7 އަހަރުގެ ޑީލެއްގައި އާޖެންޓީނާގެ ބާކޯ ޗެލްސީ އަށް

Aug 3, 2026, 9:14 AM
އާޖެންޓީނާ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ބާކޯ އުފާފާޅުކުރަނީ.

އާޖެންޓީނާ މެޗެއްގެ ތެރެއިން ލަނޑު ޖެހުމަށް ފަހު ބާކޯ އުފާފާޅުކުރަނީ.

ލަންޑަން (އޮގަސްޓް 3) - އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ބޭއްވި ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލަށް ދަތުރުކުރި އާޖެންޓީނާގެ ސްކޮޑުގައި ހިމެނުނު މިޑްފީލްޑަރު، ވަލެންޓިން ބާކޯ، ފްރާންސްގެ ސްޓްރާސްބޯ ދޫކޮށ ހަތް އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީ އަށް ބަދަލުވެއްޖެ އެވެ. 

އުމުރުން 21 އަހަރުގެ ބާކޯ އަކީ، މި ސީޒަނުގައި ޒަބީ އަލޮންސޯ ކޯޗުކަމާ ހަވާލުވި ޗެލްސީން، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި ގެނައި ހަ ވަނަ ކުޅުންތެރިޔާ އެވެ. ޗެލްސީން މި ފަހަރު ސޮއިކުރި ކުޅުންތެރިންނަކީ، މޯގަން ރޮޖާސް، ޑެނީ ވެލްބެކް، އެމަނުއަލް އެމެގާ، މެކްސެންސް ލަކްރޯ އަދި މާކޯ ޕަލެސްޓްރާ އެވެ. 

ބާކޯ ވަނީ މީގެ ކުރިން ޕްރިމިއާ ލީގުގައި އެއް އަހަރު ހޭދަކޮށްފަ އެެވެ. ބޮކަ ޖޫނިއާސްގެ ޔޫތު ޓީމުތަކަށް ކުޅުނު ބާކޯ އެންމެ ފުރަތަމަ ޔޫރަޕްގެ ކްލަބަކަށް ބަދަލުވީ، އިނގިރޭސި ޕްރިިމިއާ ލީގުގެ ބްރައިޓަަން ހޯލްވް އެންޑް އަލްބިއަން އަށެވެ. އެ ގޮތުން، 2024 ވަނަ އަހަރު ބްރައިޓަން އަށް 10 މިލިއަން ޑޮލަރަށް ބަަދަލުވި ބާކޯ، އެ ކްލަބްގައި ހޭދަކުރީ އެންމެ އަހަރަކެވެެ. 

ފްރެންޗް ލީގުގެ ސްޓްރާސްބޯ އަށް ބާކޯ ފުރަތަމަ ލޯން ޑީލެއްގައި ގުޅުމަށް ފަަހު، ފަހުން އެއްބަސްވުން ދާއިމީ ކުރީ އެވެ. ޗެލްސީން ދިގު މުއްދަތުގެ ކޮންޓްރެކްޓެއްގައި ބާކޯ ސޮއިކުރީ ކިހާ ވަރެއްގެ ޓްރާންސްފާ ފީއެއް ދައްކާފައިކަން މީޑިއާގައި ހާމަކޮށްފައިނުވި ނަމަވެސް، ރިޕޯޓްތައް ބުނާގޮތުން، އެ ފީ 20 މިލިއަން ޑޮަލަރަށް ވުރެން އިތުރެވެ. 

ސްޓްރާސްބޯ އަކީ ވެސް ޗެލްސީ ހިންގާ ކޮންސޯޓިއަމް ލީޑުކުރާ އެމެރިކާގެ މަހުޖަނު ޓޮޑް ބޯލީގެ ކުންފުންޏެއް ކަމަށްވާ ކްލިއާލޭކް ކެޕިޓަލްސް އިން ހިންގާ ޓީމެކެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox