އިނާމް ފައިސާ ބޮޑުނުވާނަމަ ހައްލަކީ ބޮއިކޮޓް: ސަބަލެންކާ

May 6, 2026, 11:17 PM
ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ތަރި ބެލަރޫސްގެ އަރީނާ ސަބަލެންކާ.

ދުނިޔޭގެ އެއް ވަނަ އަންހެން ޓެނިސް ތަރި ބެލަރޫސްގެ އަރީނާ ސަބަލެންކާ.

ރޯމް (މެއި 6) - ޓެނިހުގެ ގްރޭންޑް ސްލޭމް މުބާރާތްތަކުގައި އެކަށީގެންވާ މިންގަނޑެއްގެ ތެރެއިން އިނާމް ފައިސާ ބޮޑުނުވާނަމަ، ކުޅުންތެރިން އެކުވެގެން މުބާރާތް ބޮއިކޮޓް ކުރުމަކީ މި ކަމުގައި އޮތް ހައްލެއްގެ ގޮތުގައި ދެކޭ ކަމަށް މަޝްހޫރު އަންހެން ޓެނިސް ތަރި، ބެލަރޫސްގެ އަރީނާ ސަބަލެންކާ ބުނެފި އެވެ. 

ދުނިޔޭގެ އަންހެން ޓެނިސް ރޭންކިން އެއް ވަނައިގައި އޮތް ސަބަލެންކާ ހިމެނޭ ގޮތަށް، ޓެނިހުގެ އަންހެން އަދި ފިރިހެން ގަދަ 10 ކުޅުންތެރިން އަންނަނީ އަހަރެއްގެ ތެރޭގައި އޮންނަ ހަތަރު ގްރޭންޑް ސްލޭމް ޓެނިސް މުބާރާތުގެ އިނާމް ފައިސާ ބޮޑުކުރަން ޑިމާންޑްކުރަމުންނެވެ. 

އަހަރުގެ ގްރޭންޑް ސްލޭމް ދެ ވަނަ ޓެނިސް މުބާރާތް، މި މަހު ފަށާ ފްރެންޗް އޯޕަންގެ އިނާމް ފައިސާ ވަނީ 9.5 ޕަސެންޓް އިތުރު ކޮށްފަ އެވެ. މިއީ، މުބާރާތުން ޖުމްލަ ލިބޭ އާމްދަނީގެ ނިސްބަތަށް ބަލާއިރު އަދިވެސް، 22 ޕަސެންޓް މަދު އަދަދެކެވެ. 

ރޯމްގައި ކުރިއަށްދާ އިޓާލިއަން އޯޕަންގެ ކުރިން ސަބަލެންކާ ބުނެފައިވަނީ، މި ކަންކަން މިހެން ކުރިއަށްދާ ކަމަށްވާނަމަ، ކުރިއަށް އޮތްތަނުގައި، ކުޅުންތެރިން މި ކަމާ ދެކޮޅަށް ޝުއޫރު ފާޅުކުރުމުގެ ގޮތުން މުބާރާތްތަކުން ބޮއިކޮޓް ކުރުމަކީ ގާތުގައި އޮތް ކަމެއް ކަމަށެވެ. 

"އަހަންނަށް ފެންނަ ގޮތުގައި މިއީ، ކަންނޭނގެ ދެން އަހަރެމެންގެ ހައްގު ހޯދަން އިހުތިޔާކުރަން ޖެހޭނެ މަގަކީ. މި މުޅި ކަންތައްތައް މި އޮންނަނީ އަހަރެމެންނާ ގުޅިފައި. އަހަރެމެންނާ ނުލައި މި މުބާރާތްތަކެއް ނޯންނާނެ. ޝައުގުވެރިކަމެއް ނޯންނާނެ. އެކަމަކު، އަހަރެމެންނަށް މި ހަދަނީ އިހާނެތި ގޮތެއް،" 28 އަހަރުގެ ސަބަލެންކާ ބުންޏެވެ. 

ހަތަރު ވަނަ އަށް ރޭންކް ކޮށްފައިވާ އެމެރިކާގެ ތަރި، ކޮކޯ ގޯފް ވެސް ވަނީ ކުޅުންތެރިން އެކުވެގެން މުބާރާތެއް ބޮއިކޮޓް ކުރަން ނިންމައިފިނަމަ، އޭނާގެ 100 ޕަސެންޓް ތާއީދު އޮންނާނެ ކަމަށް ބުނެފަ އެވެ. އެކަމަކު، ޕޮލެންޑްގެ އީގާ ސްވިއަޓެކް އާއި އިނގިރޭސި ކުޅުންތެރިޔާ، އެމާ ރަޑުކާނޫ ވަނީ، ބޮއިކޮޓް ކުރުމަކީ އެންމެ ރަނގަޅު ވިސްނުން ކަމުގައި ވާނެތޯ ސުވާލު އުފައްދައިފަ އެވެ. 

ގްރޭންޑް ސްލޭމް އެހެން މުބާރާތްތަކަށް ބަލާއިރު، މިދިޔަ އަހަރު ފްރެެންޗް އޯޕަން އިން ވަނީ 20 ޕަސެންޓް އިނާމް ފައިސާ ބޮޑުކޮށްފަ އެވެ. މި އަހަރުގެ ފުރަތަމަ ގްރޭންޑް ސްލޭމް އޮސްޓްރޭލިއަން އޯޕަންގައި އިނާމް ފައިސާގެ ޕޫލް ބޮޑުވި ނިސްބަތް އުޅެނީ، 16 ޕަސެންޓަށް ވުރެން ކުޑަ ތަންކޮޅެއް މަތީގަ އެވެ. ޖުލައި މަހު ފަށާ ވިމްބަލްޑަން ޓެނިސް މުބާރާތުގެ އިނާމް ފައިސާގެ ކަންކަން އަންނަ މަހު އިއުލާނުކުރާނެ ކަމަށް މުބާރާތް އިންތިޒާމް ކުރާ ފަރާތްތަކުން ވަނީ މީޑިއާ އަށް މައުލޫމާތު ދީފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox