ކަޕް ވިނާސް ކަޕްގެ ފަހު ދެ މެޗުގެ ޝެޑިއުލަށް ބަދަލެއް

Aug 13, 2026, 6:59 PM
ސީޒަން ހުޅުވުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ނިއު އާއި މާޒިޔާގެ ކުރިމަަތިލުމުގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ސީޒަން ހުޅުވުމަށް ކުޅޭ އެފްއޭ ޗެރިޓީ ޝީލްޑް މެޗުގައި ނިއު އާއި މާޒިޔާގެ ކުރިމަަތިލުމުގެ ތެރެއިން.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ރާއްޖޭގެ ފުޓްބޯޅަ ސީޒަނުގެ ފުރަތަމަ މުބާރާތް، ކަޕް ވިނާސް ކަޕްގެ ފަހު ދެ މެޗުގެ ޝެޑިއުލަށް ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބަދަލުތަކެއް ގެނެސްފި އެވެ. 

މިދިިޔަ ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން، އެފްއޭ ކަޕްގެ ޗެމްޕިއަން، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބް، ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަން، އޮޑި ސްޕޯޓްސް ކްލަބްގެ އިތުރުން ލީގުގެ ހަތަރު ވަނައިގައި ނިންމި ބުރު ސްޕޯޓްސް ކްލަބާ އެކު ފެށި ކަޕް ވިނާސް ކަޕްގެ ކޮންމެ ޓީމެއް ވަނީ ދެ މެޗު ކުޅެފަ އެވެ. 

މުބާރާތުގައި ދެން ބާކީ އޮތީ ތިން މެެޗެވެ. އެއީ، ލީގު ބުރުގެ ފަހު ދެ މެޗާއި ފައިނަލް މެޗެވެ. 

ނިއު ރޭޑިއަންޓުން އޮޑި ބަލިކޮށް ކަޕް ވިނާސް ކަޕް ފައިނަލުގައި މާޒިޔާއާ ދެކޮޅަށް

ކަޕް ވިނާސް ކަޕްގައި އޮޑި 5-3 އިން ބަލިކޮށް، މުބާރާތުގެ ފައިނަލުގެ ޖާގައެއް ނިއު އިން ކަށަވަރުކޮށްފި. ލީގު ބުރުގައި ބާކީ މެޗެއް އޮއްވައި ނިއު އާއި މާޒިޔާ ފައިނަލަށް ދަތުރުކުރިއިރު، މި މެޗުގައި ނިއުގެ ބްރެޒިލް ފޯވާޑް ޑޮރިއެލްޓަން ވަނީ ހެޓްރިކެއް ހަދާފައި. ފައިނަލް މެޗު އޮތީ މި މަހު 18 ގައި. އޭގެ ކުރިން 15 ވަނަ ދުވަހު ވެސް މި ދެ ޓީމު ބައްދަލުކުރާނެ.

ނިއު އާއި މާޒިޔާ އިން ވަނީ ބާކީ މެޗެއް އޮއްވައި މުބާރާތުގެ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ކަޕް ވިނާސް ކަޕް މެދުކަނޑާލީ އިއްޔެ މާޒިޔާ އިން ކުޅެން އޮތް އޭއެފްސީ ޗެލެންޖް ލީގުގެ ކޮލިފައިންގައި ތަޖިކިސްތާންގެ ރެގާރު ޓަޑާޒްއާ ކުޅެން އޮތް މެޗަށެވެ. އެ މެޗު، ރެގާރު ޓަޑާޒްގެ ދަތުރު ފަތުރުގެ މައްސަލައަކާ ހެދި ކުޅެވޭ ގޮތްވީ ޝެޑިއުލްކުރި ދުވަހަށް ވުރެން އެއް ދުވަސް ފަހުންނެވެ. އިއްޔެ ހަވީރު ކުޅުނު މެޗުން މާޒިޔާ ވަނީ 3-0 އިން ރެގާރު އަތްދަށުވެފަ އެވެ. 

އެފްއޭއެމް އިން މިއަދު މައުލޫމާތު ދިން ގޮތުގައި، ކަޕް ވިނާސް ކަޕްގައި، ދެން އެންމެ އަވަހަށް އޮތް އޮޑި އާއި ބުރު ބައްދަލުކުރާ މެޗު އޮންނާނީ، އަންނަ ހޮނިހިރު ދުވަހު ހަވީރު 16:00 ގަ އެވެ. އަދި، ކަޕް ވިނާސް ކަޕްގެ ލީގު ބުރުގެ ފަހު މެޗުގައި، ނިއު އާއި މާޒިޔާ ކުޅޭ މެޗު އޮތީ އާދިއްތަ ދުވަހުގެ ރޭ 21:00 ގަ އެވެ. 

ނިއު އާއި މާޒިޔާ ވާދަކުރަން ޖެހޭ ފައިނަލް މެޗު އޮތީ، އަންނަ ބުދަ ދުވަހުގެރޭ 21:00 ގަ އެވެ. މި ފަހަރުގެ ސީޒަނުގައި ނިއު އާއި މާޒިޔާ އިން މިހާތަނަށް އެއް މެޗުގައި ވަނީ ބައްދަލުކޮށްފަ އެވެ. އެއީ، ސީޒަން ހުޅުވަން ކުޅުނު ޗެރިޓީ ޝީލްޑް މެޗުގަ އެވެ. އެ މެޗުގައި ޕެނަލްޓީ ޖަހައިގެން މާޒިޔާ އިން ވަނީ ނިއު ބަލިކޮށްފަ އެވެ. 

އެންމެ ފަހުން، 2008 ވަނަ އަހަރު ބޭއްވި ކަޕް ވިނާސް ކަޕްގެ ޗެމްޕިއަަނަކީ، ނިއު ރޭޑިއަންޓް އެވެ. 

 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox