ރެފްރީ އެންތަނީ ޓޭލާ ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނާ ގުޅިއްޖެ

Aug 4, 2026, 8:33 PM
ރެފްރީ އެންތަނީ ޓޭލާ: އޭނާ ވަނީ ތުރުކީ ފުޓްބޯޅަ ފެޑެރޭޝަންގެ ރެފްރީސް ޑިރެކްޓަރު ކަމާ ހަވާލުވެފައި.

ރެފްރީ އެންތަނީ ޓޭލާ: އޭނާ ވަނީ ތުރުކީ ފުޓްބޯޅަ ފެޑެރޭޝަންގެ ރެފްރީސް ޑިރެކްޓަރު ކަމާ ހަވާލުވެފައި.

އިސްތަންބޫލް، ތުރުކީ (އޮގަސްޓް 4) - ދާދި ފަހުން ރެފްރީކަމުން ރިޓަޔާކުރި އިންގްލެންޑްގެ ތަޖުރިބާކާރު ރެފްރީ، އެންތަނީ ޓޭލާ، ތުރުކީ ފުޓްބޯޅަ ފެޑެރޭޝަންގެ ޑިރެކްޓާ އޮފް އެލީޓް ރެފްރީންގެ ޒިންމާއާ ހަވާލުވެއްޖެ އެވެ. 

ރެފްރީކަން ކުރުމުގައި 20 އަހަރު ހޭދަކުރި، އުމުރުން 47 އަހަރުގެ ޓޭލާ ވަނީ މި ފަހަރުގެ ފީފާ ވޯލްޑް ކަޕްގައި އިންސާފުކުރުމަށް ފަހު، ރެފްރީކަން ކުރުމުން ރިޓަޔާކޮށްފަ އެވެ. އެ ގޮތުން، ރެފްރީކަން ކުރުމުގައި ހަރަކާތްތެރިވިއިރު، ޓޭލާ ވަނީ ޖުމްލަ އެކު، 831 މެޗުގައި ރެފްރީކަން ކޮށްފަ އެވެ.

އިނގިރޭސި ޕްރިމިއާ ލީގުގެ ރެފްރީއެއްގެ ގޮުގައި، 2010 ވަނަ އަހަރު ޕްރޮމޯޓްވި ޓޭލާ ވަނީ 16 ސީޒަން ފުރިހަމަކުރިއިރު، 432 މެޗުގައި ރެފްރީކަން ކޮށްފަ އެވެ. އިނގިރޭސި ފުޓްބޯޅައިގައި ޓޭލާ އިންސާފުކުރި ފައިނަލް މެޗުތަކުގެ ތެރޭގައި، 2017 އާއި 2020 ވަނަ އަހަރުގެ އެފްއޭ ކަޕް ފައިނަލާއި 2015 ވަނަ އަހަރުގެ ލީގު ކަޕް ފައިނަލް ހިމެނެ އެވެ. އެންމެ ފަހުން، ރެފްރީކަން ކުރި މެޗަކީ، މި ނިމިދިޔަ ފީފާ ވޯލްޑް ކަޕްގެ ގަދަ 16 ބުރުގައި، ޕޯޗުގަލް އަތުން 1-0 އިން ސްޕެއިން މޮޅުވި މެޗުގަ އެވެ. 

ރެފްރީ އެންތަނީ ޓޭލާ، ވޯލްޑް ކަޕްގައި ޕޯޗުގަލް އާއި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން: އޭނާ ވަނީ ތުރުކީ ފުޓްބޯޅަ ފެޑެރޭޝަންގެ ރެފްރީސް ޑިރެކްޓަރު ކަމާ ހަވާލުވެފައި.
ރެފްރީ އެންތަނީ ޓޭލާ، ވޯލްޑް ކަޕްގައި ޕޯޗުގަލް އާއި ސްޕެއިން ކުޅުނު މެޗުގެ ތެރެއިން: އޭނާ ވަނީ ތުރުކީ ފުޓްބޯޅަ ފެޑެރޭޝަންގެ ރެފްރީސް ޑިރެކްޓަރު ކަމާ ހަވާލުވެފައި.

ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން، ޓޭލާ ހަމަޖައްސާފައިވާ ޑިރެކްޓާ އޮފް އެލީޓް ރެފްރީންގެ ޒިންމާތަކުގެ ތެރޭގައި، ތުރުކީގެ ސުޕަ ލީގުގެ މެޗުތަކުގައި ރެފްރީންގެ ކަންކަން އެސެސް ކުރުމުގެ އިތުރުން، ބައިނަލްއަގުަވާމީ ލެވަލްގައި ހަރަކާތްތެރިވާ ތުރުކީގެ ރެފްރީންގެ ނިސްބަތް އިތުރުކުރެވޭނެ ގޮތަކަށް، ތުުރުކީގެ ރެފްރީންގެ ޑިވެލޮޕްމަންޓްގެ ޕްލޭނެއް އެކުލަވާލުން ހިމެނެ އެވެ. 

އެންމެ މުހިންމު ކަމެއްގެ ގޮތުގައި، ދުނިޔޭގެ މައި ފުޓްބޯޅަ އިދާރާ، ފީފާ އާއި ޔޫރަޕްގެ ފުޓްބޯޅަ ޖަމިއްޔާ، ޔުއެފާ އިން ބަލައިގެންނަ މިންގަނޑަށް ހޮވޭ ތުރުކީގެ ރެފްރީންގެ އަދަދު އިތުރުކުރުމަކީ ވެސް ޓޭލާ އަށް ތުރުކީ ފުޓްބޯޅަ ފެޑެރޭޝަނުން ދީފައިވާ ޒިންމާ އެކެވެ. 

ފީފާގެ ރެފްރީއެއްގެ ގޮތުގައި ޓޭލާ ވަނީ 14 އަހަރު ފުރިހަމަކޮށްފަ އެވެ. އެ މުއްދަތުގައި އޭނާ ވަނީ ދެ ފީފާ ވޯލްޑް ކަޕާއި ދެ ޔޫރޯ ފުޓްބޯޅަ މުބާރާތާއި ދެ ފީފާ ކްލަބް ވޯލްޑް ކަޕްގައި މަސައްކަތްކޮށްފަ އެވެ. ވޯލްޑް ކަޕަށް ބަލާއިރު، 2022 ވަނަ އަހަރު ގަތަރުގައި ބޭއްވި ވޯލްޑް ކަޕާއި މި ފަހަރު އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ބޭއްވި ވޯލްޑް ކަޕްގަ އެވެ. ޔޫރޯގައި އެންމެ ފަހުން، 2021 އާއި 2024 ވަނަ އަހަރު ބޭއްވި މުބާރާތުގަ އެވެ. ކްލަބް ވޯލްޑް ކަޕްގައި 2022 އާއި މިދިޔަ އަހަރު ބޭއްވި މުބާރާތުގަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ރާއްޖެ އަތުން ފަލަސްތީނަށް ބޮޑު މޮޅެއް

އޭޝިއާގެ 17 އަހަރުން ދަށުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ މެޗުން ފަލަސްތީނު ވަނީ 5-0 އިން ރާއްޖެ ބަލިކޮށްފައެވެ. ފަލަސްތީނުގެ ޒެއިން މުހައްމަދު ހެޓްރިކެއް ހެދި މި މެޗުގެ ހުރިހާ ލަނޑެއްވެސް ފެނިގެންދިޔައީ ފުރަތަމަ ހާފުގައި. މި ދެ ޓީމު ވެސް ތައްޔާރުވަނީ، އަންނަ މަހު އޮންނަ އޭއެފްސީ 17 އަަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިން އަށް.

ޒްވެރެވް، 35 އަހަރަށްފަހު ޖަރުމަނު ޓެނިސް ތާރީހު ބަދަލުކޮށްލައިފި

ޖަރުމަނުގެ އަލެކްސަންޑަ ޒްވެރެވް ދުނިޔޭގެ ޓެނިސް ރޭންކިންގެ އެއްވަނަ ކަށަވަރުކޮށް، 35 އަހަރަށް ފަހު އެ މަގާމު ހޯދި ފުރަތަމަ ޖަރުމަނު ކުޅުންތެރިޔާގެ ޝަރަފު ހޯދައިފި. މިއީ 1991 ވަނަ އަހަރު ބޮރިސް ބެކާ އެ މަގާމު ހޯދި ފަހުން ޖަރުމަނު ކުޅުންތެރިއަކު ރޭންކިންގެ އެއްވަނައަށް އެރި ފުރަތަމަ ފަހަރު.

އެޕީލް ނާކާމިޔާބު، އާސެނަލްގެ ޑައުމަން ތިން މެޗަށް ސަސްޕެންޑް!

އިނގިރޭސި ލީގު ކަޕްގައި ފްލީޓްވުޑް ޓައުންއާ ދެކޮޅަށް ކުޅުނު މެޗުގައި ދެއްކި ރަތް ކާޑާ ގުޅިގެން، އާސެނަލްގެ ޒުވާން ކުޅުންތެރިޔާ މެކްސް ޑައުމަން ތިން މެޗަށް ސަސްޕެންޑްކޮށްފި. މި އަދަބަށް ލުޔެއް ހޯދުމަށް އާސެނަލުން ކުރި އެޕީލް ނާކާމިޔާބުވެ، ރެފްރީގެ ނިންމުން ދަމަހައްޓަން ވަނީ ނިންމާފައި

ފެނާންޑޭސް އަތުން ބޭންޑް ނުނަގަން ޔުނައިޓެޑުން ނިންމައިފި

މެންޗެސްޓާ ޔުނައިޓެޑްގެ ކޯޗު މައިކަލް ކެރިކަށް ފާޑުކިޔުމާ ގުޅިގެން ބްރޫނޯ ފެނާންޑޭސް ބެންޗަށް ބަދަލުކުރި ނަމަވެސް، އޭނާގެ އަތުން ކެޕްޓަން ބޭންޑް ނެގުމުގެ ވިސްނުމެއް ކްލަބުން ނެތްކަން ހާމަކޮށްފި. ކެރިކް ބުނިގޮތުގައި ފެނާންޑޭސްއަކީ ޓީމުގެ މުހިންމު ކުޅުންތެރިއަކަށް ވުމާއެކު، މިވަގުތު އެންމެ ބޮޑު އިސްކަމެއް ދެނީ އޭނާއާ އެކު ޓީމު ރަނގަޅުކުރަން

ބެލޮންޑިއޯގެ "ބޯޓް" އެވޯޑާ އެކު ރޮނާލްޑޯގެ ޝުކުރު ސަޕޯޓަރުންނަށް

ބެލޮންޑިއޯގެ 70 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން އަލަށް ތައާރަފްކުރި "ބެލޮންޑިއޯ އޮފް އޯލް ޓައިމް (ބޯޓް)" އެވޯޑް، 2008 ވަނަ އަހަރުގެ ކާމިޔާބީއަށް ބިނާކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކޮށްފި. ސަޕޯޓަރުންގެ ވޯޓުން ހޮވި މި ޝަރަފްވެރި އެވޯޑާ ގުޅިގެން ރޮނާލްޑޯ ވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި އޭނާގެ ސަޕޯޓަރުންނަށް ޚާއްސަ ޝުކުރެއް އަދާކޮށްފައި

ސާފްގައި އިންޑިއާގެ ފުލް ޓީމު ހަމަވަނީ ރާއްޖެ މެޗަށް

މިފަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި އިންޑިއާގެ ފުލް ޓީމު ހަމަވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ރާއްޖެއާ ބައްދަލުކުރާ މެޗަށް. މީގެ ސަބަބަކީ ފީފާ ބްރޭކާ ދިމާކޮށް އިންޑިއާގެ ސީނިއާ ޓީމު ނިއުޒީލެންޑާ ދެކޮޅަށް އެކުވެރިކަމުގެ މެޗުތަކެއް ކުޅުމާއި، ކްލަބްތަކުން ކުޅުންތެރިން ދޫކުރުމުގައި ހުރި ދަތިތަކެެއް

ވެމްކޯ ގައުމީ ފައިނަލަށް، ހުރާ އަތުން ޕޮލިސް ކަޓައިފި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުން ވެމްކޯ ޖާގަ ހޯދީ ސެމީ ފައިނަލުގައި އެމްޓީސީސީ ބަލިކުރުމަށްފަހު. އަދި ސެމީ ފައިނަލުގެ އަނެއް މެޗުން ހުރާ އަތުން ބަލިވެ ޕޮލިސް ކްލަބް ވަނީ މުބާރާތުން ކަޓާފައެވެ. ފައިނަލުގެ ފަހު ޖާގައަށް މިރޭ ކުޅޭ މެޗުގައި ބައްދަލުކުރާނީ ހުރާ އާއި އެމްޓީސީސީ.

Newsletter

Get the latest news delivered straight to your inbox