ޑޮލަރުން ބިލުތައް ދެއްކުމުގެ ކުރިން ބަޖެޓުކޮށް، އެމްއެމްއޭގެ ހުއްދަ ހޯދަން އަންގައިފި

މަރުކަޒީ ބޭންކުގެ މައި އިދާރާ.

މަރުކަޒީ ބޭންކުގެ މައި އިދާރާ.

ބޭރު ފައިސާ މާރުކުރުމުގެ ގާނޫނުގެ ދަށުން ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭ ހުރިހާ ވިޔަފާރިތަކުން އަހަރު ފެށުމުގެ ކުރިން، އެ ވިޔަފާރިއަކުން ބޭރު ފައިސާއިން ކުރަން މުދަލާއި ހިދުމަތްތައް ހޯދުމަށް ކުރަން ބޭނުންވާ ހަރަދުތައް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ހުށަހަޅަން ޖެހޭ ގޮތަށް ގަވާއިދު ބަދަލުކޮށްފި އެވެ. 

ބޭރު ފައިސާއާ ބެހޭގެ އާންމު ގަވާއިދަށް ގެނައި ބަދަލުތަކުގެ ދަށުން، މި ގޮތަށް ބަޖެޓު ތައްޔާރުކޮށްފައި ހުށަހަޅަން ޖެހޭނީ ބޭރު ފައިސާ މާރުކުރަން ޖެހޭ ރިސޯޓުތަކާއި ގެސްޓްހައުސްތަކާއި ސަފާރީތަކުގެ އިތުރުން އަހަރެއްގެ ތެރޭގައި 25 މިލިއަން ޑޮލަރަށް ވުރެ ބޮޑު އާމްދަނީއެއް ބޭރު ފައިސާއިން ލިބޭ ވިޔަފާރިތަކުންނެވެ.

އެމްއެމްއޭއިން މި ގޮތަށް ބަޖެޓު ހުށަހަޅަން އަންގާފައި ވަނީ ވިޔަފާރިތަކުން ބޭރު ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ކުރަން އޮތޯރިޓީގެ ހުއްދަ ހޯދުމުގެ ގޮތުންނެވެ. މިއީ މި ފަހުން ގާނޫނު ބަދަލުކުރިއިރު، ހިމަނާފައިވާ ކަމެކެވެ. އެމްއެމްއޭގެ ހުއްދަ ނުހޯދައި މި މުއާމަލާތްތައް ކުރުމަކީ މަނާ ކަމެކެވެ.

Advertisement

ގާނޫނުގައި މިހާރު އޮންނަނީ ބޭރު ފައިސާއިން އާމްދަނީ ލިބޭ ވިޔަފާރިއަކުން ގަންނަ މުދަލާއި ހޯދާ ހިދުމަތުގެ އަގު، ބޭރު ފައިސާއިން އަދާކުރުމަށް އެ ވިޔަފާރިއަކުން ބޭނުންވާނަމަ އެމްއެމްއޭގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. 

މި ހުއްދަ ހޯދުމުގެ ގޮތުން، އެމްއެމްއޭއިން ވަނީ ވިޔަފާރިތަކުން އެ ތަނެއްގެ އަހަރީ ބަޖެޓުގައި މުދަލާއި ހިދުމަތް ހޯދުމަށް ބޭރު ހަރަދުކުރާނެ ކަމަށް ބަޖެޓުކޮށްފައިވާ އަދަދު އަހަރު ފެށުމުގެ 30 ދުވަސް ކުރިން ހުށަހަޅަން އަންގާފަ އެވެ. މި ހަރަދުތަކުގެ ބޭރުން އަހަރުގެ ތެރޭގައި އެހެން ހަރަދެއް ކޮންމެހެން ކުރަން ޖެހިއްޖެ ހާލަތެއްގައި އެ ހަރަދު ކުރަން ވެސް އެމްއެމްއޭގެ ހުއްދަ ހޯދަން ޖެހެ އެވެ.  

އަންނަ އަހަރުގެ ކުރާ ހަރަދުތައް ހުށަހެޅުމުގެ އިތުރުން، މިއަދުން ފެށިގެން މި އަހަރުގެ ބާކީ އޮތް ދުވަސްތަކުގެ ތެރޭގައި ބޭރު ފައިސާއިން ކުރަން ޖެހޭ ހަރަދުތައް ވެސް ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި އެމްއެމްއޭއަށް ހުށަހަޅަން ޖެހެ އެވެ.

އެމްއެމްއޭއަށް ލިބޭ ބާރުތަކުގެ ތެރޭގައި އެ ހަރަދުތައް ކުރަން ވިޔަފާރިތަކަށް ހުއްދަ ނުދިނުން ހިމެނެ އެވެ. މިހެން ނިންމާ ހާލަތުގައި، އެކަމުގެ ސަބަބު ބަޔާންކޮށް، ލިޔުމުން ޖަވާބު ދޭން ޖެހެ އެވެ. 

އޭގެ އިތުރުން އަހަރުގެ ފުރަތަމަ ހަ މަ ބޭރު ފައިސާއިން ހުށަހަޅާފައިވާ އަދި އަދާކޮށްފައިވާ އިލްތިޒާމުތަކާއި މުއާމަލާތްތައް، އެމްއެމްއޭއިން އަންގާފައިވާ ގޮތަށް، ކޮންމެ އަހަރެއްގެ ޖުލައި 28 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ. އަދި އަހަރުގެ ފަހު ހަ މަސް ދުވަހުގެ މައުލޫމާތު، ޖެހިގެން އަންނަ އަހަރުގެ ޖެނުއަރީ 28 ގެ ކުރިން ހުށަހަޅަން ޖެހެ އެވެ.

ހަރަދު ކުރަން ހުއްދަ ހޯދަން ޖެހުނަސް، އެމްއެމްއޭއިން ވަނީ، މުދަލެއް ނޫނީ ހިދުމަތެއްގެ އަގު ބޭރު ފައިސާއިން ބަލައިގަންނަން ހުރަހެއް ނެތް ކަމަށް ގަވާއިދުގައި ކަނޑައަޅާފަ އެވެ. 

އެޑިޓަރުގެ ނޯޓު: މި ހަބަރު ކުރިން ޝާއިއުކުރިއިރު، މުސާރަތައް ދޭން ހުއްދަ ނަގަން ޖެހޭނެ ކަމަށް ލިޔެފައިވަނީ ލިޔުންތެރިޔާގެ ކުށަކުންނެވެ. ވީމާ މިކަމަށް ޓަކައި ކިޔުންތެރިންގެ ކިބައިން މައާފަަށް އެދެމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ފެނަކައިގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރައިފި

ފެނަކަ ކޯޕަރޭޝަންގެ ދަރަނި ފަސް ބިލިއަން ރުފިޔާއަށް އަރާފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެފައިވާއިރު، މީގެ ތެރޭގައި ގިނައީ ސަޕްލަޔަރުންނަށް ނުދައްކާ ހުރި ފައިސާ އާއި ނަގާފައިވާ ލޯނުތައް. މި ހުރިހާ ދަރަންޏަކާއެކީ ސަރުކާރުން ވަނީ އެ ކުންފުނި އުވާލާ، ސްޓެލްކޯއާ އެއްކޮށްލަން ނިންމާފަ.

ފޭކް ކޯލްތަކަކުން 400 މިލިއަން ޑޮލަރުގެ ކްރިޕްޓޯ ވަގަށް ނަގައިފި

އުތުރު ކޮރެއާގެ ހެކަރުން އޮޅުވާލައިގެން ކުރި ވީޑިއޯ ކޯލްތަކެއް މެދުވެރިކޮށް 400 މިލިއަން ޑޮލަރަށްވުރެ ގިނަ ކްރިޕްޓޯކަރަންސީ ވަގަށް ނަގާފައިވާކަން އެފްބީއައި އިން ހާމަކޮށްފިއެވެ. "ފޭސްސްޓީލާ" ގެ ނަމުން ނަންދީފައިވާ މި ރޭވުމުގައި، ކުރިން ރެކޯޑްކޮށްފައިވާ ވީޑިއޯ ބޭނުންކޮށްގެން 900 އަށްވުރެ ގިނަ މީހުންނަށް އޮޅުވާލާފައިވާއިރު، މި ފައިސާ ބޭނުންކުރަނީ އެ ގައުމުގެ ހަތިޔާރު އުފެއްދުމުގެ މަޝްރޫއުތަކަށް ކަމަށް އެމެރިކާއިން ތުހުމަތުކުރެއެވެ.

ބީއެމްއެލް ކާނިވާ 44 ސެންޓްރަލް ޕާކުގައި

ބޭންކް އޮފް މޯލްޑިވްސްގެ 44 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް "ބީއެމްއެލް ކާނިވާ 44" ނޮވެމްބަރު 11 އިން 14 އަށް ހުޅުމާލެ ސެންޓްރަލް ޕާކުގައި ބޭއްވުމަށް ވަނީ ނިންމާފައެވެ. ޔޫރޯ ސްޓޯރުން ފުރަތަމަ ފަހަރަށް ބައިވެރިވާ މި ކާނިވަލުގައި ތަފާތު ކާބޯތަކެތީގެ އިތުރުން މުނިފޫހިފިލުވުމުގެ ގިނަ ހަރަކާތްތަކެއް އާއިލާތަކަށް އަމާޒުކޮށްގެން ކުރިއަށްދާނެއެވެ.

މީރާގެ ރައްދު ގަވަރުނަރަށް: ރިސޯޓުތައްވެސް އޮޑިޓުކުރަން

ރިސޯޓުތަކުން ޓެކްސް ދައްކާ މިންވަރު މަދުވުމުން އެ ތަންތަން އޮޑިޓްކުރަން ގަވަރުނަރު ގޮވާލެއްވުމާ ގުޅިގެން، މީރާއިން ވަނީ ވަކި އުސޫލެއްގެ ދަށުން ހުރިހާ ދާއިރާއެއްގެ ވިޔަފާރިތައްވެސް އޮޑިޓްކުރަމުންދާ ކަމަށް ބުނެ ރައްދުދީފައި. މީރާއިން ބުނިގޮތުގައި ޓެކްސް ގާނޫނުތައް ތަންފީޒުކުރުމުގައި ހުރިހާ ފަރާތްތަކަކަށްވެސް އަމަލުކުރަނީ ހަމަހަމަ އުސޫލަކުން.

ދިރާގުޕޭ ކަސްޓަމަރުންނަށް މާދަމާ އެންމެ ރުފިޔާއަކަށް ބޯބާއެއް

ދިރާގުޕޭ ބޭނުންކުރާ ކަސްޓަމަރުންނަށް އެންމެ ރުފިޔާއަކަށް ބޯބާ ލިބޭ ހާއްސަ ޕްރޮމޯޝަނެއް މާދަމާ ހެނދުނު 10:00 އިން ފެށިގެން ވިކްޓޯރިއަސް ކެފޭގައި ކުރިއަށްދާނެއެވެ. ފުރަތަމަ 1,000 ކަސްޓަމަރުންނަށް ހުޅުވާލާފައިވާ މި އޮފާގައި ދިރާގުޕޭގެ މިހާރުގެ ކަސްޓަމަރުންނާއި އަލަށް ރަޖިސްޓްރީވާ ފަރާތްތަކަށްވެސް ބައިވެރިވެވޭނެއެވެ.

އެމްއައިބީގެ އީޖީއެމްގައި ބޯޑަށް ދެ މެންބަރަކު އައްޔަންކޮށްފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ބޯޑުގައި ހުސްވެފައިވާ މަގާމުތަކަށް ހަސަން މަހޫދު އާއި އިޔާޒު ވަހީދު މިއަދު ބޭއްވި ހާއްސަ އާންމު ޖަލްސާގައި އައްޔަންކޮށްފިއެވެ. "ފަހިވޯޓު" މެދުވެރިކޮށް ބޭއްވި މި ޖަލްސާގައި ބޭންކުގެ 71.73 އިންސައްތަ ހިއްސާދާރުން ބައިވެރިވެފައިވާއިރު، އަލަށް އައްޔަންކުރި މެންބަރުންނަކީ މާލީ އަދި އިގްތިސާދީ ދާއިރާގެ ތަޖުރިބާކާރު ބޭފުޅުންނެވެ.

ޓޯޓަލް ފިޒިއޯގެ އަހަރީ ދުވަހާ ގުޅުވައިގެން ހާއްސަ ޕްރޮމޯޝަނެއް

ނޮވެމްބަރު 9 އިން 30 އަށް ކުރިއަށްދާ މި ޕްރޮމޯޝަންގެ ދަށުން ކޮންމެ ބަލިމީހަކަށްވެސް އެކަށީގެންވާ ވަގުތާއި ސަމާލުކަން ދީގެން ފަރުވާ ފޯރުކޮށްދިނުމަށް ވަނީ އަމާޒު ހިފާފައެވެ. މި ޕެކޭޖް ބޭނުންކުރުމުގެ ކުރިން ހަދަންޖެހޭ އިނީޝަލް ކޮންސަލްޓޭޝަނަށް ވަކިން ފީއެއް ނަގާނެއެވެ.

Newsletter

Get the latest news delivered straight to your inbox