ރޮޑްރީ ގޮސްފިނަމަ ސިޓީގެ ޓާގެޓަކީ އެންޒޯ

Aug 8, 2026, 9:27 AM
ޗެލްސީ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ފެނާންޑޭސް އުފާފާޅުކުރަނީ.

ޗެލްސީ އަށް ލަނޑެއް ޖަހައިދިނުމަށް ފަހު ފެނާންޑޭސް އުފާފާޅުކުރަނީ.

މެންޗެސްޓާ (އޮގަސްޓް 8) - މެންޗެސްޓާ ސިޓީގެ ކެޕްޓަން، ރޮޑްރީގޯ (ރޮޑްރީ)، މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި އެ ކްލަބް ދޫކޮށްލައިފިނަމަ، ބަދަލުގައި ގެންނަން ނިންމާފައިވަނީ ޗެލްސީގެ އާޖެންޓީނާގެ މިޑްފީލްޑަރު، އެންޒޯ ފެނާންޑޭޒް ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. 

ފީފާ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި، 30 އަހަރުގެ ރޮޑްރީ ހޯދަން ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ރެއާލް މެޑްރިޑާއި ބާސެލޯނާ އިން އަންނަނީ ވާދަކުރަމުންނެވެ. ބުރަކަށީގެ އަނިޔާ އަކަށް ފަރުވާ ހޯދަމުން އަންނަ ރޮޑްރީގެ އޭޖެންޓް ވަނީ، ބާސެލޯނާ އަކީ ރޮޑްރީ ކްލަބް ބަދަލުކުރާނަމަ އިހުތިޔާރުކުރާ ޓީމު ކަަމަށް ބުނެފަ އެވެ. 

އެއާ އެކު، ބާސެލޯނާ އިން ރޮޑްރީގެ ސޮއި ހޯދަން ވަނީ 50 މިލިއަން ޑޮލަރުގެ ބިޑެއް ކޮށްފަ އެވެ. އެހެން ނަަމަވެސް، ބާސެލޯނާގެ އެ އޮފާ އަނބުރާ ފޮނުވާލުމަށް ފަހު، ސިޓީން ނިންމާފައިވަނީ އެންމެ ކުޑަ އަގެއްގައި ވެސް ރޮޑްރީ ދޫކޮށްލާނީ، 90 މިލިއަން ޑޮލަރުގެ ޑީލެއްގައި ކަމަށް ބާސެލޯނާ އަށް އަންގައިފަ އެވެ. 

މީގެ ހަ އަހަރު ކުރިން ސިޓީން ރޮޑްރީގެ ސޮއި ހޯދަން އެތުލެޓިކޯ އަށް 73 މިލިއަން ޑޮލަރުގެ ފީއެއް ޖުމްލަ އެކުގައި ދެއްކި އެވެ. ކްލަބް ލެވަލްގައި ސިޓީގައި ހުރެ ހޯދޭނެ ބޮޑެތި ހުރިހާ ކާމިޔާބީއެއް ރޮޑްރީ ވަނީ ހާސިލްކޮށްފަ އެވެ. ބެލޮންޑިއޯ އެވޯޑް ވެސް ހާސިލްކޮށްފައިވާ ރޮޑްރީ ވަނީ، ސިޓީ އަށް މިހާތަނަށް ކުޅެދިން، 298 މެޗުން 28 ލަނޑު ޖަަހައި، 32 ލަނޑުޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން އެންޒޯ (ކ) އާއި ރޮޑްރީ.
ވޯލްޑް ކަޕްގެ ފައިނަލް މެޗުގެ ތެރެއިން އެންޒޯ (ކ) އާއި ރޮޑްރީ.

ގަތަރުގައި 2022 ވަަނަ އަހަރު ބޭއްވި ވޯލްޑް ކަޕްގެ ޗެމްޕިއަންކަން އާޖެންޓީނާ އިން ހޯދިއިރު، އެ މުބާރާތުގެ އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ، އެންޒޯ، 25، އެ މުބާރާތަށް ފަހު، ދެން އައި ޓްރާންސްފާ މާކެޓްގައި، ބެންފީކާ ދޫކޮށް ޗެލްސީ އަށް ސޮއިކުރީ ބޮޑު އަގުގަ އެވެ.

އެ ގޮތުން، އެންޒޯގެ ސޮއި ހޯދަން ޗެލްސީންް 130 މިލިއަން ޑޮލަރު ދެއްކި އެވެ. 

ޗެލްސީގެ މެނޭޖްމަންޓާ މިދިޔަ ސީޒަންގެ ތެެރެއިން ޖެހުނު މައްސަލައެއްގައި މި ފަަހަރުގެ ޓްރާންސްފާގައި އެންޒޯ އެ ޓީމު ދޫކޮށްލާނެ ކަމަށް އޮތީ ބެލެވިފަ އެވެ.

އެކަމަކު، ޗެލްސީގެ އާ ކޯޗު ޒަބީ އަލޮންސޯގެ ޕްލޭނުގައި އެންޒޯ އަކީ މުހިންމު ކުޅުންތެރިއެއް ކަމަށްވަނީ ބުނެފަ އެވެ.

ސިޓީން އެންޒޯ ގެންނަން އެންމެ ބޮޑަށް ބާރު އަޅަނީ، މިދިޔަ ސީޒަން ފެށިއިރު ޗެލްސީގަައި ހުރި ކޯޗު އެންޒޯ މަރެސްކާ އެވެ. މަރެސްކާ އަށް މިދިޔަ އަހަރު ފަހުކޮޅު، ޗެލްސީގެ ކޯޗުކަން ގެއްލުނުއިރު، އޭނާ ވަނީ، ޕެޕް ގާޑިއޯލާ، 10 އަހަރަށް ފަހު، ސިޓީ ދޫކޮށްލުމުން އެ ޓީމުގެ ކޯޗުގެ ޒިންމާއާ ހަވާލުވެފަ އެވެ. އިޓަލީ އަށް އުފަން މަރެސްކާ ވަނީ މީގެ ކުރިން ގާޑިއޯލާގެ އެސިސްޓަންޓް ކޯޗަކަށް ސިޓީގައި މަސައްކަތްކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox