އާސެނަލް ވަރުގަދަ ކުރަން ކުރާ މަސައްކަތުގައި ފަހަތަށް ނުޖެހޭނެ ކަމަށް އާޓެޓާ ބުނެފި

Aug 2, 2026, 2:44 PM
އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

އާސެނަލްގެ ކޯޗު މިކޭލް އާޓެޓާ.

ލަންޑަން (އޮގަސްޓް 2) - އާސެނަލް ޓީމު ވަރުގަދަ ކުރަން ކުރާ މަސައްކަތުގައި ފަަހަތަށް ޖެހުމުގެ ވިސްނުމެއް ނެތް ކަމަށާއި އެކަން ކުރިއަށްދާ ކަމަށް އިނގިރޭސި ޕްރިމިއާ ލީގުގެ އެންމެ ފަހުގެ ޗެމްޕިއަން، އާސެނަލްގެ ކޯޗު، މިކޭލް އާޓެޓާ ބުނެފި އެވެ. 

މި ފަހަރުގެ ޓްރާންސްފާގައި އާސެނަލުން ވަނީ މިދިޔަ ސީޒަނުގައި އެ ޓީމަށް ކުުޅުނު ޑިފެންޑަރު، ޕިއޭރޯ ހިންކަޕިއޭގެ ކޮންޓްރެކްޓް ދާއިމީ ކޮށްފަ އެވެ. އެއީ، 50 މިލިއަން ޑޮލަރުގެ ޑީލެއްގަ އެވެ. އަދި، ކްލަބް ބްރޫޖަށް 50 މިިލިއަން ޑޮަލަރު ދީފައި ކްރިސްޓޯސް ޒޯލިސްގެ ސޮއި ހޯދި އާސެނަލުން ވަނީ ހިލޭ ޓްރާންސްފާއެއްގައި ލީޑްސް ޔުނައިޓެޑްގެ ކީޕަރު، އިލާން މެލިއޭ ގެނެސްފަ އެވެ. އާސެނަލުން ވަނީ 20 މިލިއަން ޑޮލަރަށް ލެއަންޑްރޯ ޓްރޮސާޑް ވިއްކާލުުމުގެ އިތުރުން 19 މިލިއަން ޑޮލަރަށް ޔަކޫބް ކީވިއޯ، ޕޯޓޯ އަށް ދޫކޮށްލައިފަ އެވެ. 

މީގެ އިތުރުން، ނިއުކާސަލް ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ގިމާރޭސް، 95 މިލިއަން ޑޮލަރުގެ ޑީލެއްގައި އާސެނަލާ ގުޅުމާ ގާތަށް ގޮސްފައިވާއިރު، ރެއާލް މެޑްރިޑްގެ ވިނީޝިއުސް ޖޫނިއާ އަކީ ވެސް އާސެނަލުން ފާރަލަމުން އަންނަ ކުޅުންތެރިއެކެވެ. 

އާ ސީޒަން ފެށެން ތިން ހަފްތާއެއްހާ ދުވަހަށް ވެފައިވާއިރު، ކުރިއަށް އޮތް ސީޒަނަށް އާސެނަލް ތައްޔާރުވާ މިންވަރާ ގުޅޭގޮތުން، އަދި ޓްރާންސްފާގެ ކަންކަމާ ބެހޭގޮތުން، ކުރި ސުވާލަަށް ދިން ޖަަވާބުގައި އާޓެޓާ ބުނީ، ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ. 

"ޓީމު ވަރުގަދަ ކުރަން ކުރާ މަސައްކަތް ހުއްޓައެއް ނުލަން. ވަރަށް ސާފުކޮށް އެކަން އޮތީ. ވަރަށް ގިނަ ހަރަކާތްތަކެއް ކުރިއަށް އޮތް ހަފްތާތަކުގައި ހިނގާނެ. އެހެން ހުރިހާ ޓީމެކޭ އެއްގޮތަށް އަހަރެމެން ވެސް މި ދަނީ ޓީމު ވަރުގަދަ ކުރަން މަސައްކަތް ކުރަމުން، މަޑުމަޑުން ތިބެގެން ވާދަވެރިންނަކާ ހަަމައެއް ނުކުރެވޭނެ. ޓްރާންސްފާ މާކެޓްގައި ވަރަށް ރަނގަޅަށް އެބަ ފެނޭ ކަންކަން ހިނގާ ގޮތް،" އާޓެޓާ ބުންޏެވެ. 

އޭނާ ބުނީ، އިނގިރޭސި ޕްރިމިއާ ލީގުގެ އެހެން ކްލަބްތަކުން ޓްރާންސްފާ މާކެޓްގައި ޓީމު ވަރުގަދަ ކުރުމަށްޓަކައި، އެކި ގޮތްގޮތުން މަސައްކަަތް ކުރަމުން އަންނަ ކަމަށާއި އާސެނަލުން ކާމިޔާބީ ތަކުރާރުކޮށް ކުރިން އޮތް ލެވަލަށް ވުރެން ކުރިއަށްދާނަަމަ، އިތުރަށް ޓީމު ރަނގަޅުކުރަން ޖެހޭނެ ކަމަށެވެ. 

 ބާވީސް އަހަރަށް ފަހު މިދިޔަ ސީޒަނުގައި އާސެނަލުން ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ތަށި އުފުލާލައިފަ އެވެ. އަދި، 20 އަހަރު ތެރޭ ފުރަތަމަ ފަހަރަށް ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވަނީ ކުޅެފަ އެވެ. އެކަމަކު، ޕެނަލްޓީ ޖަހައިގެން ޗެމްޕިއަންސް ލީގުގެ ފައިނަލުގައި އާސެނަލް ވަނީ ޕީއެސްޖީ އަތުން ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox