ހެންޑަސަން ބުނީ ޗެލްސީން ލިބުނީ "ދޫނުކޮށްލެވޭނެ ފުރުސަތެއް" ކަމަށް

Aug 4, 2026, 11:08 AM
ހެންޑަސަން، ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރުމުގެ ތެރެއިން.

ހެންޑަސަން، ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރުމުގެ ތެރެއިން.

ލަންޑަން (އޮގަސްޓް 4) - ދެ އަހަރުގެ ކޮންޓްރެކްޓެއްގައި ޗެލްސީ އަށް ބަދަލުވާން ނިންމި އެންމެ ބޮޑު ސަބަަބަކީ އެ ކްލަބުން ލިބުނީ ދޫނުކޮށްލެވޭނެ ފުރުސަތަކަށްވާތީ ކަމަށް އިނގިރޭސި މިޑްފީލްޑަރު، ޖޯޑަން ހެންޑަސަން ބުނެފި އެވެ. 

އުމުރުން 36 އަހަރުގެ ހެންޑަސަންގެ ކެރިއަރުގެ އެންމެ މުހިންމު އަހަރުތައް ހޭަދަކުރީ ލިވަޕޫލްގެ ކެޕްޓަނެއްގެ ގޮތުގަ އެވެ. އެ ގޮތުން، ތިރީސް އަަހަރަށް ފަހު ލިވަޕޫލުން އިނގިރޭސި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ހޯދިއިރާއި ސާދަ އަހަރަށް ފަހު ޗެމްޕިއަންސް ލީގުގެ ތަށި އުފުލާލިއިރު، ކެޕްޓަނަކީ ހެންޑަސަން އެވެ. މީގެ އިތުރުން، ހެންޑަސަން ލީޑަރަކަށް ހުރެ، ލިވަޕޫލުން ޔުއެފާ ސުޕަ ކަޕާއި ފީފާ ކްލަބް ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ވެސް ހޯދި އެވެ. 

ލިވަޕޫލް ދޫކޮށް، 2023 ވަނަ އަހަރު ހެންޑަސަން ފުރަތަމަ ބަދަލުވީ ސައުދީ ޕްރޯ ލީގުގެ އަލް އިއްތިފާގަށެވެ. އޭގެ ފަހުން، ނެދަލެންޑްސްގެ އަޔަކްސް އަށް ވެސް ކުޅުމަށް ފަހު، މިދިޔަ ސީޒަން ފެއްޓުމުގެ ކުރިން، އެނބުރި ޕްރިމިއާ ލީގަށް އައީ ބްރެންޓްފޯޑަށެވެ. މިދިޔަ ސީޒަނުގައި ބްރެންޓްފޯޑަށް 32 މެޗު ކުޅުނު ހެންޑަސަން، އެ ޓީމުގެ އެއްބަސްވުން ނިމުމަކަށް ގެނައީ، ޗެލްސީގެ ހުށަހެޅުމެއް ލިބުމުންނެވެ. 

Advertisement

ހެންޑަސަން ބުނީ، ޗެލްސީ އަށް ބަދަލުވުމުގައި އެ ކްލަބްގެ ކޯޗަކަށް ހުރި ލިވަޕޫލްގެ ކުރީގެ މިޑްފީލްޑަރު، ޒަބީ އަލޮންސޯ މުހިންމު ދައުރެއް އަދާކުރި ކަމަށެވެ. 

ހެންޑަސަން، ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރުމުގެ ތެރެއިން.
ހެންޑަސަން، ޗެލްސީގެ ކުޅުންތެރިއެއްގެ ގޮތުގައި ތައާރަފްކުރުމުގެ ތެރެއިން.

"ޗެލްސީ ފަދަ ކްލަބެއްގެ ސައިޒާއި، އަލޮންސޯ ފަދަ އަހަރެން ވަރަށް އިހުތިރާމްކުރާ ކޯޗެއް ހުއްޓައި، ޗެލްސީގައި މި އޮތް ސްކޮޑު ފަދަ ވަރުގަދަ ޓީމަކާ އެކު މަސައްކަތްކުރަން ލިބޭ ފުރުސަތަކީ ދޫނުކޮށްލެވޭނެ އެއްޗެއް،" ސަންޑަލެންޑުން ކެރިއަރު ފެށި ހެންޑަސަން ބުންޏެވެ. 

ހެންޑަސަން ބުނީ، ޗެލްސީގައި ހުރެ ލިބޭ ކޮންމެ ފުރުސަތެއްގެ ބޭނުން އެންމެ ރަނގަޅަށް ހިފައި، އެ ކްލަބް ދާން ބޭނުންވާ މިސްރާބުން ކުރިއަށް ގެންދިއުމަށްޓަކައި، އޭނާ އަށް ކޮށްދެވުނު ހުރިހާ ކަމެއް ކުރުމަށްޓަކައި ތައްޔާރަށް ހުރި ކަމަށެެވެ. 

އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި މި ފަހަރު ކުރިއަށްދިޔަ ފީފާ ވޯލްޑް ކަޕްގެ ތިން ވަނަ އިންގްލެންޑުން ހޯދިއިރު، އެ ޓީމުގައި ވެސް ހެންޑަސަން ހިމެނެ އެވެ. 

މި ފަހަރުގެ ޓްރާންސްފާގައި ޗެލްސީން ގެނައި ކުޅުންތެރިންނަށް ބަލާއިރު، ކަޒަކްސްތާންގެ ފޯވާޑް ޑަސްޓާސް ސަޓްޕައޭވް، ބްރެޒިލްގެ ވާތުބެކް ޑެނެއާ، ނެދަލެންޑްސްގެ ފޯވާޑް އެމަނުއެލް އެމެގާ، ޕޯޗުގަލްގެ ވިންގް ޖިއޮވާނީ ކުއެންޑާ، އިޓަލީގެ ވާތުބެކް މާކޯ ޕަލެސްޓްރާ، އެސްޓަން ވިލާގެ މިޑްފީލްޑަރު މޯގަން ރޮޖާސް، ސްޓްރާސްބޯގެ ވަލެންޓިން ބާކޯ، ބްރައިޓަންގެ ޑެނީ ވެލްބެކް އަދި ހެންޑަސަން ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox