ޓްރުޗާ ބުނީ މާޒިޔާ ޓީމު ދަސްވާ މިންވަރަަކަށް ކުރިއަށްދާން ފަސޭހަވާނެ ކަމަށް

Aug 16, 2026, 10:25 AM
ޗެކް ރިޕަބްލިކްގެ ކޯޗު، ތޯމަސް ޓްރުޗާ: އޭނާ ވަނީ މާޒިޔާއާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކަމުގެ އުންމީދު އޮތް ކަމަށް ބުނެފައި.

ޗެކް ރިޕަބްލިކްގެ ކޯޗު، ތޯމަސް ޓްރުޗާ: އޭނާ ވަނީ މާޒިޔާއާ އެކު ރަނގަޅު ކާމިޔާބީތަކެއް ހޯދޭނެ ކަމުގެ އުންމީދު އޮތް ކަމަށް ބުނެފައި.

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ޓީމު ދަސްވާ މިންވަރަކަށް ބޭނުންވާ މިސްރާބަށް ކުރިއަށްދާން ފަސޭހަވާނެ ކަމަށް އެ ޓީމުގެ ކޯޗު، ޗެކް ރިޕަބްލިކްގެ ތޯމަސް ޓްރުޗާ ބުނެފި އެވެ. 

ރްވާންޑާގެ ކްލަބަކާ ހަވާލުވާން އެ ގައުމަށް ވެސް ގޮސްފައި، އެ ނިންމުން ބަދަލުކުރުމަށް ފަހު، މާޒިޔާގެ އޮފާ ގަބޫލުކޮށް ރާއްޖެ އަންނަން ނިންމި ނިންމުމަކީ ފުޓްބޯޅައިގެ ނިންމުމެއް ކަމަށް ޓްރުޗާ ވަނީ، އޭއެފްސީ ޗެލެންޖް ލީގުގެ ޕްރިލިިމިނަރީ ބުރުގައި ތަޖިކިސްތާންގެ ރެގާރު ޓަޑާޒްއާ ކުޅުނު މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ.

"މާޒިޔާ އިން އޮފާ ލިބުނު ހިސާބުން އަހަންނަށް އުނދަގޫ ކަމަކަށް ނުވި ކޮން ޓީމެއް ތޯ އިހުތިޔާރުކުރާނީ ކަނޑައަޅަން. އެއީ، މާޒިޔާ އަކީ ވަރަށް ރަނގަޅު ކްލަބެއް. ރަނގަޅު ރެޕިއުޓޭޝަނެއް އޮތް ޓީމެއް. ރަނގަޅު ސެޓަޕެއް އޮތް ޕްރޮފެޝަނަލް ޓީމެއް. ތަށްޓަށް ކޮންމެ އަހަރަކު ވާދަކުރާ ޓީމެއް. އެހެންވެ، އަހަރެން ވަރަށް އުފަލުން މި ހުރީ. 100 ޕަސެންޓް ޔަގީން، އަަހަރެން ނިންމީ ރަނގަޅު ނިންމުމެއްކަން ފަސޭހަ ކަމަކަށް ނުވިޔަސް،" މެލޭޝިއާ އާއި އިންޑޮނޭޝިއާ ލީގުގައި ކުރިން ކޯޗުކޮށްދިން ޓްރުޗާ ބުންޏެވެ. 

Advertisement

ރެގާރުއާ ދެކޮޅަށް މާޒިޔާ އިން ކުޅުނީ ޓްރުޗާ ޓީމާ ހަވާލުވިތާ ދެ ހަފްތާ ވެސް ނުވަނީހެވެ. ޓްރުޗާގެ ކޯޗުކަމުގައި މާޒިޔާ އިން ވަނީ ކަޕް ވިނާސް ކަޕްގައި، އޮޑި ސްޕޯޓްސް ކްލަަބާއި ބުރު ސްޕޯޓްސް ކްލަބް އަތުން މޮޅުވެފަ އެވެ. ދެ ޓީމުގެ މައްޗަށް ވެސް މާޒިޔާ އިން ކުރިހޯދީ 2-1 އިންނެވެ. އެ އަށް ފަހު، ރެގާރު މެޗަށް ނުކުމެ، މާޒިޔާ ބަލިވީ ދެ ވަނަ ހާފުގައި ވަން ގޯލުތަކާ އެކު، 3-0 އިންނެވެ. 

އެ މެޗަށް ފަހު އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި، ޓްރުޗާ އަށް އަމާޒުވި ސުވާލަކީ، އޭއެފްސީ ޗެލެންޖް ލީގުގައި ވަރުގަދަ މެޗެއް ކުޅެފައި، ކަޕް ވިނާސް ކަޕްގައި، މިރޭ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާ ދެކޮޅަށް ކުޅޭ މެޗަށާއި މި ދެ ޓީމު ބުދަ ދުވަހުގެރޭ ކުޅޭ ފައިނަލަށް ތައްޔާރުވުމުގައި މާޒިޔާ އަށް އެޑްވާންޓޭޖެއް އޮތްތޯ އެވެ. 

"އަހަންނަށް (މި ޓީމާ އެކު) ކޮންމެ މެޗަކީ ވެސް ސްކޫލަށް ގޮސް ލިބޭ ކްލާހެއް ފަަދަ ކަމެއް. އެއީ، އިތުރު މައުލޫމާތުތަކެއް ލިބޭނެ އަހަރެން ދަސްކުރަން ބޭނުންވާ، އަނެއްކޮޅުން، ކުޅުންތެރިންނަށް ވެސް ލިބޭނެ އިތުރު މައުލޫމާތުތަކެއް އެކުގައި ކުޅުމަށްޓަކައި އެ ބޭނުންވާ. އެކަކު އަނެކަކުގެ އެހީތެރިކަން ހޯދައިގެން ކުރިއަށްދާން. އަހަންނެއް ނުބުނާނަން މިއީ ލިބޭނެ އެޑްވާންޓޭޖެކޭ،" ޓްރުޗާ ބުންޏެވެ. 

"ކޮންމެ މެޗަކީ ވެސް އަހަރެމެންނަށް ރަނގަޅެއް، ޓީމު ރޮޓޭޓްކުރެވޭނެ ކުޅުންތެރިން ވެސް ފައިނަލް މެޗަށް ތައްޔާރުވުމުގެ ގޮތުން، ކޮންމެ މެޗެއް ވެސް މުހިންމު، މި ލެވަލްގައި (އޭއެފްސީ ލެވަލް) ލޯކަލް ފުޓްބޯޅަ އަށް ވުރެން އުނދަގޫވާނެ،" 

ދެ ފަހަރެއްގެ މަތިން ކެންޏާގެ އޭފްސީ ލެޕާސް އަށް ކޯޗުކޮށްދިން ޓްރުޗާ ވަނީ ބޮޓްސްވާނާގެ ޓައުންޝިޕް ރޯލާސް އާއި އޮރާޕާ ޔުނައިޓެޑަށް ވެސް އިރުޝާދުދީފަ އެވެ. ދެކުނު އެފްރިކާގެ އެފްސީ ކޭޕް ޓައުންގެ ޔޫތު ޓީމަށް ކޯޗުކޮށްދިން ޓްރުޗާ ވަނީ، ޗެކް ރިޕަބްލިކްގެ މަޝްހޫރު ކްލަބް، ވިކްޓޯރިއާ ޕްލްޒެންގެ އެސިސްޓަންޓް ކޯޗަކަށް ވެސް މަސައްކަތްކޮށްފަ އެވެ. 

މި ސީޒަނުގައި މާޒިޔާ އިން ކުޅުނު ފުރަތަމަ މެޗުގައި ނުކުތީ އެސިސްޓަންޓް ކޯޗުން ކަމަށްވާ އަހުމަދު ސުޒޭރު (ކޮއްކޮ) އާއި އިބްރާހިމް ސައީދު (ކަކާ)ގެ އިރުޝާދުގެ ދަށުންނެވެ. ޕެނަލްޓީ ޖަހައިގެން، ނިއު ރޭޑިއަަންޓް ބަލިކޮށް މާޒިޔާ އިން ވަނީ ހަތް ވަަނަ ފަހަރަށް ޗެރިޓީ ޝީލްޑް ކާމިޔާބުކޮށްފަ އެެވެ. 

މާޒިޔާ އާއި ނިއު އިން މިރޭ ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ މަހުގެ މަސައްކަތުން ކޯޗު ގެރީ ބޫޓާން ގޮވައިގެން ސެމީ އަށް

އޮސްޓްރޭލިއާގެ ކޯޗު ގެރީ ފިލިޕްސް ބޫޓާންގެ ޓީމާ ހަވާލުވިތާ ދެ މަސް ތެރޭގައި، 18 އަހަރަށް ފަހު އެ ގައުމު ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލަށް ވަނީ ދަތުރުކޮށްފައި. ނޭޕާލުގެ ފުޓްބޯޅައިގައި ވެސް މަސައްކަތްކުރި ގެރީ ބުނި ގޮތުގައި މިއީ ކުޅުންތެރިންގެ ބުރަ މަސައްކަތުން ލިބުނު ކާމިޔާބީއެއް ކަމަށާއި، އަމާޒަކީ ސެމީގައި އިންޑިއާ ބަލިކޮށް ފައިނަލަށް ދިއުން

ހަމްޒާއެއް ނުދަންނަން: ޕާކިސްތާން ގޯލްކީޕަރު ބަޓް

ސާފް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގައި ބަންގްލަދޭޝްއާ ދެކޮޅަށް ނުކުންނައިރު، އެ ޓީމުގެ ތަރި ހަމްޒާ ޗޯދުރީއާ މެދު ނުވިސްނާ ކަމަށާއި ޕާކިސްތާން ޓީމުގައި ވެސް މޮޅެތި ކުޅުންތެރިން އެބަތިބި ކަމަށް ގޯލްކީޕަރު ޔޫސުފް ބަޓް ބުނެފި. އޭނާ ފާހަގަކުރި ގޮތުގައި ވަކި ކުޅުންތެރިއަކަށް ވުރެ މުހިންމީ މުޅި ޓީމު ކަމަށް

އެމެރިކާ ދޫކޮށް ޔުނައިޓެޑާ ހަވާލުވުން ޕޮޗެޓީނޯ އަށް ހިތްދަތި

އެމެރިކާގެ ގައުމީ ޓީމުގެ ކޯޗުކަން ދޫކޮށް މެންޗެސްޓާ ޔުނައިޓެޑާ ހަވާލުވުމަކީ ކެރިއަރުގައި ނިންމި އެންމެ ހިތްދަތި ނިންމުން ކަމަށް މައުރީސިއޯ ޕޮޗެޓީނޯ ބުނެފިއެވެ. ޔުނައިޓެޑުން 10 މިލިއަން ޑޮލަރުގެ ބަދަލެއް ދީގެން އޭނާ ގެންނަން ނިންމާފައިވާއިރު، ޕޮޗެޓީނޯ ބުނީ ޔުނައިޓެޑް ފަދަ ބޮޑު ކްލަބަކުން ލިބުނު ފުރުސަތު ދޫކޮށްލަން އުނދަގޫވީ ކަމަށެވެ. އޭނާ އެ ޓީމާ ރަސްމީކޮށް ހަވާލުވާނީ މި މަހުގެ 18 ވަނަ ދުވަހު އެމެރިކާގެ މެޗުތަކަށް ފަހުގައެވެ.

ޖަވާބު ދޭން ވެސް، ޖަވާބުދާރީކުރުވަން ވެސް އުރްބާނީ! އެފްއޭއެމް؟

ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ކުޅުނު ދެ މެޗުން ބަލިވެ މުބާރާތުން ކެޓުމަކީ ތާރީޚީ ގޮތުން ރާއްޖެއަށް ކުރިމަތިވި އެންމެ ދަށް ނަތީޖާއެވެ. ކޯޗު އުރްބާނީ ވަނީ ޓެކްނިކަލް ޑިރެކްޓަރުގެ މަގާމާއި ކޯޗުގެ މަގާމު އެކުގައި އަދާކުރަން ޖެހުމުން، ޖަވާބުދާރީކުރުވުމުގެ ނިޒާމު އޮތް ގޮތާ މެދު ސުވާލު އުފައްދާފައި

އިޓަލީން އަމިއްލަ ދަނޑުގައި 64 އަހަރަށް ފަހު ފްރާންސް ބަލިކޮށްފި

ޔުއެފާ ނޭޝަންސް ލީގުގައި ރޭ ކުޅުނު މެޗުން ފްރާންސް އަތުން 3-1 އިން މޮޅުވެ، އިޓަލީން 64 އަހަރަށް ފަހު އަމިއްލަ ދަނޑުގައި އެ ޓީމު ބަލިކުރުމުގެ ތާރީޚީ ކާމިޔާބީއެއް ހޯދައިފި. ފްރާންސުން ފުރަތަމަ ލަނޑު ޖަހާފައިވަނިކޮށް، އިޓަލީން ފަހަތުން އަރައި މެޗު ކާމިޔާބުކުރީ ޕިއޯ އެސްޕޮސީޓޯގެ ދެ ގޯލާއި ފްރަޓޭސީ ޖެހި ލަނޑުން

ގަތަރުގައި އޮތް ވޯލްޑް ކަޕުން އެމެރިކާ ނަން ނަގައިފި

މެދުއިރުމަތީގައި މިހާރު ހިނގަމުންދާ ހަނގުރާމައާ ގުޅިގެން ސަލާމަތީ ނުރައްކާތަކެއް ހުރި ކަމަށް ބުނެ، ގަތަރުގައި ބާއްވާ 17 އަހަރުން ދަށުގެ ވޯލްޑް ކަޕުން އެމެރިކާ ވަކިވެއްޖެ. އެމެރިކާގެ ފުޓްބޯޅަ އިދާރާއިން މި ނިންމުން ނިންމީ އެ ސަރަހައްދަކީ މިވަގުތު އެމެރިކާގެ ޓީމަކަށް ރައްކާތެރި ތަނެއް ނޫން ކަމަށް ސްޓޭޓް ޑިޕާޓްމަންޓުން ލަފާދީފައިވާތީ

ވެންގާ، ފީފާ ރައީސަކަށް ގެންނަން ފްރާންސުން މަސައްކަތްކުރަނީ

ފީފާގެ ރައީސްކަމަށް މަޝްހޫރު ކޯޗު އާސެން ވެންގާ ގެނައުމަށް ފްރާންސްގެ ރައީސް އެމަނުއަލް މެކްރޮން އިސްނަންގަވައިގެން އެ ގައުމުގެ ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުން. މިހާރުގެ ރައީސް އިންފަންޓީނޯއާ ވާދަކުރުމަށް ޔުއެފާ އާއި ފްރާންސް ސަރުކާރުން ވެންގާ ނެރުމަށް ބޭނުންވި ނަމަވެސް، އޭނާ އަދި ރަސްމީކޮށް އެކަމަށް ޝައުގުވެރިކަން ފާޅެއް ނުކުރޭ

Newsletter

Get the latest news delivered straight to your inbox