ޗެރިޓީ ޝީލްޑާއި ކަޕް ވިނާސް ކަޕަކީ މާޒިޔާގެ ސީޒަނަށް "ބޫސްޓެއް"

Aug 20, 2026, 5:55 PM
މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއު ދެނީ.--- ފޮޓޯ:  އަދަދު ސްޕޯޓްސް

މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ، "އަދަދު ސްޕޯޓްސް" އަށް އިންޓަވިއު ދެނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވަން ކުޅުނު އެފްއޭ ޗެރިޓީ ޝީލްޑް ހޯދުމާއި ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ހޯދުމަކީ ކުރިއަށް އޮތް ދިވެހި ޕްރިމިއާ ލީގާއި މި ފަހަރުގެ ސީޒަނުގައި ކުރިއަށްދާން ލިބުނު އިތުރު ހިތްވަރެއް ކަމަށް މާޒިޔާގެ ކޯޗު، ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ބުނެފި އެވެ. 

މާޒިޔާ އިން މި ފަހަރުގެ ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ވެސް ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް ބަލިކުރީ ޕެނަލްޓީ ޖަހައިގެންނެވެ. އެ މެޗުން 3-3 އިން އެއްވަރުވެ، ޕެނަލްޓީގައި މާޒިޔާ އިން 5-3 އިން ކުރިހޯދީ އެވެ. ރޭ ކުޅުނު ކަޕް ވިނާސް ކަޕްގެ ފައިނަލް މެޗުގައި، 2-2 އިން އެއްވަރުވިއިރު، ޕެނަލްޓީގައި މާޒިޔާ މޮޅުވީ، 4-2 އިންނެވެ. 

މެޗަށް ފަހު، "އަދަދު ސްޕޯޓްސް" އަށް ދިން އެކްސްލޫސިވް އިންޓަވިއުއެއްގައި، ޓްރުޗާ ބުނީ، ދެ ތަށި ހޯދައިގެން، ލީގާ ކުރިމަތިލުމަކީ ޓީމުގެ ރޫހާއި ހާލަތު ރަނގަޅަށް އޮވެގެން ކުރިއަށްދިއުމަށް ހިތްވަރު ލިބޭނެ ކަމެއް ކަމަށެވެ.  

"މިއީ ރަނގަޅު ބޫސްޓެއް (އިތުރު ހިތްވަރެއް) ޓީމަށް ލިބުނު އެއީ އަބަދުވެސް ތަށްޓެއް ހޯދަން ލިބޭ ފުރުސަތެއްގެ ބޭނުންހިފުން އެއީ ރަނގަޅު ކަމެއް. ކުޅުންތެރިންގެ މޮޓިވޭޝަން ނުގެއްލޭ ކަންކަން އަބަދުވެސް ކުރެވެންޏާ އެއީ ރަނގަޅު ކަމެއް. އަހަރެން އައުމުގެ ކުރިން މާޒިޔާ އިން ޗެރިޓީ ޝީލްޑް ހޯދީ. މި ފަހަރު ރަނގަޅަށް ފައިޓްކޮށްގެން ކަޕް ވިނާސް ކަޕް އެ ހޯދީ. އެހެންވީމަ، ޕްރީ ސީޒަނާއި ތައްޔާރީތަކަށް ބަލާއިރު ލީގަށް މިއީ ރަނގަޅު ތައްޔާރީއެއް،" ގިނަ ގައުމުތަކެއްގައި ކޯޗިން މަސައްކަތްތަކެއް ކޮށްފައިވާ ޓްރުޗާ ބުންޏެވެ. 

ނިއު ބަލިކޮށް މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކޮށްފި

ކަޕް ވިނާސް ކަޕްގެ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން 6-4 އިން ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާ އިން ފުރަތަމަ ފަހަރަށް މި މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފި. މެޗުގެ ފުރިހަމަ ވަގުތު 2-2 އިން އެއްވަރުވިއިރު، މިއީ މި ސީޒަނުގައި ޕެނަލްޓީ ޖަހައިގެން ނިއުގެ މައްޗަށް މާޒިޔާ ކުރިހޯދި ދެ ވަނަ ފަހަރު. ޗެރިޓީ ޝީލްޑް އުފުލާލީ ވެސް ޕެނަލްޓީގައި ނިއު ބަލިކޮށްފައި

ޓްރުޗާ، މާޒިޔާއާ ހަވާލުވީ ޗެރިޓީ ޝީލްޑް މެޗަށް ފަހު އެވެ. ކަޕް ވިނާސް ކަޕްގެ ޗެމްޕިއަންކަން މާޒިޔާ އިން ހޯދީ މެޗަކުން ބަލިނުވެ އެވެ. އެ ޓީމަށް މޮޅުނުވެވުނީ ލީގު ބުރުގައި ނިއުއާ 1-1 އިން އެއްވަރުވި މެޗުގަ އެވެ. އެ މެޗަށް ނުކުތްއިރު ވެސް މި ދެ ޓީމަށް އޮތީ ފައިނަލުގެ ޖާގައެއް ލިބިފަ އެވެ. 

ރޭގެ މެޗަށް ނުކުތްއިރު، މާޒިޔާގެ ޕްލޭނެއް އޮތެވެ. ޓްރުޗާ ބުނީ، މެޗަށް ރޭވި ކަންކަމަށް ބަލާއިރު އެންމެ ފުރަތަމަ ކަމަކަށް ބެލީ އެ މާޒިޔާ ކޮޅަށް ގޯލެއް ވަނަނުދީ މެޗު ނިންމާލުމަށް ކަމަށާއި ސަބަބަކީ އެ ޓީމު ކޮޅަށް ލަނޑު ވަންނަ ނިސްބަތް އިތުރުވުން ކަމަށެވެ. 

"އަހަރެން އުފާވި އަހަރެމެން ފުރަތަމަ ގޯލު ޖެހީމަ، ދެން ޕްލޭނަކަށްވެފައި އޮތީ 1-0 އިން ފުރަތަމަ ހާފު ނިންމާލެވޭތޯ ބަލަން. އެކަމަކު ނަސީބު ދެރަކަމުން، ނިއު ރޭޑިއަންޓުން އެއްވަރުކުރީ، އަނެއްކާ އަހަރެމެން ލީޑުނަގާފައި ވެސް އެ މީހުންނަށް ގޯލެއް ޖަހަން ދެވުނީ، އަހަރެންގެ ވިސްނުމުގައި އެ މީހުންނަށް ޖަހަން ދެވުނީ ފަސޭހަ ދެ ގޯލު. އަހަރެމެން ހަގީގަތުގައި 1-0 ނޫނީ 2-0 އިން ކުރީގައި ފުރަތަމަ ހާފު ނިންމާލަންވީ،" މެޗުގެ ރޭވުންތަކާ ބެހޭ ގޮތުން ޓްރުޗާ ކިޔައިދިނެވެ. 

"ދެ ވަނަ ހާފަށް ކަނޑައެޅި މައިގަނޑު ޓާގެޓަކީ، ގޯލެއް ނުވަދެ ނިންމާލަން. ދެން، އެކެއް ނޫނީ ދެ ފުރުސަތެއް ހޯދާފައި ގޯލު ޖަަހަން. ވަރަށް ވާދަވެރިކޮށް ދިޔަ މެޗެއް. ޕެނަލްޓީ އަކީ އަބަދުވެސް 50/50 އެއްޗެއް. އަހަރެމެން އެ އަށް ވެސް ތައްޔާރުވިން، ޓްރެއިނިންގައި ޕެނަލްޓީ ވެސް ޖެހުވިން. އަހަރެމެންނަށް އެނގޭ މޮޅު ކީޕަރެއް (ކީޕަރު ހުސެން) މި ޓީމުގައި އެބަހުރިކަން. ދެން، އޭނަ މި ތަށި ހޯދައި މި ދިނީ،" 

މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ، ކަޕް ވިނާސް ކަޕްގެ ތަށި ހިފައިގެން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް
މާޒިޔާގެ ކޯޗު ތޯމަސް ޓްރުޗާ، ކަޕް ވިނާސް ކަޕްގެ ތަށި ހިފައިގެން.---- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މާޒިޔާ އިން ރޭ ލީޑުނެގީ ތިން ވަަނަ މިނިޓްގައި މުހައްމަދު އިލާން އިމްރާން ޖެހި ގޯލުންނެވެ. މާޒިޔާ އިން މި ލަނޑު ޖެހީ ނިއުގެ ކޯނަރަކުން ބޯޅަ ހޯދައިގެން އުފެއްދި ކައުންޓަ އެޓޭކެއްގަ އެވެ. އެ ގޮތުން، މާޒިޔާގެ ހާފުގެ ތެރެއިން އެ ޓީމުގެ އަހުމަދު އައިހަމް (ފަތޯ) ކައިރީގައި ހުރި ކުޅުންތެރިއަކު ކައިރިން ނައްޓާފައި، އެ ޓީމުގެ އަބްދުﷲ ލޫތު އިބްރާހިމް (ސާނޭ) އަށް ދިނުމުން، އޭނާ އެއް ފަހަރުން އެ ބޯޅަ ކުޅުނީ އަރިމަތިން އެރި އިބްރާހިމް މަހުދީ (ފޭދޫ އިއްބެ) އަށެވެ. ފޭދޫ އިއްބެ، ހަަމަޖެހިލައިފައި، އަވަސްކޮށް ނަގައިދިން ހުރަހަށް އަރައި، ޒުވާން ފޯވާޑް، އިލާން ވަނީ ތިރިތިރިން ގޯލަށް ބޯޅަ ފޮނުވާލައިފަ އެވެ. މިއީ، މި ސީޒަނުގައި މިހާތަނަށް ފެނިގެންދިޔަ އެންމެ މޮޅު ކައުންޓަ އެޓޭކް ގޯލެވެ.

ޓްރުޗާ ބުނީ، މިއީ ރޭވުންތެރިކަމާ އެކު ކުރި މަސައްކަތުގެ ނަތީޖާ ކަމަށެވެ. 

"އަހަރެމެން ތައްޔާރުވަމުން އައީ އެކަމަށް (ކައުންޓަ އެޓޭކަށް). އަހަރެމެންނަށް އެނގޭ ނިއު ރޭޑިއަންޓް ކައުންޓަ އެޓޭކުގައި ކުޅެން ބޭނުންވާކަން. ހަމަ އެ ގޮތަށް އަހަރެމެންނަށް ވިސްނިފައި އޮތީ ކައުންޓާ އަށް ފަހު އެ މީހުންނަށް ފަހަތަށް ފައިބައިގެން ކުޅެން އުނދަގޫކަން. އެހެންވީމަ، އަހަރެެމެން އެ ކަމަށް ތައްޔާރުވިން، ފުރަތަމަ ގޯލަކީ އެ ޕްލޭންގެ ބައެއް. ހަގީގަތަކީ އަހަރެމެން 1-1 އިން އެއްވަރުވާން އަދި 2-2 އިން އެއްވަރުވާން ވެސް ނުޖެހޭ މެޗެއް މިއީ،" ޓްރުޗާ ބުންޏެވެ. 

ސީޒަނުގައި ކުރިއަށްދާއިރު، މާޒިޔާ އަށް އެޑްވާންޓޭޖް ބޮޑު ނަމަވެސް ނިއު ރޭޑިއަންޓަކީ ވަރުގަދަ ޗެލެންޖަކަށް ވާނެ ކަމަށް ޓްރުޗާ ދެެކެ އެވެ. ނިއުގައި އޮތީ ދިވެއްސާއި ބިދޭސީ ކުޅުންތެރިންނަށް ބެލިޔަސް ހުނަރުވެރި ސްކޮޑެއް ކަމަށް ޓްރުޗާ ވަނީ ފާހަގަކޮށްފަ އެވެ. 

"އަހަރެެމެންގެ މި އޮތީ ޒުވާން އަދި އެކްސްޕީރިއަންސްގެ މިކްސްއެއް. މިހާރު އެ ޓީމު ރަނގަޅުކުރުން މި އޮތީ އަހަރެން އަތްމަތީގައި. އަހަރެމެން ފައިޓްކުރާނަން. އަހަރެމެން ދުލެއް ނުދޭނަން. އަހަރެމެން އަދިވެސް ކާމިޔާބު ހޯދަން މަސައްކަތް ކުރާނަން. ދެން، ނިއު ރޭޑިއަންޓަށް އިހުތިރާމް ކުރަން އަދި އަހަރެމެން ސަމާލުވާން ޖެހޭނެ އަހަރެމެން މި ކުޅޭ ގޮތާ މެދު،" ޓްރުޗާ ބުންޏެވެ. 

މިއީ، މާޒިޔާ އިން ކަޕް ވިނާސް ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމަކީ ކަޕް ވިނާސް ކަޕް އުފުލާލި ހަތަރު ވަނަ ޓީމެވެ. އަށާރަ އަހަރަށް ފަހު، މި ސީޒަނުގައި ބޭއްވި ކަޕް ވިނާސް ކަޕްގެ ތަށި މީގެ ކުރިން ހޯދާފައިވަނީ، ކްލަބް ވެލެންސިއާ ހަ ފަހަރު، ނިއު ހަތަރު ފަހަރު އަދި ވިކްޓަރީ ސްޕޯޓްސް ކްލަބް ތިން ފަހަރު އެވެ. 

އަންނަ މަހު ދިވެހި ޕްރިމިއާ ލީގުގެ ކުޅުން ފަށާއިރު، މާޒިޔާ އަކީ އެންމެ ފަހުން ފަސް ސީޒަނުގައި ވެސް ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަނުންނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox