އަނިޔާއާ ހެދި އަލްކަރާޒަށް ވިމްބަލްޑަންގައި ވެސް ނުކުޅެވޭނެ

May 21, 2026, 2:23 PM
މިދިޔަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ މެޗެއްގެ ތެރެއިން އަލްކަރާޒް.--- ފޮޓޯ: ގެޓީއިމޭޖަސް

މިދިޔަ އަހަރުގެ ވިމްބަލްޑަން ޓެނިސް މުބާރާތުގެ މެޗެއްގެ ތެރެއިން އަލްކަރާޒް.--- ފޮޓޯ: ގެޓީއިމޭޖަސް

މަޔޯކާ، ސްޕެއިން (މެއި 21) - އަތުގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާއާ ހެދި ސްޕެއިނުގެ އެއް ވަނަ ކުޅުންތެރިޔާ، ކާލޯސް އަލްކަރާޒަށް މި އަހަރުގެ ތިން ވަނަ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ވިމްބަލްޑަންގައި ވެސް ނުކުޅެވޭނެ ކަމަށް ބުނެފި އެވެ.

އުމުރުން 23 އަހަރުގެ އަލްކަރާޒްގެ އަތުގެ ކުޑަހުޅަށް އަނިޔާގެ މި މަައްސަލަ ދިމާވީ، މިދިޔަ އޭޕްރީލް މަހު، ބާސެލޯނާ އޯޕަންގެ ފުރަތަމަ ބުރުގައި ފިންލެންޑްގެ އޮޓޯ ވާޓަނެން އަތުން މޮޅުވި މެޗުގަ އެވެ. އެ ހިސާބުން އެ މުބާރާތުން ވަކިވި އަލްކަރާޒަށް އޭގެ ފަހުން އަދި ކުޅުމަށް އެނބުރި އާދެވޭ ގޮތެއްނުވި އެވެ. 

އެ ގޮތުން، އަލްކަރާޒަށް ގެއްލުނު މުބާރާތްތަކުގެ ތެރޭގައި، މެޑްރިޑް އޯޕަން އާއި މޮންޓެ ކާލޯ އަދި އިޓާލިއަން އޯޕަން ވެސް ވަނީ ގެއްލިފަ އެވެ. އަދި، މި މަހު ފަށާ ފްރެންޗް އޯޕަން މުބާރާތުގައި ވެސް އަލްކަރާޒް ނުފެންނައިރު، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި، އަލްކަރާޒް ބުނެފައިވަނީ، އަންނަ މަހު ފަށާ ވިމްބަލްޑަން އަށް ވެސް އޭނާ ފިޓްނުވާނެ ކަމަށެވެ. 

ފްރެންޗް އޯޕަންގެ އެންމެ ފަހުން ދެ އަހަރުގެ ޗެމްޕިއަން އަލްކަރާޒް ބުނީ، އަތުގެ ކުޑަހުޅަށް ލިބިފައިވާ އަނިޔާގެ ރިކަވަރީގެ ކަންކަން ދަނީ ރަނގަޅަށް ކަމަށެވެ. އެކަމަކު، ވިމްބަލްޑަންގައި ކުޅެވޭ ވަރަށް ފިޓްނުވާނެ ކަމަށް އަލްކަރާޒް ވަނީ ބުނެފަ އެވެ. 

"މެޗުތައް ކުޅެވޭ ވަރަށް އަދި އަހަރެން ތައްޔާރެއް ނޫން، އެހެންވެ، އަހަރެން ވިމްބަލްޑަންގައި ވެސް ބައިވެރިނުވާން ނިންމައިފިން. ގްރާސް ކޯޓަކީ އަހަރެން ވަރަށް ޝައުގުވެރިވާ ސީޒަނެއް. އެކަމަކު، މި ފަހަރު ކުއީންސް އާއި ވިމްބަލްޑަންގައި ވެސް އަހަރެން ނުފެންނާނެ،" ވިމްބަލްޑަންގެ ޗެމްޕިއަންކަން ދެ ފަހަރު ހޯދާފައިވާ އަލްކަރާޒް ބުންޏެވެ. 

އަލްކަރާޒް މި ފަހަރުގެ ޓެނިސް ސީޒަން ފެށީ ވަރަށް ރަނގަޅަށެވެ. އެ ގޮތުން، އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް ކަމަށްވާ އޮސްޓްރޭލިއަން އޯޕަން ކާމިޔާބުކޮށް، "ކެރިއާ ސްލޭމް" ފުރިހަމަ ކުރި އެވެ. އެއީ، މިހާތަނަށް އަލްކަރާޒަށް ނުލިބި އޮތް ފަހު ގްރޭންޑް ސްލޭމްގެ ތަށި އުފުލާލައިގެންނެވެ. 

މިދިޔަ މަހު ދުނިޔޭގެ ރޭންކިންގައި އަލްކަރާޒް ފަހަަތަށް ޖައްސާލުމަށް ފަހު، އިޓަލީގެ ޖަނިކް ސިނާ، އެއް ވަނަ އަށް އެރިއިރު، އަލްކަރާޒް، އަނިޔާގައި މި ހުރި މުއްދަތުގައި ސިނާ އަންނަނީ ގިނަ ރޭންކިން ޕޮއިންޓްތަކެއް ހޯދައި، އެއް ވަނައިގައި ޕޮއިންޓުގެ ފަރަގު ބޮޑުކުރަމުންނެވެ. 

ރިޕޯޓްތައް ބުނާގޮތުން، ޖުލައި މަސް ތެރޭގައި އަލްކަރާޒަށް އެނބުރި ކުޅުމަށް އާދެވޭނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox