ކަޕް ވިނާސް ކަޕް ފައިނަލުގެ ކުރިން މާޒިޔާ އާއި ނިއު ރޭޑިއަންޓްގެ ކުރިމަތިލުމަށް ހަމަހަމަ ނިމުމެއް

Aug 16, 2026, 11:58 PM
ކަޕް ވިނާސް ކަޕްގެ ލީގު ބުރުގައި ނިއުގެ ނިޒާމް ކައިރިން ބޯޅަ ހިފައިގެންދާން މާޒިޔާގެ އިލާން މަސައްކަތްކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ކަޕް ވިނާސް ކަޕްގެ ލީގު ބުރުގައި ނިއުގެ ނިޒާމް ކައިރިން ބޯޅަ ހިފައިގެންދާން މާޒިޔާގެ އިލާން މަސައްކަތްކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ކަޕް ވިނާސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން މިރޭ ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެ އެވެ. 

ހަތަރު ޓީމު ވާދަކުރާ ކަޕް ވިނާސް ކަޕްގައި ފުރަތަމަ ކުޅުނު ދެ މެޗުން، މާޒިޔާ އާއި ނިއު ވެސް މޮޅުވެފައި އޮތުމުން، މިރޭގެ މެޗަށް ނުކުތްއިރު ވެސް ދެ ޓީމަށް ވަނީ އަންނަ ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލުން ޖާގަ ޔަގީންވެފަ އެވެ. އެހެންކަމުން، ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މެޗަށް މާޒިޔާ އާއި ނިއު އިން ވެސް ނުކުތީ އާންމުކޮށް ފުރަތަމަ އެގާރައިގައި ކުޅެލަން ނުލިބޭ ކުޅުންތެރިންނަށް އެ ފުރުސަތު ދީގެންނެވެ. 

ނިއު އާއި މާޒިޔާ އިން މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބި ބޭނުމެއް ނުކުރެވުނެވެ. އެ ގޮތުން، މާޒިޔާގެ ޒުވާން ފޯވާޑް، މުހައްމަދު އިލާން އިމްރާނަށް އެޓޭކަށް ޖެހި ލިބުނު ބޯޅައިގައި ފޮނުވާލުން ލަސްކޮށްލުމުން ފުރުސަތު ގެއްލުނީ އެވެ. ނިއުގެ ޒުވާން ތަރި، އީތަން އިބްރާހިމް ޒަކީ އޭރިއާބޭރުން ޖެހި ޝޮޓެއް، މާޒިޔާގެ ގޯލްކީޕަރު، އިޔާން އަބްދުލް އަލީމް (ޗިކީ) ވަނީ މަތަކޮށްފަ އެވެ. 

މެޗުގައި ލީޑުނެގީ މާޒިޔާ އިންނެވެ. އެ ގޮތުން، 63 ވަނަ މިނިޓްގައި މި ލަނޑު ޖެހީ ބެނިންގެ މިޑްފީލްޑަރު، ކޮޑްޖޯ ގޯމޭޒް އެވެ. މިއީ، މާޒިޔާ ފުރަތަމަ އެގާރައިގައި ހިމެނިގެން ގޯމޭޒްގެ ފުރަތަމަ މެޗެވެ. މާޒިޔާގެ ފުލްބެކް، ނާޝިއު އަހުމަދު ޝިހާމް އޭރިއާތެރެއަށް ވަދެ ނެގި ހުރަހަށް އަރައި ގޯމޭޒް ވަނީ ހަމަޖެހިލައިފައި ގޯލަށް ފޮނުވާލައިފަ އެވެ. މިއީ، ނިއު އިން ބަދަލުތަކެއް ގެނެސް ހަމަޔަކަށް އެޅެން ނެގި ވަގުތުގެ ތެރޭގައި ކުރިއަށް ޖެހިގެން ތަނަވަސްކުރި ފުރުސަތެއްގައި ރަނގަޅު ތަނަށް ހުސްވެ، ގޯމޭޒް ޖެހި ލަނޑެކެވެ. 

ނިއު އިން އެއްވަރުކުރީ މެޗުގެ 72 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ބަދަލަކަށް ދެ ވަނަ ހާފުގައި ކުޅެން އެރި އަހުމަދު ހުސާމް (ހުސާންކޮ) އެވެ. މާޒިޔާގެ އޭރިއާތެރެއިން ނިއުގެ އީތަން އަށް ލިބުނު ބޯޅަ ހަމަޖެހިލައިފައި ގޯލުގެ ކުޑަ އޭރިއާތެރެއަށް ދުވެފައި ހުސްކޮށް އެރި ހުސާމް އަށް ދިނުމުން އޭނާ ވަނީ ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. 

މެޗުގެ ބާކީ ބައިގައި ނިއު އާއި މާޒިޔާ އިން ވެސް އިތުރު ގޯލެއް ޖަހައި މެޗުން މޮޅުވެ، ސައްތަ އިން ސައްތަ ރެކޯޑަކާ އެކު ފައިނަލަށް ދެވޭތޯ ބެލި އެވެ. އެހެން ނަމަވެސް އެއްވެސް ޓީމަަކަށް ގޯލެއް ނުޖެހި، މެޗު އެއްވަަރުވެގެން ނިމުނީ އެވެ. 

ބުދަ ދުވަހުގެރޭ ކުޅޭ ކަޕް ވިނާސް ކަޕް ފައިނަލަކީ، މި ސީޒަނުގައި މާޒިޔާ އާއި ނިއުގެ ތިން ވަނަ ކުރިމަތިލުމެވެ. މި ދެ ޓީމު ބައްދަލުކުރި ފުރަތަމަ މެޗަކީ ޗެރިޓީ ޝީލްޑް މެޗެވެ. އެ މެޗު އެއްވަރުވެ، ޕެނަލްޓީ ޖަހައިގެން މާޒިޔާ މޮޅުވީ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox