ރެއާލް މެޑްރިޑުން ލިބުނު މާޔޫސްކަން އަލޮންސޯގެ ހިތުން ފިލައިފި

Aug 5, 2026, 12:13 PM
ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯ.

ޗެލްސީގެ ކޯޗު ޒަބީ އަލޮންސޯ.

ލަންޑަން (އޮގަސްޓް 5) - ހަތް މަހެއްހާ ދުވަހު ރެއާލް މެޑްރިޑްގެ ކޯޗަކަށް ހުރެފައި މަގާމުން ދުރުވާން ޖެހުމުން އެ ލިބުނު މާޔޫސްކަން މިހާރު އޭނާގެ ހިތުން ފިލައިފި ކަމަށް ޗެލްސީގެ ކޯޗުކަމާ ހަވާލުވެ ހުރި ސްޕެއިނުގެ ޒަބީ އަލޮންސޯ ބުނެފި އެވެ. 

ކުރިން ބަޔާ ލެވަކޫސަަނަށް ކޯޗުކޮށްދިން އަލޮންސޯ، މިދިޔަ އަހަރުގެ މެއި މަހު ރެއާލްގެ ކޯޗުކަމާ ހަވާލުވެ، އެ މަގާމުގައި ހުރެވުނީ 233 ދުވަހެވެ. މި އަހަރުގެ ޖެނުއަރީ މަހު ރެއާލުން ނިންމީ އޭނާ ވަކިކުރާށެވެ.

ކޯޗިން ކެރިއަރު އަލުން ކުރިއަށްގެންދިއުމަށްޓަކައި، އަލޮންސޯ، ޗެލްސީގެ ކޯޗުކަމާ ހަވާލުވީ ހަތަރު އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. 

"ނަސީބަކުން އަހަރެންގެ ކެރިއަރުގައި މާޔޫސްވާންޖެހޭ މާ ގިނަ ކަންތައްތަކެއް ނެތް ކުރިމަތިވެފައެއް. މާޔޫސްކަމެއް ކުރިމަތިވި (މި ފަހުން) އެކަމަކު، މިހާރު ހިތުން ފިލައިފި. މިހާރު އަމާޒުކަނޑައަޅައިގެން މި ހުރީ ދެން އޮތް ހަރުފަތަށް ދާން. އެ މަސައްކަތް ހަގީގަތުގައި ފަށައިފިން މެޑްރިޑާ ހަމައިން،" ރެއާލަށް 34 މެޗުގައި ކޯޗުކޮށްދިން އަލޮންސޯ، އެ ޓީމުގައި ހޭދަކުރި ތަޖުރިބާ އަށް އިޝާރާތްކޮށް ބުންޏެވެ. 

"އަހަރެން ބޭނުންވި ގޮތަށް އެ ނުދިޔަ ކަންކަމާ ހެދި އަހަރެން އަމިއްލަ ނަފްސާ ވަރަށް ސުވާލުކުރިން. އެއީ، ކޮންކަމެއްތޯ ހަގީގަތުގައި އަހަންނަށް އިތުރަށް ރަނގަޅަށް ކުރެވޭނީ. އެންމެ ބޮޑަށް ކަންކަން ދަސްވާނީ، ބޭނުންވާ ގޮތަށް ކަންކަން ނުވާއިރު،" 

ކުރިން ލިވަޕޫލަށް ކުޅުނު އަލޮންސޯ، އެނބުރި އިނގިރޭސި ފުޓްބޯޅަ އަށް މި އައީ 17 އަހަރަށް ފަހު އެވެ. ލިވަޕޫލްގެ ކޯޗުކަމާ އަލޮންސޯ ހަވާލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރުނު ނަމަވެސް، އޭނާ ހަވާލުވީ ޗެލްސީއާ އެވެ.

މިދިޔަ ސީޒަނުގައި ޗެލްސީން، އިނގިރޭސި ޕްރިމިއާ ލީގުގެ 10 ވަނައިގައި ނިންމިިއިރު، އެ ޓީމަށް އެންމެ ފަހުން ލީގުގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނެވުނީ ވެސް 2017 ވަނަ އަހަރު އެވެ. އެއީ، އެންޓޯނިއޯ ކޮންޓޭގެ ކޯޗުކަމުގައި އެ ޓީމުން 2016-2017 ވަނަ ސީޒަނުގައި ލީގުގެ ޗެމްޕިއަންކަން ހޯދިއިރު އެވެ. 

މިދިޔަ ސީޒަނުގައި ޗެލްސީން ވަނީ ދެ ކޯޗުން މަގާމުން ވަކިކޮށްފަ އެވެ. އެއީ، މިހާރު މެންޗެސްޓާ ސިޓީއާ ހަވާލުވެ އެ ހުރި އިޓަލީގެ އެންޒޯ މަރެސްކާ އާއި ސްޓްރާސްބޯގެ ކޯޗަކަށް ހުއްޓައި ގެނައި ލިއަމް ރޮސެނިއާ އެވެ.

އަލޮންސޯ ބުނީ، އޭނާ ޗެލްސީގެ ވަޒީފާއާ ހަވާލުވީ، އެ މަގާމުގައި ހުންނައިރު، އަންނާނެ ޑިމާންޑްތައް އެނގިހުރެ ކަމަށެވެ. 

"ބޭރުން ބަލާއިރު ވެސް އަހަންނަށް ޗެލްސީގެ މަންޒަރު ވަރަށް ރަނގަޅަށް ފެނޭ. ޕޮޒިޓިވް ކަންތައްތައް ވެސް އެބަހުރި ދެން އަހަރެން ވިސްނަން ޖެހޭ ކަންކަން ވެސް ހުރި. އެހެންވީމަ، އެ ކަންކަމާ މެދު އަހަރެން ވިސްނައި، ހައްލު ހޯދާނަން،" އަލޮންސޯ ބުންޏެވެ.

"މިދިޔަ ސީޒަން ނިމުނުއިރު ޓީމުގެ ހާލަތު އޮތްގޮތުން ވަރަށް ގޯސްހެން ހީވިޔަސް ހަގީގަތުގައި އެ ގޮތަަކަށް ނޫން އޮތީ. އެކުގައި މަސައްކަތްކޮށްފިއްޔާ ކުރު މުއްދަތެއްގައި ވެސް ރަނގަޅުކުރެވޭނެ ކަންކަން ގިނަ،" 

ފުޓްބޯޅަ ލީގުތަކުގެ ތަފާސް ހިސާބުތަކުން ދައްކާ ގޮތުގައި، 2022-2023 ވަނަ ސީޒަނުގެ ފަހުން، އަލޮންސޯ ހަވާލުވެ ހުރި ޓީމުތަކުން، އެވްރެޖްކޮށް މެޗަކަށް 2.2 ޕޮއިންޓް ހޯދާފައިވެ އެވެ. އޭނާ އަށް ވުރެން ރެކޯޑް ރަނގަޅީ ޕީއެސްޖީގެ ލުއިސް އެންރީކޭ އާއި ރެއާލް މެޑްރިޑްގައި ހުރި ކާލޯ އަންޗެލޮޓީ އެވެ. އެންރީކޭ، 2.34 ޕޮއިންޓް މެޗަކަށް ހޯދާފައިވާއިރު، އަންޗެލޮޓީ ވަނީ 2.25 މެޗަކަށް ހޯދައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox