21 މަސް ދުވަސް ފަހުން މުޑްރިކް އަށް ފުޓްބޯޅަ ކުޅެން ފުރުސަތު

Aug 1, 2026, 11:01 AM
ޗެލްސީގެ ޔޫކްރެއިންގެ ތަރި މިހައިލޯ މުޑްރިކް.

ޗެލްސީގެ ޔޫކްރެއިންގެ ތަރި މިހައިލޯ މުޑްރިކް.

ލަންޑަން (އޮގަސްޓް 1) - މަނާބޭހުގެ މައްސަލައެއްގައި ތާށިވެފައި ހުރި ޗެލްސީގެ ޔޫކްރެއިންގެ ތަރި، މިހައިލޯ މުޑްރިކްގެ ސަސްޕެންޝަންގެ މައްސަލައިގައި ހައްލެއް ލިބި، 21 މަސް ދުވަސް ފަހުން، އަލުން ކުޅުމުގެ ތެރެއަށް އަންނަން ފުރުސަތު ފަހިވެއްޖެ އެެވެ. 

އުމުރުން 25 އަހަރުގެ މުޑްރިކް މަނާބޭހެއް ބޭނުންކުރި މައްސަލަ ދިގުލައިދާތީވެ، އޭނާ ވަނީ މި އަހަރު ކުރީކޮޅުގައި، އެކަމަށް ހައްލެއް ހޯދަން، ކުޅިވަރުގެ އެންމެ މަތީ ކޯޓު، ކޯޓް އޮފް އާބިޓްރޭޝަން ފޯ ސްޕޯޓްސް (ކާސް) އަށް ހުށަހަޅައިފަ އެވެ. 

މުޑްރިކްގެ ޔޫރިން ޓެސްޓަކުން މަނާބޭހަށް ޕޮޒިޓިވްވި މައްސަލައެއްގައި އޭނާ އަށް ވަގުތީ ސަސްޕެންޝަނެއް އައީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އޭގެ ފަހުން، 2025 ވަނަ އަހަރުގެ ޖޫން މަހު، މުޑްރިކް އަށް އިނގިރޭސި އެފްއޭ އިން އައި ސަސްޕެންޝަނުގައި އޮތީ ހަތަރު އަހަރެވެ. އެކަމަކު، މުޑްރިކް އަށް ދީފައިވާ މި ސަސްޕެންޝަނުގެ ފުރިހަމަ މައުލޫމާތުތަކެއް އިނގިރޭސި އެފްއޭ އިން ހުށަހަޅާފައިނުވެ އެވެ. މި ކަހަލަ މައްސަލަތަކުގައި އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު، މުޑްރިކް އަށް މި ސަސްޕެންޝަނުން ސަލާމަތްވެ، އެންމެ އަވަހަށް ކުޅުމަށް އެނބުރި އާދެވޭނީ، 2028 ވަނަ އަހަރުގެ ޑިސެމްބަރު މަހު އެވެ. އެކަމަކު، މުޑްރިކް މި ވަނީ، މި މައްސަލައިގައި ހަގީގަތް ސާފުކޮށް، އޭނާ އަށް ދިފާއީ ގޮތުން ވާހަކަ ދައްކަން ފުރުސަތު ހޯދުމުގެ ގޮތުން ކާސް އަށް މައްސަލަ ހުށަހަޅައިފަ އެވެ. 

ކާސް އިން ރަނގަޅަށް މައްސަލަ ނުފަށަނީސް، އިނގިރޭސި އެފްއޭ އިން ނިންމާފައިވަނީ، މުޑްރިކްގެ މައްސަަލަ މިހާރު ނިމިފައިވާ ކަމަށެވެ. އެއީ، މި މައްސަލައިގައި މުޑްރިކް އަށް އަންނަން ޖެހޭ ވަރުގެ އަދަބަކާ އެއްވަރުގެ މުއްދަތެއް ކުޅުމާ ދުރުގައި އޭނާ މިހާތަނަށް ވެސް ހުރެފައިވާތީ އެވެ. 

އާސެނަލްގެ ޑީލެއް، 2023 ވަނަ އަހަރު، ހައިޖެކްކުރުމަށް ފަހު، ޗެލްސީން މުޑްރިކްގެ ސޮއި ހޯދީ ޔޫކްރެއިންގެ ޝަހުތަރު ޑޮނެސްކަށް 100 މިލިއަން ޑޮލަރު ދައްކައިފަ އެވެ. ޗެލްސީ އަށް ކުޅުނު 73 މެޗުން މުޑްރިކަށް ޖެހުނީ އެންމެ 10 ގޯލެވެ. ސަސްޕެންޝަންގައި ހުރި ނަމަވެސް، ޗެލްސީން އަންނަނީ ބަރާބަރަށް މުޑްރިކްގެ މުސާރަ ދެމުންނެވެ.  އެއީ، އަހަރަކަށް ގާތްގަނޑަކަށް ހަތް މިލިއަން ޑޮލަރެވެ. 

އަލުން ކުޅުމުގެ ފުރުސަތު ލިބުމުން ވަރަށް ބޮޑަށް ހިތްހަމަޖެހިފައި ހުރި މުޑްރިކް ބުނީ، އޭނާގެ ކެރިއަރުގެ އެންމެ އުނދަގޫ ދުވަސްތައް ނިމުމަކަށް އަތުވެ، އަލުން ކުޅުމަށް އެނބުރި އާދެވުމަކީ ލިބުނު ބޮޑު ނަސީބެއް ކަމަށެވެ. 

ޗެލްސީން ބުނީ، މުޑްރިކްގެ ފިޓްނަސް ރަނގަޅު ކުރުމަށްޓަކައި މަސައްކަތް ފަށާފައިވާ ކަމަށާއި އެ ކްލަބްގެ ޕްރީ ސީޒަން ޓުއާގަައި ވަރަށް އަވަހަށް އޭނާ ބަައިވެރިވާނެ ކަމަށެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox