ކަޕް ވިނާސް ކަޕް ފައިނަލްގައި ނިއު އާއި މާޒިޔާގެ ކުރިމަތިލުމެއް

Aug 19, 2026, 9:20 AM
މި ސީޒަނުގައި މާޒިޔާ އާއި ނިއު އިން ބައްދަލުކުރި މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މި ސީޒަނުގައި މާޒިޔާ އާއި ނިއު އިން ބައްދަލުކުރި މެޗެއްގެ ތެރެއިން.--- ފޮޓޯ: އިމޭޖަސް.އެމްވީ / އަދަދު ސްޕޯޓްސް

މި ފަހަރުގެ ފުޓްބޯޅަ ސީޒަން ފެށި މުބާރާތް، ކަޕް ވިނާސް ކަޕް، ރާއްޖޭގެ ފުޓްބޯޅަ ކަލަންޑަރަށް އެނބުރި މި އައީ 18 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. މީގެ ކުރިން، ސީޒަންތަކުގައި ފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ސީޒަން ކަލަންޑަރު ހެދިއިރު، ފުރަތަމަ މުބާރާތަކަށް ޕްރެޒިޑެންޓްސް ކަޕް ހެދި ފަހަރު ތަކެއް ވެސް ގޮސްފި އެވެ. މި ފަހަރުގެ ފުޓްބޯޅަ ކަލަންޑަރުގައި، 2009 ގެ ފަހުން ފުރަތަމަ ފަހަރަށް ކަޕް ވިނާސް ކަޕް އަލުން ފަށަން ނިންމުމާ އެކު، ފުރަތަމަ ޑިވިޝަން ކްލަބްތަކަށް އިތުރު މުބާރާތެއް ކުޅެލަން ލިބުނީ އެވެ. 

ހަަތަރު ޓީމު ވާދަކުރި ކަޕް ވިނާސް ކަޕްގެ ފައިނަލުގައި މިރޭ ފެނިގެންދާނީ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންގެ ކުރިމަތިލުމެކެވެ. މާޒިޔާ އިން މީގެ 26 އަހަރު ކުރިން މި މުބާރާތުގައި ވާދަކުރިއިރު، ނިއު އަކީ އެންމެ ފަހުން މި މުބާރާތް ބޭއްވި ފަހަރު ތަށި އުފުލާލި ޓީމެވެ. 

ނިއު އާއި މާޒިޔާ އިން މި ސީޒަނުގައި މި ކުރިމަތިލަނީ ތިން ވަނަ ފަަހަރަށެވެ. އެ ގޮތުން، ފުޓްބޯޅަ ސީޒަން ފެއްޓުމަށް ކުޅުނު ޗެރިޓީ ޝީލްޑް މެޗުގައި ދެ ޓީމު 3-3 އިން އެއްވަރުވެ، ނަތީޖާ ނެރެން ޕެނަލްޓީ ޖަަހަން ޖެހުނުއިރު، ޕެނަލްޓީގައި މާޒިޔާ 5-3 އިން މޮޅުވި އެވެ. އޭގެ ފަހުން، ދެން މި ދެ ޓީމުގެ ކުރިމަތިލުމަކީ، ކަޕް ވިނާސް ކަޕްގެ ލީގު ބުރުގެ ފަހު މެޗެވެ. މި މެޗަށް ދެ ޓީމު ނުކުތްއިރު ވެސް ފައިނަލުގެ ޖާގައެއް ޔަގީންވެފައި އޮތުމުން، ހަތަރު ވަރަކަށް ދުވަސް ތެރޭ ދެ ފަހަރަށް ދެ ޓީމު ބައްދަލުކުރަން ޖެހޭތީ، މެޗުގައި ކުޅުންތެރިން ރޮޓޭޓް ކުރުމުގެ ވިސްނުމެއް ދެ ޓީމުގެ ކުޅުމާއި ބޭނުންކުރި ކުޅުންތެރިންގެ ގޮތުން ވެސް އެނގެ އެވެ. އެ މެޗު ނިމުނީ، 1-1 އިން އެއްވަރުވެގެންނެވެ. މާނަ އަކީ، ހުރިހާ މެޗަކުން މޮޅުވުމުގެ ރެކޯޑާ އެކު ފައިނަލަށް ދެ ޓީމަށް ވެސް ނުދެވުނު ކަމުގައި ވިޔަސް، މެޗަކުން ބަލިނުވެ، މި ތަށި އުފުލާލުމުގެ ފުރުސަތު ދެ ޓީމަށް ވެސް އޮތުމެވެ. 

މާޒިޔާގެ ކޯޗުކަމާ ހަވާލުވި ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ވަނީ ޓީމާ އެކު އޭނާ އަށް ލިބޭ ކޮންމެ މެޗަކީ ވެސް މި މުއްދަތަށް ބަލާއިރު، ކަންކަން ދަސްކުރަން ލިބޭ ފުރުސަތެއް ކަމަށެވެ. އެ ގޮތުން، މާޒިޔާގެ ކުޅުންތެރިން ބޭނުންކުރުމަށް އަދި، ޓީމު އެކުގައި އެންމެ ރަނގަޅަށް ކުޅެވޭނެ ސިސްޓަމެއް އެކުލަވާލުމަށް ކުރާ މަސައްކަތުގައި ކޮންމެ ދުވަހެއް ވެސް މުހިންމު ކަމަށް ޓްރުޗާ ވަނީ ފާހަގަކޮށްފަ އެވެ. ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާ އިން ބަލިކުރިއިރު، ޓްރުޗާ ޓީމާ ހަވާލެއް ނުވެ އެވެ. އެކަމަކު، އޭގެ ފަހުން، މާޒިޔާ އިން ކުޅުނު މެޗުތަކުގައި ޓްރުޗާގެ އިރުޝާދުގެ ދަށުން ކުޅެ، އެ ޓީމުން އަންނަނީ ކުރިއެރުންތަކެއް ހޯދަމުންނެވެ. 

ނިއުގެ ކޯޗަކަށް ހުރީ މިދިޔަ ސީޒަނުގެ ފަހުކޮޅުގައި އެ ޓީމުގައި ހުރި، ސްޕެއިނުގެ ފްރަންސިސްކޯ މެނުއަލް ކައިންޒޯސް (އަންދްރޭ) އެވެ. ނިއުގެ ޓެކްނިކަލް ޑިރެކްޓަރެއް ގޮތަށް މިދިޔަ ސީޒަނުގައި ފުރަތަމަ މަސައްކަތްކުރި އަންދްރޭ ފަހުން އެ ޓީމާ ހަވާލުވެ، އެފްއޭ ކަޕްގެ ޗެމްޕިއަންކަން ހޯދި އެވެ. އަންދްރޭ އަށް މި ސީޒަނުގައި ވެސް މިހާތަނަށް އޮތް ޗެެލެންޖިން މަސައްކަތެއްގެ ގޮތުގައި ފެނިގެންދިޔައީ މާޒިޔާ އެވެ. އެ ގޮތުން، ޗެރިޓީ ޝީލްޑް މެޗުގައި ރަނގަޅު ފެށުމަކަށް ފަހު ވެސް ނިއު އަށް ހިފަހައްޓައިނުލެވުނުއިރު، ކަޕް ވިނާސް ކަޕް ލީގު ބުރުގެ ފަހު މެޗުގައި ނިއު އިން ބޭނުންވި ވައްޓަފާޅި އަށް ކުޅެން އުނދަގޫތަކެއް ދިމާވިތަން ފެނިގެންދިޔަ އެވެ. 

ނިއު އިން 2008 ވަނަ އަހަރުގެ ކަޕް ވިނާސް ކަޕް ތަށި އުފުލާލީ 1-0 އިން ވިކްޓަރީ ސްޕޯޓްސް ކްލަބް ބަލިކޮށްފަ އެވެ. 

ނިއު އާއި މާޒިޔާ ކުޅޭ ކަޕް ވިނާސް ކަޕް ފައިނަލް ފަށާނީ މިރޭ 21:00 ގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox