މަޝްވަރާތައް އަވަސްކޮށް ޓްރަބްޒޯންސްޕޯރުން ސަލާހުގެ ޑީލް ނިންމަނީ

Aug 5, 2026, 11:52 AM
މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، މުހައްމަދު ސަލާހު.

މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، މުހައްމަދު ސަލާހު.

ކޮންޔާ، ތުރުކީ (އޮގަސްޓް 5) - މި ވަގުތު އެއްވެސް ކްލަބެއްގެ ކޮންޓްރެކްޓެއްގައި ނެތް، މިސްރުގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން، މުހައްމަދު ސަލާހުގެ ޑީލް ނިންމުމަށްޓަކައި، ތުރުކީ ސުޕަ ލީގުގެ ޓްރަބްޒޯސްޕޯ އިން މަޝްވަރާތައް ފަށާފައިވާ ކަމަށް ބުނެފި އެވެ. 

އުމުރުން 34 އަހަރުގެ ސަލާހުގެ ސޮއި ހޯދަން ތުރުކީ ސުޕަ ލީގުގެ ކްލަބް ބެސިކްޓާސްގެ މެނޭޖްމަންޓަށް އެ ކްލަބްގެ ސަޕޯޓަރުން އަންނަނީ ޕްރެޝަރު ބޮޑު ކުރަމުންނެވެ. .  ރިޕޯޓްތައް ބުނާގޮތުން، ބެސިކްޓާސް އިން ވަނީ ސަލާހަށް އަހަރަކު، 15 މިލިއަން ޑޮލަރުގެ މުސާރައެއް ލިބޭ ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އެ ޑީލްގެ ކަންކަން ކުރިއަށްދަނިކޮށް، މަޝްވަރާތައް މަޑުޖެހިފައިވަނީ، ސަލާހު، ފުރަތަމަ ކޮންޓްރެކްޓްގައި ސޮއިކުރާއިރު، ހަމަޖައްސަައިދޭ ބޯނަހުގައި، ސަލާހުގެ އޭޖެންޓް ރަމީ އައްބާސް އަށް 30 ޕަސެންޓްގެ ކޮމިޝަނެއް ހަމަޖައްސައިދޭން ހުށަހެޅުމުން ކަމަށް ރިޕޯޓްތައް ބުނެ އެވެ. 

ބެސިކްޓާސްގެ ޑީލަށް ލަސްތަކެއް އައުމާ އެކު، ތުރުކީ ސުޕަ ލީގުގެ ޓްރަބްޒޯންސްޕޯރުން ސަލާހުގެ ސޮއި ހޯދުުމުގެ ޑީލަށް ވަނީ އެވެ. 

ޓްރަބްޒޯންސްޕޯރުން ނެރުނު ބަޔާނެއްގަައި ބުނެފައިވަނީ، މިއަދުގެ ވަގުތެއްގައި ސަލާހު އިސްތަންބޫލަށް އަންނާނެ ކަމަށެވެ. އަދި، ގްރީސްގެ މައިކޯނޯސްގަައި މިހާރު ޗުއްޓީ ހޭދަކުރަމުން އަންނަ ސަލާހަށް ޓްރަބްޒޯންސްޕޯރުން މަރުހަބާ ކިޔުމުގެ އިވެންޓްތައް، އެ ކްލަބްގެ ރަސްމީ މީޑިއާ ޗެނަލްތަކުން ދައްކަމުން ގެންދާނެ ކަމަށެވެ. 

ބްލެކް ސީ ސްޓޯމްގެ ނަމުން މަޝްހޫރުވެފައިވާ ޓްރަބްޒޯންސްޕޯރަކީ ތުރުކީގެ ޗެމްޕިއަންކަން ހަތް ފަހަރު ހޯދާފައިވާ ޓީމެކެވެ. އޭގެ ތެރެއިން ހަ ތަށި ހޯދީ 1976 އާއި 1984 ވަނަ އަހަރާ ދެމެދުގަ އެވެ. އެންމެ ފަހުން، 2022 ވަނަ އަހަރު އެ ޓީމުން ލީގު ހޯދީ 38 އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ޓްރަބްޒޯންސްޕޯރަކީ ތުރުކީ ލީގު ޗެމްޕިއަންކަން ހޯދި ހަ ޓީމުގެ ތެރެއިން އެއް ޓީމެކެވެ. 

ރިޕޯޓްތައް ބުނާގޮތުން، ޓްރަބްޒޯންސްޕޯރުން ހުށަހަޅަނީ، ދެ އަހަރުގެ ކޮންޓްރެކްޓެކެވެ. އެއީ، ޖުމްލަ އެކު، 25 މިލިއަން ޑޮޮލަރަށް ވުރެން އިތުރު ޑީލެއް ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ސަލާހު، އެ ކްލަބާ އެކު ކޮންޓްރެެކްޓްގައި ސޮއިކުރާއިރު، މުސާރައިގެ އިތުރުން ބޯނަހެއް ހަމަޖެއްސުމާއި ދެ އަހަރުގެ ކޮންޓްރެކްޓް ފުރިހަމަަކޮށްފިނަމަ އަދި އިތުރު ބޯނަހެއް ލިބޭ ގޮތަށް ވެސް ޓްރަބްޒޯންސްޕޯރުން ވަނީ ޕްރޮޕޯސަލްގައި ހިމަނައިފަ އެވެ. 

ކުރިން ޗެލްސީ އަށް ކުޅުނު ސަލާހު، ލިވަޕޫލާ ގުޅުނީ، 2017 ވަނަ އަހަރު އިޓަލީގެ ރޯމާ ދޫކޮށް ޖުމްްލަ އެކު، 45 މިލިއަން ޑޮލަރުގެ ޕެކޭޖެއްގަ އެވެ. އޭގެ ފަހުން، ތިން ފަހަރެއްގެ މަތިން ސަލާހު ލިވަޕޫލާ އެކު، އެއްބަސްވުމެއް ހަދައި، އެ ޓީމު ދޫކޮށްލަން މި ނިންމީ ނުވަ އަހަރު އެ ޓީމަށް ކުޅެ، ގިނަ ކާމިޔާބީތަކެއް ހޯދުމަށް ފަހު އެވެ.

ލިވަޕޫލަށް ކުޅެދިން، 442 މެޗުން 257 ލަނޑު ޖެހި ސަލާހު ވަނީ، އެ މެޗުތަކުގައި، 123 ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފަ އެވެ. 

ލިވަޕޫލާ އެކު، ގިނަ ރެކޯޑްތަކެއް ހަދާފައިވާ ސަލާހު ވަނީ އެ ޓީމާ އެކު، ދެ ފަހަރު ޕްރިމިއާ ލީގާއި އެއް ފަހަރު ޗެމްޕިއަންސް ލީގާއި ކްލަބް ވޯލްޑް ކަޕާއި ޔުއެފާ ސުޕަ ކަޕާއި އެފްއޭ ކަޕްގެ އިތުރުން ދެ ފަހަރު ލީގު ކަޕްގެ ޗެމްޕިއަންކަން ހޯދައިފަ އެވެ. ސަލާހަކީ ޕީއެފްއޭ އިން ހޮވާ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ތިން ފަހަރެއްގެ މަތިން ހޯދި ހަމައެކަނި ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox