ޓެނިހުގައި އާ "ރަފާ" އެއްގެ ވިދުން ގަދަވެއްޖެ
ސްޕެއިނުގެ އުމުރުން 19 އަހަރުގެ ރަފައެލް ޖޮޑާ، ޓެނިސް ރޭންކިންގައި 429 ދަރަޖައިގެ ބޮޑު ކުރިއެރުމެއް ހޯދައި ދުނިޔޭގެ ސަމާލުކަން އަތުލައިފި. ގިނަ ބަޔަކު "އާ ރަފާ" ގެ ގޮތުގައި ސިފަކުރާ ޖޮޑާ މިހާރު އޮތީ ދުނިޔޭގެ 11 ވަނައިގައި ކަމަށްވާއިރު، އޭނާ އަންނަނީ ބޮޑެތި މުބާރާތްތަކުގައި އާދަޔާ ހިލާފު ކާމިޔާބީތަކެއް ހޯދަމުން.