ޑޮލަރުން މުސާރަދިނުން ހުއްޓުވަން ބަދަލުތަކެއް ގެންނަނީ

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަރީރު، އިކޮނޮމިކް މިނިސްޓަރު ސައީދު، ގަވަރުނަރު މުނައްވަރު އަދި ހޯމް މިނިސްޓަރު އަލީ އިހުސާން --- ފޮޓޯ: ރައީސް އޮފީސް

ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު ޒަރީރު، އިކޮނޮމިކް މިނިސްޓަރު ސައީދު، ގަވަރުނަރު މުނައްވަރު އަދި ހޯމް މިނިސްޓަރު އަލީ އިހުސާން --- ފޮޓޯ: ރައީސް އޮފީސް

ރާއްޖޭގައި މަސައްކަތްކުރާ މީހުންގެ ތެރެއިން ޑޮލަރުން މުސާރަ ލިބެ ފަރާތްތަކުން ކަޅު ބާޒާރުަގައި ޑޮލަރު މާރުކުރާ ކަމަށާއި ރާއްޖޭގައި ކުރާ ހުރިހާ މުއާމަލާތްތަކެއް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުކުރުމަށްޓަކައި ޑޮލަރުން މުސާރަ ދިނުމުގެ ކަންކަން މަނާކުރުމަށް ބަދަލުތަކެއް ގެނައުމުގެ އިޝާރާތެއް ގަވަރުނަރު އަހުމަދު މުނައްވަރު ދެއްވައިފި އެވެ،

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން މުނައްވަރު ވަނީ މާލީ މުއާމަލާތްތައް ދިވެހި ފައިސާއިން ކުރާ ގޮތަށް ބަދަލުތަކެއް ގެނައުމެއް ނިންމަވާފައިވާކަން ހާމަކުރައްވާފަ އެވެ. ރާއްޖޭގައި ޑޮލަރުން ބައިވަރު މާލީ މުއާމަލާތް ކުރާ ކަމަށް އެމްއެމްއޭއިން ބޭނުންވަނީ 2030 ވަނަ އަހަރާ ހަމައަށް މި ބަދަލުތައް ގެނައުން ކަމަށް މުނައްވަރު ވިދާޅުވި އެވެ. 

"މުސާރަތައް ވެސް މިހާރު އެ ދެއްވަނީ، މިސާލަކަށް ޓީއެމްްއޭއިން ބެލިކަމުގައި ވިޔަސް، އެގޮތަށް ރިސޯޓުތަކަށް ބެލިކަމުގައިވިޔަސް ޑޮލަރުން އިނގޭތޯ، އެހެންވީމާ މި ޑޮލަރުން މުސާރަ ދިނުމުގެ ކަންތައްތަކަށް ވެސް ބަދަލުތަކެއް އަންނަން ޖެހޭނެ. އޭރުން ހަގީގަތުގައި ދިވެހި ރުފިޔާއަށް އޮންނަ ޑިމާންްޑު އިތުރުވެގެންދާނީ،" މުނައްވަރު ވިދާޅުވި އެވެ. 

Advertisement

މިހާރު ފަތުރުވެރިކަމުގެ ދާއިރާއިން ސަރުކާރަަށް ބިމު ކުލީގެ ގޮތުގައި ދައްކަން ޖެހޭ ފައިސާ ބޭރު ފައިސާއިން ދައްކާ ކަމަށާއި އެއީ ވެސް ބަދަލުކުރަން ޖެހޭ ކަމެއް ކަމަށް މުނައްވަރު ވިދާޅުވި އެވެ. ރާއްޖޭގައި މިވަގުތު ބޭރު ފައިސާ ބޭނުންކުރާ މިންވަރު ހުރީ 40 ޕަސެންޓަށްވުރެ މަތީގައި ކަމަށް މުނައްވަރު ވިދާޅުވި އެވެ.

"މެކްރޯ ބަދަލުތަކެއް ވެސް ގެންނަން ޖެހޭނެ. އެގޮތަށް ބަޖެޓުގެ ސިޔާސަތަށް ވެސް ސްޓެބިލައިޒޭޝަނަށް އަންނަން ޖެހޭނެ. އަޅުގަނޑުމެންގެ ވިޝަންއަކީ ރާއްޖޭގައި އޮންނަން ޖެހޭނީ މޭނޭޖްޑް-ފްލޯޓެއް [އެކްސްޗޭންޖު ރޭޓެއް] ކަހަލަ ގޮތަކަށޭ. މޭނެޖްޑް ފްލޯޓަކަށް ދާއިރު ވެސް އެމްއެމްއޭގެ ރިޒާވެއް ހުންނަން ޖެހޭ،" މުނައްވަރު ވިދާޅުވި އެވެ. 

ބޭރު ފައިސާއިން ކުރާ މުއާމަލާތްތައް މޮނީޓާ ކުރުމަށް އިތުރު ފިޔަވަޅުތަކެއް އަޅަން ނިންމާފައިވާ ކަމަށް ވެސް ގަވަރުނަރު މިއަދު ހާމަކުރެއްވި އެވެ. 

"މިހާރު އާމްދަނީ ލިބޭ ކަމުގައިވާނަމަ އެ ބޭފުޅުންނަށް އަގުކުރެވޭ، ޕޭމަންޓުގެ ގޮތުގައި އެބަ ދެއްކޭ ބޭރު ފައިސާއިން ވެސް. އެކަމު ބޭރު ފައިސާއިން ދެއްކި ކަމުގައިވިޔަސް އަޅުގަނޑުމެންނަށް އެނގެން އެބަ ޖެހޭ ކޮން ކަމަކަށްތޯ އެ ލިބޭ އާމްދަނީ އެ ބޭފުޅުން ހޭދަކުރަމުންދަނީ،" މުނައްވަރު ވިދާޅުވި އެވެ. 

އެއީ ޑޮލަރުން އާމްދަނީ ލިބޭ މީހުން ކަޅު ބާޒާރުގައި ޑޮލަރު މާރުކޮށް އާމްދަނީ ހޯދާތީ ކަމަށް މުނައްވަރު ވިދާޅުވި އެވެ. ސަރުކާރުން ބޭއްވި މި ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައި ވާހަކަ ދައްކަވައިފަ އެވެ.  

"އަޅުގަނޑުމެންނަށް ފާހަގަކުރެވެނީ ޑޮލަރުން އާމްދަނީ ލިބޭ ފަރާތްތައް ބްލެކް މާކެޓުގައި އެ ޑޮލަރު ވިއްކާ ކަމަށް. އަޅުގަނޑުމެންނަށް މޮނީިޓާ ކުރެވޭނީ ތަފާސްހިސާބު ލިބިގެންތާ. އެހެންވެ އެ އިސްލާހު ވެސް އަޅުގަނޑުމެން މި ގެންނަނީ،" މުނައްވަރު ވިދާޅުވި އެވެ. 

ރާއްޖޭގައި މަސައްކަތްކުރާ ގިނަ ބިދޭސީންނަށް މުސާރައިގެ ގޮތުގައި ފައިސާ ލިބެނީ ޑޮލަރުންނެވެ. އޭގެ އިތުރުން ރިސޯޓުތަކާއި ބައެއް ކުންފުނިތަކުގައި މަސައްކަތް ކުރާ ދިވެހިންނަށް ވެސް ޑޮލަރުން މުސާރަ ލިބެ އެވެ. 


ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox