އާސެނަލުން ޓްރާންސްފާ ބަޖެޓް ރަނގަޅު ކުރަން ލެވިސް-ސްކެލީ ދޫކޮށްލަނީ

Aug 12, 2026, 12:25 PM
ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ވާދަވެރި ޓީމަކަށް ވެސް މައިލްސް ލެވިސް ސްކެލީ ވިއްކާލަން އާސެނަލުން ތައްޔާރު.

ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ވާދަވެރި ޓީމަކަށް ވެސް މައިލްސް ލެވިސް ސްކެލީ ވިއްކާލަން އާސެނަލުން ތައްޔާރު.

ލަންޑަން (އޮގަސްޓް 12) - އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، އާސެނަލުން އެ ކްލަބްގެ ޒުވާން ތަރި، މައިލްސް ލެވިސް-ސްކެލީ، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ދޫކޮށްލަން ތައްޔާރުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

އުމުރުން 19 އަހަރުގެ ލެވިސް-ސްކެލީ އަކީ މިދިޔަ ދެ ސިޒަނަށް ބަލާއިރު، އާސެނަލް އެކަޑަމީން ޕްރޮމޯޓްވެގެން އައިސް ފުރަތަމަ ޓީމުގައި އެންމެ ގިނަ މެޗު ކުޅެފައިވާ ކުޅުންތެރިޔާ އެވެ. އެ ގޮތުން، ވާތު ބެކަކަށް ކުޅުމުގެ އިތުރުން މިޑްފީލްޑް ލައިނުގެ އެކި މަަގާމުތަކަށް ވެސް ލެވިސް-ސްކެލީ ވަނީ ކުޅެފަ އެވެ. 

އެހެން ނަމަވެސް، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އާސެނަލުން ބޮޑު އަގު ދީފައި ނިއުކާސަލް ޔުނައިޓެޑްގެ ކެޕްޓަން، ބްރޫނޯ ގިމާރޭސް ގެނެސްފައިވާއިރު، ލެވިސް-ސްކެލީ އަށް ފުރަތަމަ ޓީމުން ޖާގަ ލިބުމުގެ ދަތިކަން ކުރިއަށް ވުރެން ވަނީ ބޮޑުވެފަ އެވެ.

Advertisement

އެ ގޮތުން، މެދު ތެރެއަށް ކުޅޭ ކުޅުންތެރިންގެ ގޮތުގައި އާސެނަލް ސްކޮޑުގައި، ގިމާރޭސްގެ އިތުރުން، ޑެކްލަން ރައިސް، މާޓިން އޮޑެގާޑް، މާޓިން ޒުބިމެންޑީ އަަދި މިކޭލް މެރީނޯ ހުރިއިރު، ވާތުބެކަށް ކުޅުމަށް، ރިކާޑޯ ކަލަފިއޯރީ އާއި ޕިއޭރޯ ހިންކަޕިއޭ އެބަހުއްޓެވެ. ލެވިސް-ސްކެލީ ކުޅޭ ދެ މަގާމަށް ވެސް ސީނިއާ ގިނަ ކުޅުންތެރިންތަކެއް ތިބިއިރު، އޭނާގެ ޑިވެލޮޕްމަންޓާއި، އާސެނަލްގެ ޓްރާންސްފާ ބަޖެޓަށް ވިސްނައި، އެ ކްލަބުން މިހާރު ނިންމާފައިވަނީ، ރަނގަޅު އޮފާއެއް ލިބިއްޖެނަމަ ލެވިސް-ސްކެލީ ދޫކޮށްލާށެވެ. 

އެ ގޮތުން، އިނގިރޭސި މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އާސެނަލުން ވަނީ، ލެވިސް-ސްކެލީ އަށް ޗެލްސީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ޝައުގުވެރިކަން ހުރިތޯ ބަލަން މަސައްކަތް ފަށައިފަ އެވެ. 

އިނގިރޭސި ގައުމީ ޓީމަށް ވެސް ކުޅެފައިވާ ލެވިސް-ސްކެލީ އާއި މެންޗެސްޓާ ޔުނައިޓެޑްގެ ފޯވާޑް، މާކަސް ރެޝްފޯޑް ބަދަލުކުރުމަކީ ރަނގަޅު ޑީލަކަށް ވާނެ ކަމަށް ވެސް ބައެއް މީޑިއާތަކުން. ވަނީ ރިޕޯޓްކޮށްފަ އެވެ. މިދިޔަ ސީޒަނުގައި ލޯނަކަށް ބާސެލޯނާ އަށް ކުޅުނު ރެޝްފޯޑްގެ އެއްބަސްވުން އެ ކްލަބުން ދާއިމީ ނުކުރުމުން، އޭނާ މި ވަގުތު ހުރީ ޔުނައިޓެޑްގަ އެވެ. 

އާސެނަލަށް ޖުމްލަ އެކު، 75 މެޗު ކުޅެދީފައިވާ ލެވިސް-ސްކެލީ ހޯދަން، ޗެލްސީން ވެސް މަސައްކަތްކުރާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox