ވީއޭއެމް ކަޕްގެ ފުރަތަމަ މެޗުތަކުން އެޗްޑީސީ އާއި ލަޔަންސް އަށް މޮޅެއް

Aug 13, 2026, 12:38 PM
ވީއޭއެމް ކަޕްގައި ރޭ ކްލަބް އެޗްޑީސީ އާއި ޕޮލިހުން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ކްލަބް އެޗްޑީސީ

ވީއޭއެމް ކަޕްގައި ރޭ ކްލަބް އެޗްޑީސީ އާއި ޕޮލިހުން ކުޅުނު މެޗުގެ ތެރެއިން.--- ފޮޓޯ: ކްލަބް އެޗްޑީސީ

ވޮލީބޯލް އެސޯސިއޭޝަން ކަޕް (ވީއޭއެމް ކަޕް)ގެ ފިރިހެެން ޑިވިޝަންގެ ކުޅުން އިއްޔެ ފެށުނުއިރު، ފުރަތަމަ މެޗުތަކުން، ކްލަބް އެޗްޑީސީ އާއި ލަޔަންސް ރެކްރިއޭޝަން ކްލަބް މޮޅުވެއްޖެ އެވެ. 

ޖުމްލަ އެކު އަށް ޓީމާ އެކު ކުރިއަށްދާ ވީއޭއެމް ކަޕްގެ މެޗުތައް ކުޅެނީ ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގަ އެވެ. މުބާރާތުގެ ފުރަތަމަ ދުވަހު ކުރިއަށްދިޔައީ، ގްރޫޕް އޭގެ މެޗުތަކެވެ. 

އެ ގޮތުން، އިއްޔެ ހަވީރު ކުޅުނު ފުރަތަމަ މެޗުގައި، ޔުނައިޓެޑް ހެންވޭރިއަންސްއާ ބައްދަލުކުރީ ލަޔަންސް އެވެ. އަދި، ރޭ ކުޅުނު މެޗުގައި، އެޗްޑީސީން ވާދަކުރީ ޕޮލިސް ކްލަބްއާ އެވެ. 

ވަރުގަދަ ސްކޮޑަކާ އެކު މުބާރާތަށް ނުކުތް ލަޔަންސް އިން ޔުނައިޓެޑް ހެންވޭރިއަންސް އަތުން މޮޅުވީ ފަސޭހަކަމާ އެކު، ސީދާ ތިން ސެޓުންނެވެ. މެޗުގެ ސެޓުތައް ލަޔަންސް އިން ގެންދިޔައީ، 25-16، 25-18 އަދި 25-18 އިންނެވެ. ލަޔަންސް ޓީމު ކުޅެމުން އަންނަނީ، ގައުމީ ވޮލީބޯޅަ ޓީމުގެ ކުރީގެ ކެޕްޓަން، އަލީ ހުޒާމް (ހުޒަންޓެ)ގެ ކެޕްޓަންކަމުގަ އެވެ. އެ ޓީމުގައި ތަޖުރިބާކާރު ކުޅުންތެރިންނާއި ޒުވާން ކުޅުންތެރިން ވެސް ހިމެނޭއިރު، ޓީމުގެ ކޯޗަކީ އަޝްރަފް އަލީ (އަޝްރާ) އެވެ. 

އިސްމާއިލް ސާޖިދު (ކުޑަކާއްޓެ)ގެ ކެޕްޓަންކަމުގައި ކުޅޭ އެޗްޑީސީން ވަނީ ރޭ 3-0 ސެޓުން ޕޮލިހުންގެ މައްޗަށް ކުރިހޯދައިފަ އެވެ. ހަސަން ނިލާމް (ޕާޓޭ) އާއި ޝަމާއިލް ހުސެއިން ވެސް ހިމެނޭ އެޗްޑީސީ މި ފަހަރު ވަރުގަދަ ސްކޮޑަކާ އެކު މުބާރާތަށް ނުކުތްއިރު، ރޭގެ މެޗުގައި އެ ޓީމުން ސެޓުތައް ގެންދިޔައީ، 25-20، 25-23 އަދި 25-23 އިންނެވެ. 

މުބާރާތުގައި މިއަދު އޮތީ ގްރޫޕް ބީގެ މެޗުތަކެވެ. 

މިއަދު ހަވީރު، 16:00 ގައި ފަށާ މެޗުގައި ދިވެހި ސިފައިންގެ ކްލަބުން ކުޅޭނީ ދަޑިމަގު ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބާ އެވެ. އަދި، މިރޭ، 20:30 ގައި ފަށާ މެޗުގައި، ކްލަބް އެމްޓީސީސީން ވާދަކުރާނީ ސަން ސްޕޯޓްސް ކްލަބާ އެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖު މެޗުތައް އަންނަ ހަފްތާގެ ހޯމަ ދުވަހުގެ ނިޔަލަށް ކުރިއަށްދާއިރު، ސެމީ ފައިނަލް ކުޅެން ނިންމާފައި އޮތީ އަންނަ ހަފްތާގެ ބުދަ ދުވަހު އެވެ. ތިން ވަނަ ހޮވާ މެޗާއި ފައިނަލް މެޗު އޮތީ އަންނަ ހަފްތާގެ ބުރާސްފަތި ދުވަހު އެވެ.  

މިދިޔަ އަހަރުގެ ފައިނަލުގައި، ކްލަބް އެޗްޑީސީ ބަލިކޮށް ތަށި އުފުލާލީ ސިފައިންގެ ކްލަބުންނެވެ. 

ސޯޝަލް ސެންޓަރުގައި ކުރިއަށްދާ މި މުބާރާތުގެ މެޗުތައް ބަލަން ސަޕޯޓަރުން ޓިކެޓް ގަންނަން ޖެހެ އެވެ. ވޮލީބޯލް އެސޯސިއޭޝަނުން ހަަމަަޖައްސާފައިވާ ޓިކެޓްގެ އަގަކީ، 30 ރުފިޔާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox