ބްރެޒިލްގެ ގިމާރޭސް އާސެނަލާ ގުޅެނީ ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި

Aug 1, 2026, 11:14 AM
ނިއުކާސަލް އަށް ކުޅޭ ބްރެޒިލް ގައުމީ ޓީމުގެ މިޑްފީލްޑަރު، ބްރޫނޯ ގިމާރޭސް.

ނިއުކާސަލް އަށް ކުޅޭ ބްރެޒިލް ގައުމީ ޓީމުގެ މިޑްފީލްޑަރު، ބްރޫނޯ ގިމާރޭސް.

ލަންޑަން (އޮގަސްޓް 1) - ނިއުކާސަލް ޔުނައިޓެޑްގެ ކެޕްޓަން، ބްރެޒިލްގެ މިޑްފީލްޑަރު، ބްރޫނޯ ގިމާރޭސް ފަސް އަހަރުގެ ކޮންޓްރެކްޓެއްގައި، އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަން، އާސެނަލަށް ބަދަލުވާން އެއްބަސްވުމަކަށް އަތުވެފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

މި ފަަހަރުގެ ޓްރާންސްފާ މާކެޓް ފެށުނުތަނާހެން އާސެނަލުން ގިމާރޭސްއާ އެކު މަޝްވަރާތައް ފެށި އެވެ. އަދި، ނިއުކާސަލްއާ އެކު ފަހުން ވާހަކަތައް ކުރިއަށްގެންގޮސް، ރިޕޯޓްތައް ބުނާގޮތުން، އާސެނަލުން ގިމާރޭސް ގެންނާނީ ޖުމްލަ އެކު، 95 މިލިއަން ޑޮލަރު ދައްކާ ޑީލެއްގެ ދަށުންނެވެ. 

ފްރާންސާއި އިނގިރޭސި ބައެއް ނޫސްތަކުން ރިޕޯޓްކުރާގޮތުގައި، ކުރިން ލިޔޯނަށް ކުޅުނު ގިމާރޭސް ގަންނަން އާސެނަލުން އެންމެ ފުރަތަމަ ދައްކާނީ 85 މިލިއަން ޑޮލަރެވެ. ބާކީ 10 މިލިއަން ޑޮލަރު ދޭނީ، އާސެނަލްގައި ހުރެ އޭނާ ހާސިލްކުރާ ކަންކަމަށް ބަލައިފަ އެވެ. 

Advertisement

އުމުރުން 28 އަހަރުގެ ގިމާރޭސް، 2022 ވަނަ އަހަރު ނިއުކާސަލް އަށް ސޮއިކުރުމަށް ފަހު، ފާއިތުވި ސީޒަންތަކުގައި ވަނީ އެ ޓީމަށް މޮޅު ކުޅުމެއް ދައްކައި، ޓީމުގެ ކެޕްޓަން ބޭންޑް ވެސް ހާސިލްކޮށްފަ އެވެ. ނިއުކާސަލް އަށް 195 މެޗުން 31 ގޯލު ޖަހައިދީފައިވާ ގިމާރޭސް، އާސެނަލަށް ގެންދިއުމަށްޓަކައި، އެ ޓީމަށް ކުޅޭ ބްރެޒިލްގެ ގަބްރިއެލް މަގާޅައެސް އާއި ގަބްރިއެލް މާޓިނެލީ އަދި ގަބްރިއެލް ޖީސޫސް ވަނީ ވަރަށް ބާރުއަޅައިފަ އެވެ. 

މި ފަހަރުގެ ޓްރާންސްފާ މާކެޓް ފެށުނު ފަހުން، ނިއުކާސަލްގެ މުހިންމު ގިނަ ކުޅުންތެރިންތަކެއް ވަނީ އެ ޓީމު ދޫކޮށްލައިފަ އެވެ. އެ ގޮތުން، އިނގިރޭސި ފޯވާޑް، އެންތަނީ ގޯޑަން ބާސެލޯނާ އަށް ބަދަލުވިއިރު، އިޓަލީގެ މިޑްފީލްޑަރު ސަންޑްރޯ ޓޮނާލީ ގުޅުނީ ޓޮޓެންހަމް ހޮޓްސްޕާސްއާ އެވެ. އަދި، މިހާރު އޮތްގޮތުން ގިމާރޭސް އާސެނަލަށް ސޮއިކުރާނެ އެވެ. 

ގިމާރޭސް ވަނީ، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ބޭއްވި ފީފާ ވޯލްޑް ކަޕްގައި ބްރެޒިލްގެ މެޗުތަކުގައި ފުރަތަމަ އެގާރައިގައި ހިމެނިގެން ވެސް އެ ޓީމަށް ކުޅެދީފަ އެވެ. 

ނިއުކާސަލް ޔުނައިޓެޑަށް ފަސް އަހަރު ކޯޗުކޮށްދިން އެޑީ ހޯވް ވަނީ އެ ޓީމުގެ ކޯޗުގެ މަގާމުން އަމިއްލަ އަށް ވަކިވެފަ އެވެ. ނިއުކާސަލްއާ ހަވާލުވާނެ ކަމަށް ބެލެވެނީ، ސައުދީ ޕްރޯ ލީގުގައި މަަސައްކަތްކުރި މަތިއަސް ޔައިސްލާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox