ވީއޭއެމް ކަޕްގެ އެންމެ ފަހުގެ ޗެމްޕިއަން ސިފައިން ފެށީ އުނދަގޫ މޮޅަކުން

Aug 14, 2026, 1:50 PM
ދަޑިމަގު ކައިރިން ޕޮއިންޓެއް ހޯދުމަށް ފަހު ސިފައިންގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ދިވެހި ސިފައިންގެ ކްލަބް / ގާފު ސްޕޯޓްސް

ދަޑިމަގު ކައިރިން ޕޮއިންޓެއް ހޯދުމަށް ފަހު ސިފައިންގެ ޓީމުގެ ކުޅުންތެރިން އުފާފާޅުކުރަނީ.--- ފޮޓޯ: ދިވެހި ސިފައިންގެ ކްލަބް / ގާފު ސްޕޯޓްސް

މިހާރު ކުރިއަށްދާ ވޮލީބޯލް އެސޯސިއޭޝަން ކަޕްގެ ފިރިހެން ޑިވިޝަންގެ އެންމެ ފަހުގެ ޗެމްޕިއަން، ދިވެހި ސިފައިންގެ ކްލަބުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި، ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން އަތުން އުނދަގޫ މޮޅެއް ހޯދައިފި އެވެ. 

ސިފައިން ހިމެނެނީ އަށް ޓީމު ވާދަކުރާ މި ފަހަރުގެ ވީއޭއެމް ކަޕްގެ ގްރޫޕް ބީގަ އެެެވެ. އިއްޔެ، ހަވީރު އެ ޓީމުން ކުޅުނު މެޗުގައި، ދަޑިމަގު އަތުން މޮޅުވީ 3-2 ސެޓުންނެވެ. އަދި، މި ގްރޫޕްގައި ރޭ ކުޅުނު މެޗުން، ކްލަބް އެމްޓީސީސީން ވަނީ ސީދާ ތިން ސެޓުން ސަން ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. 

ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި އިއްޔެ ކުޅުނު މެޗުގެ ފުރަތަމަ ދެ ސެޓު ދަޑިމަގުން ވަނީ 21-25، 23-25 އިން ގެންގޮސްފަ އެވެ.

Advertisement

ފުރަތަމަ ދެ ސެޓު ގެއްލުމާ އެކު، ބްރެޒިލްގެ ކުޅުންތެރިޔާ، ޕެރޯޓޯ އާއި ގަައުމީ ޓީމުގެ އާދަމް ނަސީމް (އެޑަމް) އަދި އަހުމަދު ފައިރޫޒް ހިމެނޭ ސިފައިންގެ ޓީމުން ދެން ކުޅުނު ތިން ސެޓަށް ނުކުމެ ތަފާތު ހިތްވަރެއް ދެއްކި އެވެ. އަދި، މި ސެޓުތައް ގެންގޮސްގެން މެޗުން މޮޅުވި އެވެ. ސިފައިންގެ ޓީމުން މި ސެޓުތައް ގެންދިޔައީ، 25-22، 25-11 އަދި 15-07 އިންނެވެ. 

ގައުމީ ވޮލީ ޓީމުގެ ކުރީގެ ކެޕްޓަން، އިޝާން މުހައްމަދު (ބަޓިސް)ގެ ކެޕްޓަންކަމުގައި ކުޅޭ އެމްޓީސީސީން ރޭގެ މެޗުގެ ސެޓުތައް ގެންދިޔައީ، 25-18، 25-17 އަދި 25-20 އިންނެވެ. 

މިދިޔަ އަހަރުގެ ވޮލީބޯލް އެސޯސިއޭޝަން ކަޕް ފައިނަލުގައި، ކްލަބް އެޗްޑީސީ ބަލިކޮށް ތަށި އުފުލާލީ ސިފައިންގެ ކްލަބުންނެވެ. 

މުބާރާތުގައި މިއަދު އޮތީ ގްރޫޕް އޭގެ ދެ މެޗެވެ. 

މިއަދު ހަވީރު ކުޅޭ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ ދެ މެޗުން ބަލިވި، ޕޮލިސް ކްލަބާއި ޔުނައިޓެޑް ހެންވޭރިއަންސް އެވެ. އަދި، މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ފުރަތަމަ މެޗުތަކުން މޮޅުވި، ކްލަބް އެޗްޑީސީ އާއި ލަޔަންސް ސްޕޯޓްސް ކްލަބް އެވެ. ލަޔަންސް އިން ފުރަތަމަ މެޗުގައި ޔުނައިޓެޑް ހެންވޭރިއަންސް ބަލިކުރިއިރު، އެޗްޑީސީން ވަނީ ޕޮލިސްގެ މައްޗަށް ކުރިހޯދައިފަ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ސެމީ ފައިނަލް ކުޅެން ނިންމާފައި އޮތީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ. ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗު އޮތީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.  

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި ފަހަރުގެ މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ޓިކެޓް ގަންނަން ޖެހެ އެވެ. ވޮލީބޯލް އެސޯސިއޭޝަނުން ހަަމަަޖައްސާފައިވާ ޓިކެޓްގެ އަގަކީ، 30 ރުފިޔާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox