އަލްކަރާޒް ބަލިކޮށް މޮންޓެ ކާލޯގެ ޗެމްޕިއަންކަމާ އެކު ސިނާ ދުނިޔޭގެ އެއް ވަނަ އަށް

Apr 13, 2026, 7:36 AM
ޖަނިކް ސިނާ: އޭނާ ވަނީ މި އަހަރުގެ މާސްޓާސް ތިން މުބާރާތް ވެސް ކާމިޔާބުކޮށްފައި.

ޖަނިކް ސިނާ: އޭނާ ވަނީ މި އަހަރުގެ މާސްޓާސް ތިން މުބާރާތް ވެސް ކާމިޔާބުކޮށްފައި.

މޮނާކޯ (އޭޕްރީލް 13) - ސްޕެއިނުގެ ކާލޯސް އަލްކަރާޒް ބަލިކޮށް މޮންޓެ ކާލޯ މާސްޓާސް ޓެނިސް މުބާރާތުގެ ޗެމްޕިއަންކަން ހޯދައި، އިޓަލީގެ ޖަނިކް ސިނާ، ދުނިޔޭގެ ރޭންކިިން އެއް ވަނަ އަށް ޖެހިލައިފި އެވެ. 

މިދިޔަ ނޮވެމްބަރު މަހު ވޯލްޑް ޗެމްޕިއަންޝިޕްގައި ވެސް އަލްކަރާޒް އަތުން ސީދާ ސެޓުތަކުން މޮޅުވި ސިނާ މި ވަނީ މޮންޓެ ކާލޯ މުބާރާތުގައި ވެސް އަލްކަރާޒްގެ މައްޗަށް އެ ފަދަ މޮޅެއް ތަކުރާރުކޮށްފަ އެވެ. އެ ގޮތުން، މޮންޓެ ކާލޯ މާސްޓާސް ފައިނަލުގައި ސިނާ މޮޅުވީ، 7-6 (7-5) 6-3 އިން ސެޓުތައް ގެންގޮސްގެންނެވެ. 

އުމުރުން 24 އަހަރުގެ ސިނާ މި ވަނީ މި އަހަރު މާސްޓާސް ތިން ވަނަ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. މި ކާމިޔާބީތަކާ އެކު، މިދިޔަ އަހަރުގެ ނޮވެމްބަަރު މަހުގެ ފަަހުން ފުރަތަމަ ފަހަރަށް ސިނާ އަށް މި ވަނީ ދުނިޔޭގެ ރޭންކިން އެއް ވަނަ ލިބިފަ އެވެ. މީގެ ކުރިން އިންޑިއަން ވެލްސް އާއި މިއާމީ މާސްޓާސް މުބާރާތް މި އަހަރު ކާމިޔާބުކުރި ސިނާ މި ވަނީ މޮންޓެ ކާލޯ މާސްޓާސްގެ ކާމިޔާބީއާ އެކު، މާސްޓާސް މުބާރާތްތަކުން ޖެހިޖެހިގެން 22 މެޗުން މޮޅުވެފަ އެވެ. 

ސިނާ ބުނީ، މޮންޓެ ކާލޯ މުބާރާތަށް އައިއިރު މައިގަނޑު ޓާގެޓަކަށް އޮތީ ކްލޭ ކޯޓު މުބާރާތްތަކަށް ތައްޔާރުވުމަށްޓަކައި، ވީހާވެސް ގިނަ މެޗު ކުޅުމަށް ކަމަށެވެ. އެ ވިސްނުމުގައި އައިސް ކުޅުނު ހުރިހާ މެޗަކުން މޮޅުވެ، ޗެމްޕިއަންކަން ލިބުމަކީ، ކުރިއަށް ހުރި މުބާރާތްތަކަށްދާއިރު ލިބިގެންދިޔަ ބޮޑު ކޮންފިޑެންސެއް ކަމަށް ސިނާ ވަނީ ބުނެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޖަރުމަނުގެ ޒްވެރެވް އަށް ދުނިޔޭގެ ރޭންކިން އެއް ވަނަ ޔަގީންވެއްޖެ

ޝަންހާއީ މާސްޓާސްއިން ކާލޯސް އަލްކަރާޒް ބަލިވުމާ ގުޅިގެން، މި އަހަރުގެ ޓެނިސް ސީޒަން ނިމޭއިރު ދުނިޔޭގެ ރޭންކިން އެއްވަނަ ޖަރުމަނުގެ ޒްވެރެވަށް ވަނީ ކަށަވަރުވެފައި. މިއީ ޖަރުމަނުގެ ކުޅުންތެރިއަކު މި ޝަރަފު ހޯދާ ފުރަތަމަ ފަހަރު ކަމަށްވާއިރު، އޭނާ މި މަގާމަށް އަންނަ މަހު އަންނާނީ މުޅިން އަލަށް އެއް ވަނަ ހޯދާ އެންމެ ދޮށީ ކުޅުންތެރިޔާގެ ގޮތުގައި

ފުޓްސަލްގައި ރާއްޖޭން ޗައިނާ، ހޮންގް ކޮންގް އަދި ކޮރެއާއާ ކުޅެނީ

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތެއްގައި ރާއްޖޭގެ ގައުމީ ޓީމުން ވާދަކުރާ ގޮތަށް ހަމަޖެހި، އެ މުބާރާތަށް ތައްޔާރުވުމުގެ ފަރިތަކުރުންތައް ފަށައިފި. މި މުބާރާތުގައި ރާއްޖޭގެ އިތުރުން ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާއިރު، ރާއްޖޭގެ ފުރަތަމަ މެޗު އޮންނާނީ އަންނަ މަހުގެ ފަސް ވަނަ ދުވަހު

އޯޕަން ވޯޓާ ގައުމީ ޗެމްޕިއަންކަން ޝައިމް އާއި އަލްޔާ އަށް

ކުޑަގިރީގައި ބޭއްވި 17 ވަނަ ގައުމީ އޯޕަން ވޯޓާ މުބާރާތުގެ 5 ކިލޯމީޓަރުގެ ފިރިހެން ޗެމްޕިއަންކަން ޝައިމް ހުސެއިން އިބްރާހިމް އަދި އަންހެން ޗެމްޕިއަންކަން އަލްޔާ އަޝްރަފް ހޯދައިފި. މި މުބާރާތުގައި ތަފާތު އުމުރުފުރާތަކުންނާއި ކެޓަގަރީތަކުން ގިނަ ފެތުންތެރިންތަކެއް ވާދަކޮށް ވަނަތައް ހާސިލްކުރި، މިއީ ކުޑަގިރީގައި މި މުބާރާތް ބޭއްވި ހަތަރު ވަނަ ފަހަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

Newsletter

Get the latest news delivered straight to your inbox