ސަލާހު ޓްރަބްޒޯންސްޕޯރަށް ސޮއިކުރީ ތުރުކީ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި

Aug 6, 2026, 12:40 PM
ޓްރަބްޒޯންސްޕޯރާ ގުޅުމަށްޓަކައި ސަލާހު ތުރުކީ އަށް ކުރި ދަތުރުގެ ތެރެއިން.

ޓްރަބްޒޯންސްޕޯރާ ގުޅުމަށްޓަކައި ސަލާހު ތުރުކީ އަށް ކުރި ދަތުރުގެ ތެރެއިން.

އިސްތަންބޫލް، ތުރުކީ (އޮގަސްޓް 6) -  މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، މުހައްމަދު ސަލާހު، ތުރުކީ ސުޕަ ލީގުގެ ކްލަބް، ޓްރަބްޒޯންސްޕޯރަށް ބަދަލުވީ އެ ލީގުގެ އެންމެ މުސާރަ ބޮޑު ކުޅުންތެރިޔާގެ ގޮތުގައި ކަމަށް ތުރުކީގެ މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ. 

ދެ އަހަރުގެ ކޮންޓްރެކްޓެއްގައި، އުމުރުން 34 އަހަރުގެ ސަލާހު، ޓްރަބްޒޯންސްޕޯރަށް ސޮއިކުރިއިރު، ބޯނަހާ އެކު ހަފްތާ އަކު އޭނާ އަށް 475,000 ޑޮލަރު ލިބޭނެ ކަމަށް ތުރުކީގެ މީޑިއާ ރިޕޯޓްތައް ބުނެފި އެވެ. މިއީ، ތުރުކީ ލީގުގައި ކުޅޭ ކުޅުންތެރިއަކަށް މިހާތަނަށް ލިބޭ އެންމެ ބޮޑު މުސާރަ އެވެ. 

މީގެ ކުރިން، ތުުރުކީ ލީގުގައި އެންމެ ބޮޑު މުސާރަ ލިބޭ ކޮންޓްރެކްޓެއްގައި ހުރީ، ގަލަތަސަރާއިގެ ނައިޖީރިއާ ފޯވާޑް ވިކްޓަ އޮސީމެން އެެވެ. އޭނާ އަށް ހަފްތާ އަކު ލިބޭ މުސާރަ އުޅެނީ، 370،000 ޑޮލަރުގަ އެވެ. ލިސްޓުގެ ތިން ވަނައިގައި އޮތީ މި ފަހަރުގެ ޓްރާންސްފާ މާކެޓްގައި، ފެނަބާޗޭ އަށް ސޮއިކުރި އެންގޯލޯ ކާންޓޭ އެވެ. ފްރާންސްގެ ކާންޓޭ އަށް ހަފްތާ އަކު 280،000 ޑޮލަރު ލިބޭ ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

Advertisement

މި ލިސްޓުގެ ގަދަ ފަހެއްގައި ދެން ހިމެނެނީ، ފެނަަބާޗޭގެ ކީޕަރު، ބްރެޒިލްގެ އެޑަސަން އާއި ގަލަތަސަރާއި އަށް ކުޅޭ ޖަރުމަނުގެ ލެރޯއި ސާނޭ އެވެ. 

ސަލާހުގެ ސޮއި ހޯދަން ތުރުކީ ސުޕަ ލީގުގެ ކްލަބް ބެސިކްޓާސްގެ މެނޭޖްމަންޓަށް އެ ކްލަބްގެ ސަޕޯޓަރުން އަންނަނީ ޕްރެޝަރު ބޮޑު ކުރަމުންނެވެ. .  ރިޕޯޓްތައް ބުނާގޮތުން، ބެސިކްޓާސް އިން ވަނީ ސަލާހަށް އަހަރަކު، 15 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އެ ޑީލްގެ ކަންކަން ކުރިއަށްދަނިކޮށް، މަޝްވަރާތައް މަޑުޖެހިފައިވަނީ، ސަލާހު، ފުރަތަމަ ކޮންޓްރެކްޓްގައި ސޮއިކުރާއިރު، ހަމަޖައްސަައިދޭ ބޯނަހުގައި، ސަލާހުގެ އޭޖެންޓް ރަމީ އައްބާސް އަށް 30 ޕަސެންޓްގެ ކޮމިޝަނެއް ހަމަޖައްސައިދޭން ހުށަހެޅުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ޓްރަބްޒޯންސްޕޯރާ ގުޅުމަށްޓަކައި ސަލާހު ތުރުކީ އަށް ކުރި ދަތުރުގެ ތެރެއިން: ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ސަލާހަށް މަރުހަބާ ކިއުމުގައި ބައިވެރިވެފައި
ޓްރަބްޒޯންސްޕޯރާ ގުޅުމަށްޓަކައި ސަލާހު ތުރުކީ އަށް ކުރި ދަތުރުގެ ތެރެއިން: ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ސަލާހަށް މަރުހަބާ ކިއުމުގައި ބައިވެރިވެފައި

ބެސިކްޓާސްގެ ޑީލަށް ލަސްތަކެއް އައުމާ އެކު، ތުރުކީ ސުޕަ ލީގުގެ ޓްރަބްޒޯންސްޕޯރުން ސަލާހުގެ ސޮއި ހޯދުުމުގެ ޑީލަށް ވަނީ އެވެ. އަދި، ލަސްތަކެއް ނުވެ، އެ ޑީލް އެއްބަސްވުމަކާ ހަމައަށް ގެންދިޔައީ އެވެ. 

ބްލެކް ސީ ސްޓޯމްގެ ނަމުން މަޝްހޫރުވެފައިވާ ޓްރަބްޒޯންސްޕޯރަކީ ތުރުކީގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ޓީމެކެވެ. އޭގެ ތެރެއިން ހަ ތަށި ހޯދީ 1976 އާއި 1984 ވަނަ އަހަރާ ދެމެދުގަ އެވެ. އެންމެ ފަހުން، 2022 ވަނަ އަހަރު އެ ޓީމުން ލީގު ހޯދީ 38 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ޓްރަބްޒޯންސްޕޯރަކީ ތުރުކީ ލީގު ޗެމްޕިއަންކަން ހޯދި ހަ ޓީމުގެ ތެރެއިން އެއް ޓީމެކެވެ. 

ޓްރަބްޒޯންސްޕޯރުގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ސަލާހަށް މަރުހަބާ ކިއުމަށްޓަކައި ބޭއްވި އިވެންޓްގައި ބައިވެރިވެފަ އެވެ. ޓްރަބްޒޯންސްޕޯރަކީ، ތުރުކީގެ ސަރުކާރާ ގުޅުން އޮތް ވިޔަފާރިވެރިންތަކެއް ހިންގަމުން އަންނަ ކްލަބެކެވެ. 

ކުރިން ޗެލްސީ އަށް ކުޅުނު ސަލާހު، ލިވަޕޫލާ ގުޅުނީ، 2017 ވަނަ އަހަރު އިޓަލީގެ ރޯމާ ދޫކޮށް ޖުމްްލަ އެކު، 45 މިލިއަން ޑޮލަރުގެ ޕެކޭޖެއްގަ އެވެ. އޭގެ ފަހުން، ތިން ފަހަރެއްގެ މަތިން ސަލާހު ލިވަޕޫލާ އެކު، އެއްބަސްވުމެއް ހަދައި، އެ ޓީމު ދޫކޮށްލަން މި ނިންމީ ނުވަ އަހަރު އެ ޓީމަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު އެވެ.

ލިވަޕޫލަށް ކުޅެދިން، 442 މެޗުން 257 ލަނޑު ޖެހި ސަލާހު ވަނީ، އެ މެޗުތަކުގައި، 123 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ލިވަޕޫލާ އެކު، ގިނަ ރެކޯޑްތަކެއް ހަދާފައިވާ ސަލާހު ވަނީ އެ ޓީމާ އެކު، ދެ ފަހަރު ޕްރިމިއާ ލީގާއި އެއް ފަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕާއި އެފްއޭ ކަޕްގެ އިތުރުން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސަލާހަކީ ޕީއެފްއޭ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރެއްގެ މަތިން ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox