަކުން ވަނީ ރިޕޯޓްކޮށްފަ އެވެ. އެ ގޮތުން، ސީޒަނަކަށް ޖެހޭ މުސާރަ ބޮޑުވިއިރު، އިމޭޖް ރައިޓްސް ވިއްކައިގެން ލިބޭ އާމްދަނީ، އޮތީ ރެއާލުން ގެންގުޅޭ ކޮންޓްރޯލް މިންގަނޑުގެ ތެރޭގަ އެވެ. 

ރެއާލުން 2017 ވަނަ އަހަރު ވިނީޝިއުސް ގަތީ ފްލަމެންގޯ އަށް 50 މިލިއަން ޑޮލަރު ދައްކައިފަ އެވެ.

އޭނާ ވަނީ ރެއާލާ އެކު، ޗެމްޕިއަންސް ލީގުގެ ޗެމްްޕިއަންކަން ދެ ފަހަރު، ސްޕެނިޝް ލީގުގެ ޗެމްޕިއަންކަން ތިން ފަހަރު، ސްޕެނިޝް ސުޕަ ކަޕް ތިން ފަހަރު، ފީފާ ކްލަބް ވޯލްޑް ކަޕް ދެ ފަހަރު، ފީފާ އިންޓަކޮންޓިނެންޝިއަލް ކަޕާއި ކޮޕަ ޑެލް ރޭ، ކޮންމެ މުބާރާތެއް އެއް ފަހަރު ކާމިޔާބުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox