ނަސްލީ ގޮތުން ދިމާކޮށްފިނަމަ މަދުވެގެން 10 މެޗުގެ ސަސްޕެންޝަނެއް

Jul 30, 2026, 11:32 PM
ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ޕްރިމިއާ ލީގުގައި ކުރިއަށްގެންދާ ކެމްޕެއިން، ނޯ ރޫމް ފޯ ރޭސިޒަމްގެ ބެނާއެއް ސްޓޭޑިއަމެއްގައި ލެޑުގައި ދައްކާލަނީ.

ނަސްލީ ތަފާތު ކުރުމާ ދެކޮޅަށް ޕްރިމިއާ ލީގުގައި ކުރިއަށްގެންދާ ކެމްޕެއިން، ނޯ ރޫމް ފޯ ރޭސިޒަމްގެ ބެނާއެއް ސްޓޭޑިއަމެއްގައި ލެޑުގައި ދައްކާލަނީ.

ލަންޑަން (ޖުލައި 30) - ކުޅުންތެރިއަކާ ނަސްލީ ގޮތުން ދިމާކޮށްލައިފިނަމަ މަދުވެގެން 10 މެޗުގެ ސަސްޕެންޝަނެއް ދޭ ގޮތަށް އިނގިރޭސި ފުޓްބޯލް އެސޯސިއޭޝަން (އިނގިރޭސި އެފްއޭ) އިން ގަވާއިދު އިސްލާހުކޮށްފި އެވެ. 

މީގެ ކުރިން، އިނގިރޭސި އެފްއޭ އިން އަމަލުކުރަމުން އަައި ގަވާއިދުގައިވާ ގޮތުން، މި ފަދަ ނަސްލީގޮތުން ދިމާކުރުމުގެ މައްސަލަތަކަށް ކުޅުންތެރިންނަށް މަދުވެގެން އަންނަނީ، 6-12 މެޗާ ދެމެދުގެ ސަސްޕެންޝަނެކެވެ. އެ ގޮތުން، މި ސަސްޕެންޝަންތައް ދެމުން އައީ، ކުޅުންތެރިން ނިސްބަތްވާ ދަރިފަސްކޮޅަށް ބޭއިހުތިރާމް އަދާކުރުމާއި ހަމުގެ ކުލަ އަށް ނޫނީ ނިސްބަތްވާ ގައުމަށް ނޫނީ ދީނީ ގޮތުން އަދި ބޭއަދަބީކޮށް ދިމާކޮށްލާ މައްސަލަތަކުގަ އެވެ. 

ނަސްލީގޮތުން ދިމާކުރުމާ ދެކޮޅަށް އަޅާ ފިޔަވަޅުތައް މިހާރަށް ވުރެން ވަރުގަދަ ކުރުމަށް އެފްއޭ އިން ނިންމީ ފާއިތުވި ސީޒަންތަކުގައި ލިބިފައިވާ ހިޔާލުތަކާއި އެކިއެކި ކަންކަމަށް ބެލުމަށް ފަހު އެވެ. އިނގިރޭސި އެފްއޭ އިން ބުނީ އެންމެ ބޮޑު ވިސްނުމެއް އޮތީ ނަސްލީ ތަފާތުކުރުމުގެ އެއްވެސް މައްސަލައެއް ދިމާނުވާނެ ފަދަ މާހައުލަަކަށް ފުޓްބޯޅަ މެޗުތައް ހެދުން ކަމަށެެވެ. 

Advertisement

"މިދިޔަ އަހަރުތަކުގައި މި ފަދަ މައްސަލަތަކުގައި ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދިއްޖެ، އެކަަމަކު، އެހާ ހިސާބުން ނުނިންމައި، އުސޫލުތައް އިތުރަށް ހަރުދަނާ ކުރުމަކީ އަހަރެމެންގެ ޒިންމާއެއް،" އިނގިރޭސި އެފްއޭގެ ބަޔާނުގައިވެ އެވެ. 

ނަސްލީ ގޮތުން ދިމާކުރާ މައްސަލަތަކުގައި، މަދުވެގެން 10 މެޗުގެ ސަސްޕެންޝަން ދެވޭނެ ހާލަތްތައް އެފްއޭ އިން ވަރަށް ރަނގަޅަށް ޓީމުތަކަށް ހިއްސާކުރާނެ އެވެ. އަދި، ބައެއް ހާލަތްތަކުގައި މި ފަދަ މައްސަލަތަކުގައި ކުޅުންތެރިޔާގެ ފަރާތުން ލިބޭ އެއްބާރުލުމާއި ކުށަށް އިއުތިރާފުވެ، މާފަށް އެދޭ ހާލަތްތަކުގައި، އެކަން ފުރިހަަމަ އަށް ބެލުމަށް ފަހު، ހަ މެޗުގެ ސަސްޕެންޝަނެއް ދެވޭނެ ހާލަތެއް އޮންނަ ގޮތަށް ވެސް އުސޫލުތެރޭގައި ހިމަނަން އިނގިރޭސި އެފްއޭ އިން ވަނީ މަޝްވަރާކޮށްފަ އެވެ. 

ތަކުރާރުކޮށް ނަސްލީ ތަފާތުކުރުމުގެ ކަންކަމުގައި ބައިވެރިވާ ކުޅުންތެރިންނަށް 12 މެޗަށް ވުރެން ބޮޑު ސަސްޕެންޝަނެއް އައުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެފްއޭ އިން ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox